އެސްބީއައިއަށް ވިއްކާފައިވާ ޓީބިލުތަކަށް 50 މިލިއަން ޑޮލަރު ދައްކައިފި

މުއިއްޒު އާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: ސަރުކާރުން ވަނީ 40 ދުވަހުގެ ތެރޭގައި 974 މިލިއަން ޑޮލަރުގެ ދަރަނި ދައްކާފަ --- ފޮޓޯ: ރައީސް އޮފީސް

މުއިއްޒު އާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: ސަރުކާރުން ވަނީ 40 ދުވަހުގެ ތެރޭގައި 974 މިލިއަން ޑޮލަރުގެ ދަރަނި ދައްކާފަ --- ފޮޓޯ: ރައީސް އޮފީސް

ކުރީ ސަރުކާރުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ވިއްކާފައިވާ ޓީބިލުތަކަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން އިތުރު 50 މިލިއަން ޑޮލަރު މިއަދު ދައްކައިފި ކަމަށް ރައީސް މުހައްމަދު މުއިއްޒު އިއުލާންކުރައްވައިފި އެވެ. 

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މުއިއްޒު ވިދާޅުވީ އިންޑިއާއިން ނަގާފައިވާ 50 މިލިއަން ޑޮލަރުގެ "ލޯނަކަށް" ދައްކަން ޖެހޭ ފައިސާ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ދައްކާފައިވާ ކަމަށެވެ.

ސަރުކާރުން އަނބުރާ އަދާކުރީ ލޯނަކަށް ދައްކަން ޖެހޭ ފައިސާ ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް، މިއީ އިންޑިއާ ސަރުކާރު މެދުވެރިވެގެން ބަޖެޓު ސަޕޯޓުގެ ގޮތުގައި އެސްބީއައިއަށް ވިއްކާފައިވާ 150 މިލިއަން ޑޮލަރުގެ ޓީބިލުތަކަށް ދައްކަން ޖެހޭ ފައިސާ އެވެ. ކުރީ ސަރުކާރުން ވަނީ ތިން ފަހަރެއްގައި މިި ދަރަނި ރޯލްއޯވާކޮށްފަ އެވެ. 

ނަމަވެސް މި ސަރުކާރުން ވަނީ ވެރިކަމާ ހަވާލުވުމަށް ފަހު، އެ ފައިސާގެ ތެރެއިން 50 މިލިއަން ޑޮލަރު އަނބުރާ ދައްކާފަ އެވެ. އެ ފަހަރު ފައިސާ ދެއްކުމަށް ފަހު، މި ސަރުކާރުން ވެސް އިންޑިއާ ސަރުކާރުގައި އެދިގެން ބަކީ 100 މިލިއަން ޑޮލަރުގެ ދަރަނި ވަނީ ރޯލްއޯވާކޮށްފަ އެވެ.

މުއިއްޒު ވިދާޅުވީ ބާކީ 50 މިލިއަން ޑޮލަރު ވެސް އެ ފައިސާ ދައްކަން ޖެހޭ ތާރީހުގައި ދައްކާ ހަލާސްކުރާނެ ކަމަށެވެ. އެއީ މި އަހަރުގެ ސެޕްޓެމްބަރު 17، އެވެ. 

އެސްބީއައިއަށް ދެއްކި 50 މިލިއަން ޑޮލަރާ އެކީ، މި ވޭތުވީ 40 ދުވަހުގެ ތެރޭގައި ދިވެހި ސަރުކާރުން މި ވަނީ 974 މިލިއަން ޑޮލަރު ދަރަނި އަނބުރާ އަދާކޮށްފަ އެވެ. މި ދަރަނީގެ ތެރޭގައި ދެން ހިމެނެނީ ކުރީ ސަރުކާރުން ވިއްކާފައިވާ ސުކޫކަށް ދެއްކި 524 މިލިއަން ޑޮލަރާއި، މި ސަރުކާރުން ނެގި އާރުބީއައިގެ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox