ސަރުކާރުން އެދިގެން އިންޑިއާއިން 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދީފި

އިންޑިއާގެ ފޮރިން މިނިސްޓަރު ޖައިޝަންކަރު ރާއްޖޭގެ ފޮރިން މިނިސްޓަރު ޒަމީރާ ބައްދަލުކުރައްވަނީ. ދާދިފަހުން ޒަމީރު ވަނީ އިންޑިއާއަށް ވަޑައިގެން ރަސްމީ މަޝްވަރާތައް ބާއްވާފައި --- ފޮޓޯ: ފޮރިން މިނިސްޓްރީ

އިންޑިއާގެ ފޮރިން މިނިސްޓަރު ޖައިޝަންކަރު ރާއްޖޭގެ ފޮރިން މިނިސްޓަރު ޒަމީރާ ބައްދަލުކުރައްވަނީ. ދާދިފަހުން ޒަމީރު ވަނީ އިންޑިއާއަށް ވަޑައިގެން ރަސްމީ މަޝްވަރާތައް ބާއްވާފައި --- ފޮޓޯ: ފޮރިން މިނިސްޓްރީ

ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރުގައި އެދިގެން، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ގަނެފައިވާ 50 މިލިއަން ޑޮލަރުގެ ޓީބިލަށް ފައިސާ ދެއްކުން އަހަރަކަށް ފަސްކޮށްދޭން ނިންމައިފި ކަމަށް ދެ ގައުމުގެ ހާރިޖިއްޔާއިން މިއަދު ބުނެފި އެވެ.

އެސްބީއައި އިން މި ޓީބިލުތައް ގަތީ ކުރީ ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު 2019 ގައި ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. އެގޮތުން ފަހަރަކު 50 މިލިއަން ޑޮލަރު މަގުން ގަތް ޖުމްލަ 200 މިލިއަން ޑޮލަރުގެ ޓީބިލު އެސްބީއައި އިން ގަނެފައިވެ އެވެ.

މި ޓީބިލަށް ދައްކަން ޖެހޭ ފައިސާ ކުރީ ސަރުކާރުގައި ކޮންމެ އަހަރަކު ރޯލްއޯވާ ކުރަމުން އައީ އިންޑިއާ ސަރުކާރުން އިންޓްރެސްޓް ދައްކާ ގޮތަށެވެ. ނަމަވެސް މި ސަރުކާރުން ވަނީ ނިމުނު ޖެނުއަރީގައި މީގެ ތެރެއިން 50 މިލިއަން ޑޮލަރު އަނބުރާ ދައްކާފަ އެވެ.

ބާކީ ހުރި 150 މިލިއަން ޑޮލަރު އަނބުރާ ދައްކަން ޖެހޭ މުއްދަތު އިތުރުކުރަން އިންޑިއާ ސަރުކާރުގައި އެދުނީ، މިފަހުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެ ގައުމަށް ކުރެއްވި ދަތުރުގެ ތެރެއިންނެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އިންޑިއާ ސަރުކާރުގައި އެދުނީ 2019 ވަނަ އަހަރު ބަޖެޓު ސަޕޯޓަށް ނެގި 200 މިލިއަން ޑޮލަރުގެ ތެރެއިން 150 މިލިއަން ޑޮލަރު އަނބުރާ އަދާ ކުރަން ޖެހޭ މުއްދަތު އިތުރު ކުރަން ކަމަށެވެ.

މިކަމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން ނެރުނު ނޫސް ބަޔާނުގައި ބުނީ، ބަޖެޓު ސަޕޯޓުގެ ގޮތުގައި އިންޑިއާ ސަރުކާރުން މީގެ ތެރެއިން 50 މިލިއަން ޑޮލަރު ދެއްކުން އަހަރަކަށް ފަސްކޮށްދޭން ނިންމާފައިވާ ކަމަށެވެ. އަދި މިއީ، ޒަމީރު މިފަހުން އިންޑިއާ ކުރެއްވި ދަތުރުގައި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރަށް ދަންނަަވައިގެން އިންޑިއާ ސަރުކާރުން ފަހިކޮށްދިން ކަމެއް ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

އިންޑިއާ ސަރުކާރުގެ މި ނިންމުމަށް ދިވެހި ސަރުކާރުގެ ފަރާތުން ޝުކުރު އަދާކުރަމުން، ފޮރިން މިނިސްޓްރީން ވަނީ އިންޑިއާގެ އެހީ އާއި ލޯނުތައް ބޭނުންކޮށްގެން ރާއްޖޭގައި އުމްރާނީ ތަރައްގީއަށް މުޖުތަމައު ބާރުވެރިކުރުވުމާ ގުޅޭ ގިނަ މަޝްރޫއުތަކެއް މިހާރު ވެސް ހިނގަމުންދާ ކަން ފާހަގަކޮށްފަ އެވެ.

ސަރުކާރުން އަންނަނީ އެހެން ގައުމުތަކުން ނަގާފައިވާ ލޯނުތައް ދެއްކުން ފަސްކުރެވޭތޯ ވެސް މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން އެއް ގައުމަކީ ޗައިނާ އެވެ. ޗައިނާއިން ވެސް ވަނީ އެ ގައުމުގެ އެކްސްޕޯޓު އިމްޕޯޓު ބޭންކު މެދުވެރިކޮށް ނަގާފައިވާ ލޯނުތައް ފަސްކޮށްދިނުމާ ގުޅޭ މަޝްވަރާތަކަށް އެއްބަސްވެފަ އެވެ. އެކަމަކު އަދި އެއްވެސް ލޯނެއް ދެއްކުން ފަސްކޮށްދޭން އެއްބަހެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox