ރިބަކީނާ އަށް ތަށި، ސަބަލެންކާ ހަތަރު އަހަރު ފަހަތަށް

Sep 13, 2026, 11:00 AM
ރިބަކީނާ، ޔޫއެސް އޯޕަންގެ އަންހެން ސިންގަލްސް ތަށި ހިފައިގެން.

ރިބަކީނާ، ޔޫއެސް އޯޕަންގެ އަންހެން ސިންގަލްސް ތަށި ހިފައިގެން.

ނިއު ޔޯކް ސިޓީ، ޔުނައިޓެޑް ސްޓޭޓްސް (ސެޕްޓެމްބަރު 13) - ޔޫއެސް އޯޕަން އަންހެން ސިންގަލްސް ފައިނަލުގައި ބެލަރޫސްގެ އަރީނާ ސަބަލެންކާ ބަލިކޮށް، ކަޒަކްސްތާންގެ އެލީނާ ރިބަކީނާ މުބާރާތުގެ ތަށި އުފުލާލައިފި އެވެ. 

މިއީ، ރިބަކީނާ އަށް ކެރިއަރުގައި ލިބުނު ތިން ވަނަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތެވެ. އަނެއްކޮޅުން، މިއީ، ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި އޮތް ސަބަލެންކާ އަށް 2022 ވަނަ އަހަރުގެ ފަހުން، ގްރޭންޑް ސްލޭމް ޓެނިސް މުބާރާތެއް ނުލިބި ނިންމާލަން ޖެހުނު ފުަރަތަމަ ފަހަރެެވެ. 

ޓެނިހުގެ ގްރޭންޑް ސްލޭމް ހަތަރު ގްރޭންޑް ސްލޭމް ކާމިޔާބު ކޮށްފައިވާ ސަބަލެންކާ ވަނީ ދެ ފަހަރެއްގެ މަތިން ޔޫއެސް އޯޕަން ކާމިޔާބުކޮށްފަ އެވެ. އެއީ، 2024 އާއި 2025 ވަނަ އަހަރު އެވެ. މި ފަަހަރުގެ މުބާރާތަށް ސަބަލެންކާ ނުކުންނާނީ ޖެހިޖެހިގެން ތިން ފަހަރު މި މުބާރާތް ކާމިޔާބު ކުރުމުގެ އަޒުމުގަ އެވެ. އެކަމަކު، ފައިނަލް މެޗުގައި ވަނީ ރިބަކީނާ އަތުން، 6-4، 5-7، 6-2 އިން ބަލިވެފަ އެވެ. 

ސަބަލެންކާ ވަނީ މި އަހަރުގެ އޮސްޓްރޭލިއަން އޯޕަން ފައިނަލުގައި ވެސް ރިބަކީނާ އަތުން ބަލިވެފަ އެވެ. އަދި، އޭގެ ފަހުން، ސަބަލެންކާ ވަނީ، ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ކުއާޓާ ފައިނަލުން އަދި ވިމްބަލްޑަން ޓެނިސް މުބާރާތުގެ ހަތަރު ވަނަ ބުރުން ކަޓައިފަ އެވެ. 

ޔޫއެސް އޯޕަން ފައިނަލް މެޗުގެ ތެރެއިން ސަބަލެންކާ.
ޔޫއެސް އޯޕަން ފައިނަލް މެޗުގެ ތެރެއިން ސަބަލެންކާ.

މި ފަހަރުގެ ޔޫއެސް އޯޕަން ފައިނަލުން ސަބަލެންކާ ބަލިވިއިރު، ރިބަކީނާ އަށް މުބާރާތުގެ ތަށި ލިބުމުން، އޭނާ އަށް ދުނިޔޭގެ ރޭންކިން އެއް ވަަނަ ލިބޭނެ އެވެ. ސަބަލެންކާ އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ މި ގެއްލެނީ، އެ މަގާމުގައި 99 ހަފްތާ ހޭދަކުރި ފަހުންނެވެ. 

ސަބަލެންކާ ބުނީ، މި ފަހަރުގެ ޔޫއެސް އޯޕަން ކާމިޔާބުކުރަން ހާއްސަ އަމާޒެއް އޮތް ކަމަށެވެ. އެއީ، ޖެހިޖެހިގެން ތިން އަހަރު އެއް މުބާރާތެއް ކާމިޔާބު ކުރުމަކީ އާދަޔާހިލާފު ކާމިޔާބަަކަށްވާނެތީ ކަމަށެވެ. އެހެން ނަމަވެސް، ފާއިތުވި އަހަރުތަކުގައި ގިނަ ފަހަރުތަކެއްގެ މަތިން ދިމާވި ކަންކަން މި ފަހަރުގެ ޔޫއެސް އޯޕަން ފައިނަަލުގައި ވެސް ކުރިމަތިވެ، ނާކާމިޔާބުވީ ކަމަށެވެ. 

މި އަަހަރުގެ ޔޫއެސް އޯޕަން އާއި އޮސްޓްރޭލިއަން އޯޕަން ކާމިޔާބު ކުރުމުގެ ކުރިން، ރިބަކީނާ، 27، ހޯދި ފުރަތަމަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތަކީ، 2022 ވަނަ އަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތެވެ. ކެރިއަރުގެ ކުރީކޮޅުގައި، ރަޝިއާ ތަމްސީލްކުރި ނަމަވެސް، 2018 ވަނަ އަހަރުގެ ފަަހުން، ރިބަކީނާ ވަނީ ކަޒަކްސްތާނަށް ރަށްވެހިކަން ބަދަލުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox