ފައިސާ ނުފޮނުވޭތީ އިންޑިއާގެ 800 އަށްވުރެ ގިނަ މުވައްޒަފުންގެ ޕެޓިޝަނެއް މުއިއްޒަށް

ރާއްޖެއަށް ޒިޔާރަތްކުރި އިންޑިއާ ބަޔަކު: އިންޑިއާ މުވައްޒަފުން ގައުމަށް ޑޮލަރު ފޮނުވަން ދަތިވެގެން އުޅޭތީ މުއިއްޒަށް ޕެޓިޝަނެއް ވަނީ ހުށަހަޅާފައި -- ފޮޓޯ: އަދަދު ފައިލް

ރާއްޖެއަށް ޒިޔާރަތްކުރި އިންޑިއާ ބަޔަކު: އިންޑިއާ މުވައްޒަފުން ގައުމަށް ޑޮލަރު ފޮނުވަން ދަތިވެގެން އުޅޭތީ މުއިއްޒަށް ޕެޓިޝަނެއް ވަނީ ހުށަހަޅާފައި -- ފޮޓޯ: އަދަދު ފައިލް

އިންޑިއާއަށް ފައިސާ ފޮނުވަން ދަތިވާ މައްސަލައިގައި ހައްލެއް ހޯދައި ދިނުމަށް އެދި ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާގެ 800 އަށްވުރެ ގިނަ މުވައްޒަފުންގެ ޕެޓިޝަނެއް މުހައްމަދު މުއިއްޒަށް ހުށަހަޅައިފި އެވެ.

އިންޑިއާއަށް ނިސްބަތްވާ ގިނަ އަދަދެއްގެ ޓީޗަރުން ސޮއިކޮށްފައިވާ މި ޕެޓިޝަނުގައި ސިއްހީ ދާއިރާގެ އިތުރުން އެހެނިހެން ދާއިރާތަކުގައި މަސައްކަތްކުރާ އިންޑިއާ މީހުން ސޮއިކުރި އެވެ.

އެ ޕެޓިޝަންގައި ބުނެފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގެ މާލޭ ބްރާންޗުން މިި މަހުގެ 25، އިން ފެށިގެން މުސާރަ ފޮނުވަން ދިވެހި ރުފިޔާ ދިނުމުން ލިބޭ ޑޮލަރުގެ އަދަދު 150 އަށް ތިރިކޮށް، އެ ބޭންކުގެ ރުފިޔާ ކާޑުތައް ރާއްޖޭން ބޭރުގައި ބޭނުން ނުކުރެވޭ ގޮތް ހަދާފައިވާ ކަމަށެވެ.

އެސްބީއައިގެ އެ ނިންމުމާއެކު ރާއްޖޭގައި މަސައްކަތްކުރާ އެތައް ހާސް އިންޑިއާ މުވައްޒަފުންނަކަށް ގައުމަށް ޑޮލަރު ފޮނުވަން ދިމާވެފައިވާ ދަތިތަކާއެކު އިންޑިއާގައި ތިބި އެ މުވައްޒަފުންގެ އާއިލާތަކަށް ދަތިތައް ދިމާވަމުންދާ ކަމަށް ޕެޓިޝަންގައި ވަނީ ބުނެފަ އެވެ.

"އަހަރުމެންގެ ތެރެއިން ގިނަ މީހުންނަކީ އިންޑިއާގައި ދިރިއުޅޭ އާއިލާ މެންބަރުންނަށް ގަވާއިދުން ޑޮލަރު ފޮނުވާ މީހުން. ކަނޑައަޅާފައިވާ ލިމީޓަކީ އާއިލާތަކަށް އެންމެ އަސާސީ ބޭނުންތައް ވެސް ފުއްދަން ވަރަށް ކުޑަ ލިމިޓެއް،" ޕެޓިޝަންގައި އިންޑިއާ މުވައްޒަފުން ބުންޏެވެ.

އެސްބީއައި އިން އިންޑިއާ މީހުންނަށް ގައުމަށް ޑޮލަރު ފޮނުވޭ ލިމިޓް ދަށްކުރީ އެ ބޭންކަށް ޑޮލަރު ލިބުން ތާށިވެފައިވާތީކަން އެނގޭ ކަމަށް ޕެޓިޝަންގައި ވަނީ ބުނެފަ އެވެ.

އެގޮތުން ޕެޓިޝަންގައި އިންޑިއާ މުވައްޒަފުން މުއިއްޒުގެ އަރިހުން އެދިފައިވަނީ އެމްއެމްއޭ އާއި އެސްބީއައިއާ މަޝްވަރާކޮށްގެން ދިމާވެފައިވާ މައްސަލައަށް ހައްލެއް ހޯދައިދިނުމަށެވެ.

އެސްބީއައި އިން އިންޑިއާ މީހުންނަށް ގައުމަށް ޑޮލަރު ފޮނުވޭ ލިމިޓު ކުޑަކުރުމުން ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، އެކަމަށް ހައްލެއް ގެނައުމަށް ފޮރިން މިނިސްޓްރީ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ހިމެނޭހެން އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

އެސްބީއައިގެ ރުފިޔާ-ރުޕީސް ރެމިޓަންސްގެ ދަށުން މުސާރަ ފޮނުވާއިރު، ދިވެހި ރުފިޔާއިން ޖަމާކުރުން އިންޑިއާ ރުޕީސްއިން އެ ފައިސާ އިންޑިއާގައި ހުންނަ އެކައުންޓުތަކަށް ޖަމާކޮށްދެމުން ދިޔަ އެވެ. މިއީ ރާއްޖޭގައި މަސައްކަތް އިންޑިއާ މީހުންނާއި އެމްޕްލޯޔަރުންނަށް ވެސް ފަސޭހަކޮށްދިނުމުގެ ބޭނުމުގައި އެ ބޭންކުން ކުރަމުން ދިޔަ ކަމެކެވެ.

ނަމަވެސް އާ ބަދަލުތަކާއެކީ، އެސްބީއައިއިން ފޮނުވޭނީ 2،313ރ. އާ ހަމައަށެވެ. ބާކީ މުސާރަ ފޮނުވަން ބޭނުން ނަމަ ޖެހޭނީ ބޭންކަށް ޑޮލަރު ޖަމާކުރާށެވެ. މި ގޮތަށް ޑޮލަރު ލިބެން އޮތް ހަމައެކަނި މަގަކީ ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަތުމެވެ. މިހާރު ހުރި ރޭޓުތަކުގައި، މާރުކުރަން ގިނަ އަދަދެއްގެ ފައިސާ ހަރަދުކުރަން ޖެހޭނެ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި 30،000 ގާތްކުރާ އަދަދަކަށް އިންޑިއާ މީހުން މަސައްކަތް ކުރެ އެވެ. އިންޑިއާ މީހުން އެންމެ ގިނައީ ކޮންސްޓަރްޝަނާއި ޓޫރިޒަމާއި ފިނޭންސް ދާއިރާގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox