އެސްބީއައިއަށް ވިއްކާފައިވާ 50 މިލިއަން ޑޮލަރުގެ ބޮންޑުގެ ދަރަނި ހަލާސްކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިދާރާ: މި ފައިސާ ދައްކައިފައި ވަނީ ބޭރު ފައިސާގެ ދަތިކަން ބޮޑު ދަނޑިވަޅެއްގައި -- އަދަދު ފައިލް ފޮޓޯ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިދާރާ: މި ފައިސާ ދައްކައިފައި ވަނީ ބޭރު ފައިސާގެ ދަތިކަން ބޮޑު ދަނޑިވަޅެއްގައި -- އަދަދު ފައިލް ފޮޓޯ

އިންޑިއާ ސަރުކާރު މެދުވެރިވެގެން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް މިދިޔަ އަހަރުގެ ޖެނުއަރީގައި ވިއްކާފައިވާ 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) ގެ ޓްރެޝަރީ ބޮންޑަށް ދިވެހި ސަރުކާރުން ފައިސާ ދައްކައި ދަރަނި ހަލާސްކޮށްފި އެވެ.

އެސްބީއައިއަށް ވިއްކި ޓްރެޝަރީ ބޮންޑަކީ ޑޮލަރަށް ދަތިވެގެން ކުރީ ސަރުކާރުން، މިދިޔަ ނޮވެމްބަރުގައި އަނބުރާ ދައްކާ ގޮތަށް ވިއްކި ބޮންޑެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެސްބީއައިން ބޮންޑަށް ފައިސާ ދައްކާ މުއްދަތު މިދިޔަ ހޯމައާ ހަމައަށް ދައްމާލަން ހުއްދަ ދިނީ އެ ސަރުކާރުން އެދިގެންނެވެ.

މިކަމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު "އަދަދު" އަށް މިިދިޔަ ހަފުތާގައި ވިދާޅުވީ އެ ސުންގަޑިއަށް ފައިސާ ދައްކާ ހަލާސްކުރުމަކީ ސަރުކާރުގެ ނިންމުމެއް ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރާއި ފިނޭންސުގެ ވިސްނުމަކީ މިހެން ހުރި ހުރިހާ ދަރަނިތައް ދައްކައި ނިންމައި، ސަރުކާރުން އާންމުކޮށްފައިވާ ބޮރޮއިން ޕްލޭނާ އެއްގޮތަށް ފައިސާ ނަގަމުން ދިޔުން ކަމަށެވެ.

ޝަފީގު މިހެން ވިދާޅުވީ މުއްދަތު އިތުރުކޮށްދޭން އިންޑިއާގައި އެދުމުން މުއްދަތު އިތުރުކޮށް ނުދޭން ނިންމި ކަމަށް އަރާފައިވާ އަޑުތަކާ ގުޅިގެންނެވެ. އޭނާ ވިދާޅުވި ގޮތުން ނަމަ "އާދޭސް ދަންނަވައިގެން" ދަރަނި ރޯލްއޯވާ ކުރުމުގެ އެއްވެސް ވިސްނުމެއް މި ސަރުކާރުގައި ނެތެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި މި ދަރަނި ދައްކަން ޖެހޭ ސުންގަޑި ހަމަވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކުރި މައްސަލައިގެ ހުޅުގަނޑު ފަޅައިގެން ދިޔަ ފަހުންނެވެ.

ސަރުކާރުން މި ދަރަނި އަދާކުރަން ނިންމާފައި ވަނީ އިންތިހާއަށް ބޭރު ފައިސާގެ ދަތިކަން ބޮޑު ދަނޑިވަޅެއްގަ އެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އެންމެ ފަހުގެ ފައިނޭންޝަލް ސްޓޭޓްމަންޓް ނުވަތަ ދައުލަތުގެ މާލީ ބަޔާނުން ދައްކާ ގޮތުގައި އަހަރު ނިމުނުއިރު ބޭރު ފައިސާ ރިޒާވުގައި ހުރީ 140 މިލިއަން ޑޮލަރެވެ.

މި ދަތިތައް ހުރި ނަމަވެސް، ސަރުކާރުގެ ޕްލޭނާ އެއްގޮތަށް ފައިސާ ނަގައިގެން ކުރިއަށްދާ ނަމަ އެއްވެސް އުނދަގުލެއް ކުރިމަތި ނުވާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް މިނިސްޓަރު ޝަފީގު ދެއްވި އެވެ.

އެގޮތުން އެތެރޭގެ ބާޒާރުންނާއި ބޭރުގެ ބާޒާރުން ބަޖެޓު ޑެފިސިޓު ފޫބައްދަން ބޭނުންވާ ފައިސާ ހަމަޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސަރުކާރުން ބަލާނީ އެންމެ ހެޔޮ އަގުގައި ނެގެން ހުރި ފައިސާއެއް ނަގައިގެން ކުރިއަށް ދާން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ހަރަދުތައް ހަމަޖައްސަން ބޭނުންވާ ފައިސާގެ ތެރެއިން 16.3 ބިލިއަން ރުފިޔާގެ ތެރެއިން 8.4 ބިލިއަން ރުފިޔާއަށްވާ ޑޮލަރު ދޭނެ އިންވެސްޓަރުންގެ ހުށަހެޅުންތަކަށް ހުޅުވާލާފަ އެވެ. އިތުރު 4.3 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަން މިދިޔަ އަންގާރައިގައި އިއުލާނެއް ވެސް ކޮށްފައިވެ އެވެ.

އޭގެ އިތުރުން 50 މިލިއަން ރުފިޔާގެ ޓްރެޝަރީ ބޮންޑެއް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖު މެދުވެރިކޮށް އަމިއްލަ ވިޔަފާރިތަކަށް ވިއްކާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox