ރުޅިގަނޑު ފަޅައިގެން ދިޔަ ސަބަލެންކާ އަށް 70،000 ޑޮލަރުގެ ޖޫރިމަނާއެއް؟

Sep 15, 2026, 8:15 AM
ޔޫއެސް އޯޕަން ފައިނަލުގެ ތެރެއިން ސަބަލެންކާ ރެކެޓް ހިފައިގެން.

ޔޫއެސް އޯޕަން ފައިނަލުގެ ތެރެއިން ސަބަލެންކާ ރެކެޓް ހިފައިގެން.

ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ސެޕްޓެމްބަރު 15) - ޔޫއެސް އޯޕަން ފައިނަލުގައި ބަލިވި ބެލަރޫސްގެ ޓެނިސް ތަރި، އަރީނާ ސަބަލެންކާ، އެ މެޗަށް ފަހު، ރުޅިގަނޑު ފަޅައިގެން ގޮސް އަހުލާގީ ގޮތުން ދެރަ ކަންތައްތަކެއް ކުރުމާ އެކު އޭނާ އަށް ބޮޑު ޖޫރިމަނާއެއް އައުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ. 

ޔޫއެސް އޯޕަން އަންހެން ސިންގަލްސް ތަށި ޖެހިޖެހިގެން ތިން ފަހަރު ހޯދަން ނުކުތް ސަބަލެންކާ ވަނީ ކަޒަކްސްތާންގެ އެލީނާ ރިބަކީނާ އަތުން ބަލިވެފަ އެވެ. އަނެއްކޮޅުން، މިއީ، ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި އޮތް ސަބަލެންކާ އަށް 2022 ވަނަ އަހަރުގެ ފަހުން، ގްރޭންޑް ސްލޭމް ޓެނިސް މުބާރާތެއް ނުލިބި ނިންމާލަން ޖެހުނު ފުަރަތަމަ ފަހަރެެވެ. ސަބަލެންކާ ވަނީ މި އަހަރުގެ އޮސްޓްރޭލިއަން އޯޕަން ފައިނަލުގައި ވެސް ރިބަކީނާ އަތުން ބަލިވެފަ އެވެ. އަދި، އޭގެ ފަހުން، ސަބަލެންކާ ވަނީ، ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ކުއާޓާ ފައިނަލުން އަދި ވިމްބަލްޑަން ޓެނިސް މުބާރާތުގެ ހަތަރު ވަނަ ބުރުން ކަޓައިފަ އެވެ. 

ޔޫއެސް އޯޕަން ފައިނަލް މެޗުން މި ފަހަރު ބަލިވުމާ އެކު، ސަބަލެންކާ ވަނީ އޭނާގެ ރެކެޓް ހަލާކުކޮށްލައިފަ އެވެ. މީގެ ކުރިން ވެސް އެތައް މުބާރާތަކުން ކަޓައިގެން ސަބަލެންކާ ފަރާތުން އެކަން ވަނީ ފެނިފަ އެވެ. އެހެންކަމުން، ތަކުރާރުކޮށް އެއް ކަމެއް ކޮށްފައިވާތީވެ، މި ފަަހަރު އެކަމަށް އޭނާ އަށް އަންނަ ޖޫރިމަނާ، 50،000 ޑޮލަރަށް އަރާނެ ކަމަށް ބެލެވެ އެވެ. އަދި، ފައިނަލް މެޗު ނިމުނު ވަގުތު ކެމަރާމަން ތަންކޮޅެއް ކައިރިން، ސަބަލެންކާގެ މަންޒަރުތަކެއް ނަގަން ކައިރިވި ވަގުތުގައި، ކެމަރާ އަށް ބޭއަދަބީ ބަހުން ސަބަލެންކާ ވަނީ މުހާތަބުކޮށްފަ އެވެ. އެކަމާ ގުޅިގެން، އޭނާ އަށް 20،000 ޑޮލަރުގެ ޖޫރިމަނާއެއް އަައުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން، މުޅި ޖުމްލަ އެކު ސަބަލެންކާގެ ޖޫރިމަނާ، 70،000 ޑޮލަރަށް އަރާނެ ކަމަށް ބެލެވެ އެވެ. 

ޔޫއެސް އޯޕަން ފައިނަލުން ބަލިވި ސަބަލެންކާ އަށް ވަނީ 99 ހަފްތާ އަށް ފަހު ދުނިޔޭގެ ރޭންކިން އެއް ވަނަ ވެސް ގެއްލިފަ އެވެ. ސަބަލެންކާ އަށް ޔޫއެސް އޯޕަން ރަނަރަޕްގެ އިނާމް ފައިސާގެ ގޮތުގައި، 2.8 މިލިއަން ޑޮލަރު ލިބިފައިވާއިރު، އޭނާ ޖޫރިމަނާ ކުރާނަމަ، އެ އަދަދު އިނާމް ފައިސާ އިން އުނިކުރާނެ އެވެ. 

ކެރިއަރުގައި ފުރަތަމަ ފަހަރަށް ދުނިޔޭގެ ރޭންކިން އެއް ވަނަ އަށް އެރި ރިބަކީނާ އަށް ޔޫއެސް އޯޕަން ޗެމްޕިއަންކަން ހޯދައިގެން އިނާމް ފައިސާގެ ގޮތުގައި 5.5 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox