ދުނިޔޭގެ އެއް ވަަނަ ދިފާއުކުރަން ސަބަލެންކާ އަށް އޮތީ ޔޫއެސް އޯޕަން ޗެމްޕިއަންކަން ހޯދުން

Aug 30, 2026, 12:22 PM
ޔޫއެސް އޯޕަންގެ ފަރިތަކުރުމެއްގެ ތެރެއިން ސަބަލެންކާ.

ޔޫއެސް އޯޕަންގެ ފަރިތަކުރުމެއްގެ ތެރެއިން ސަބަލެންކާ.

ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (އޮގަސްޓް 30) - ދުނިޔޭގެ ރޭންކިން އެއް ވަނަ އަންހެން ޓެނިސް ކުޅުންތެރިޔާގެ މަގާމު ދިފާއުކުރުމަށްޓަކައި މިހާރު ކުރިއަށްދާ ޔޫއެސް އޯޕަންގެ އަންހެން ސިންގަލްސް ތަށި، ބެލަރޫސްގެ އަރީނާ ސަބަލެންކާ ކާމިޔާބުކުރަން ޖެހޭނެ އެވެ. 

ދުނިޔޭގެ އެއް ވަނައިގައި އުމުރުން 28 އަހަރުގެ ސަބަލެންކާ މަގާމު ދަމަހައްޓަމުން އަންނަތާ 99 ހަފްތާ ވަނީ ވެފަ އެވެ. އިންޑިއަން ވެލްސް އާއި މިއާމީ އޯޕަން ކާމިޔާބުކޮށް ރޭންކިން ކުރީގައި 3000 ޕޮއިންޓުގެ ލީޑެއް ސަބަލެންކާ ވަނީ ނަގައިފަ އެވެ. އެކަމަކު، އޭގެ ފަހުން، ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ކުއާޓާ ފައިނަލުން އަދި ވިމްބަލްޑަން ޓެނިސް މުބާރާތުގެ ހަތަރު ވަނަ ބުރުން ސަބަލެންކާ ކެޓުމާ އެކު، ރޭންކިން ކުރީގައި އޭނާގެ ލީޑު ވަނީ ކުޑަވެފަ އެވެ. 

ސަބަލެންކާ، މި ވަގުތު އެއް ވަނައިގައި އޮތީ 434 ޕޮއިންޓުގެ ފަރަގަކުން ދެ ވަނައިގައި އޮތް ކަޒަކްސްތާންގެ އެލީނާ ރިބަކީނާ އަށް ވުރެން ކުރީގަ އެވެ. އެކަމަކު، މި ފަހަރުގެ ޔޫއެސް އޯޕަންގައި ނަތީޖާތައް ނުކުންނަ ގޮތަކުން ސަބަލެންކާ އަށް އެއް ވަނަ ގެއްލި، ރިބަކީނާ އަށް އެ މަގާމު ލިބުމުގެ ފުރުސަތު އެބައޮތެެވެ. މަގާމު ދިފާއުކުރަން ސަބަލެންކާ އަށް އެންމެ ބޮޑު ފުރުސަތެއް އޮތީ މުބާރާތުގެ ތަށި ހޯދައިގެންނެވެ،

Advertisement

ޓެނިހުގެ ގްރޭންޑް ސްލޭމް ހަތަރު ގްރޭންޑް ސްލޭމް ކާމިޔާބު ކޮށްފައިވާ ސަބަލެންކާ ވަނީ ދެ ފަހަރެއްގެ މަތިން ޔޫއެސް އޯޕަން ކާމިޔާބުކޮށްފަ އެވެ. އެއީ، 2024 އާއި 2025 ވަނަ އަހަރު އެވެ. މި ފަަހަރުގެ މުބާރާތަށް ސަބަލެންކާ ނުކުންނާނީ ޖެހިޖެހިގެން ތިން ފަހަރު މި މުބާރާތް ކާމިޔާބު ކުރުމުގެ އަޒުމުގަ އެވެ. 

ސަބަލެންކާ ބުނީ މި ފަހަރުގެ ޔޫއެސް އޯޕަންގައި އޭނާގެ ރަނގަޅު ކުޅުން ދެއްކޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

"ވަރަށް ރަނގަޅު ފިލާވަޅުތަކެއް މި ސީޒަނުގައި ލިބިއްޖެ. ދަސްވި ކަމަކީ ބުރަކޮށް މަސައްކަތްކޮށްގެން ނޫނީ ހާލަތު ބަދަލުކުރެވެން ނެތްކަން،" ސަބަލެންކާ ބުންޏެވެ. 

އެންމެ ރަނގަޅު ފޯމެއްގައި ކުޅެމުންދިޔައިރު ވެސް ސަބަލެންކާ ވަނީ ގްރޭންޑް ސްލޭމް ހަތަރު މުބާރާތުގެ ފައިނަލުންނާއި ހަ ސެމީ ފައިނަލުން ބަލިވެފަ އެވެ. އެ މެޗުތަކުން ވެސް ގިނަ ކަންތައްތަކެއް ދަސްވެފައިވާކަން ފާހަގަކޮށް، ސަބަލެންކާ ބުނީ، އެންމެ މުހިންމު ކަމަކީ އަމިއްލަ އަށް ކަންކަން ބަލައިގެން ކޯޗުންގެ އިރުޝާދު އަހައިގެން ކުރިއަށް ދިއުން ކަމަށެެވެ. 

މާދަމާ ޔޫއެސް އޯޕަންގެ ފުރަތަަމަ ބުރުގައި ސަބަލެންކާ ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ ކޮލަމްބިއާގެ ކަމީލާ އޮސޯރިއޯއާ ދެކޮޅަށެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox