ތަފާތު ފޯމެއްގައި ހުރި ޝެލްޓަން ޔޫއެސް އޯޕަން ފައިނަލުގައި ޒްވެރެވާ ދެކޮޅަށް

Sep 12, 2026, 3:44 PM
ސެމީ ފައިނަލް މެޗުން މޮޅުވުމަށް ފަހު އުފާފާޅުކުރުމުގެ ތެރެއިން ޝެލްޓަން.

ސެމީ ފައިނަލް މެޗުން މޮޅުވުމަށް ފަހު އުފާފާޅުކުރުމުގެ ތެރެއިން ޝެލްޓަން.

ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ސެޕްޓެމްބަރު 12) - މި ފަހަރުގެ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގައި ތަފާތު ފޯމެއްގައި ކުޅެމުން އަންނަ އެމެރިކާގެ ބެން ޝެލްޓަން، މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލުގައި ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވާ ދެކޮޅަށް ކުޅެން ޖެހިއްޖެ އެވެ. 

ޝެލްޓަން އަށް މި ފަހަރުގެ ޔޫއެސް އޯޕަންގައި ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓުނު ހިސާބަކީ، އެންމެ ފަހުގެ ޗެމްޕިއަން، ސްޕެއިނުގެ ކާލޯސް އަލްކަރާޒް އަތުން ކުއާާޓާ ފައިނަލުގައި މޮޅުވި ހިސާބުންނެވެ. ސެމީ ފައިނަލުގައި ޝެލްޓަން ކުޅެން ޖެހުނީ އެމެރިކާގެ ފްރާންސެސް ޓިއާފޯއާ އެވެ. 

ޔޫއެސް އޯޕަން ކުއާޓާ ފައިނަލުގައި ޝެލްޓަން އަތުން އަލްކަރާޒް ކަޓައިފި

ޔޫއެސް އޯޕަންގެ ކުއާޓާ ފައިނަލުގައި އެމެރިކާގެ ބެން ޝެލްޓަން އަތުން ބަލިވެ، އެންމެ ފަހުގެ ޗެމްޕިއަން ކާލޯސް އަލްކަރާޒް މުބާރާތުން ކަޓައިފި. ހަތަރު ގަޑިއިރަށް ވުރެ ގިނަ އިރުވީ މި މެޗުން ޝެލްޓަން ހޯދި ކާމިޔާބީއާއެކު، 23 އަހަރަށް ފަހު އެމެރިކާގެ ކުޅުންތެރިއަކަށް މި މުބާރާތުގެ ތަށި ހޯދުމުގެ ފުރުސަތު ވަނީ ބޮޑުވެފައި

ޓިއާފޯއާ ދެކޮޅަށް ކުޅެން ޖެހުނު މެޗުގައި ވެސް ޝެލްޓަން ވަނީ ތަފާތު ކުޅުމެއް ދައްކައިފަ އެވެ. ހަތަރު ސެޓަށް ދިގު ދެމިގެންދިޔަ މި މެޗުން ޝެލްޓަން މޮޅުވެ، ކެރިއަރުގައި ފުރަތަމަ ފަހަރަށް މި ވަނީ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތެއްގެ ފައިނަލުން ޖާގަ ހޯދައިފަ އެވެ. ޓިއާފޯ އަތުން މޮޅުވި މެޗުގައި، އުމުރުން 23 އަހަރުގެ ޝެލްޓަން ސެޓުތައް ގެންދިޔައީ، 4-6 6-3 6-3 7-5 އިންނެވެ. 

ޒްވެރެވް، ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ، ސެމީ ފައިނަލުގައި، ރަޝިއާގެ ކަރެން ކަޗަނޯވް ބަލިކޮށްފަ އެވެ. އެ ގޮތުން، ސެމީ ފައިނަލް މެޗުގައި ޒްވެރެވް މޮޅުވިއިރު، މެޗުގެ ސެޓުތައް ގޮސްފައިވަނީ، 6-3 7-6 (9-7) 7-6 (8-6) އިންނެވެ. މި ނަތީޖާއާ އެކު، ޒްވެރެވް ވަނީ ޖެހިޖެހިގެން ތިން ގްރޭންޑް ސްލޭމް ފައިނަލުން ޖާގަ ހޯދައިފަ އެވެ. 

މިދިޔަ މެއި މަހު ފްރެންޗް އޯޕަންގެ ޗެމްޕިއަންކަން ހޯދި ޒްވެރެވް ވަނީ ވިމްބަލްޑަން ފައިނަލުގައި ޖަނިކް ސިނާ އަތުން ބަލިވެފަ އެވެ. ޓޯކިޔޯ އޮލިމްޕިކްސްގެ ޓެނިސް ފިރިހެން ސިންގަލްސް އިވެންޓުގެ ރަން މެޑަލް ހޯދި ޒްވެރެވް މަސައްކަތްކުރަމުން އަންނަނީ ކެރިއަރުގެ ދެ ވަނަ ގްރޭންޑް ސްލޭމް ތަށި ހޯދުމަށެވެ. 

އަނެއްކޮޅުން، ޝެލްޓަން އަމާޒުހިފައިގެން ހުރީ ތާރީހީ ކާމިޔާބަކަށެވެ. ތޭވީސް އަހަރު ތެރޭ ޔޫއެސް އޯޕަންގައި ފުރަތަމަ ފަހަރަށް އެމެރިކާ އަށް ނިސްބަތްވާ ކުޅުންތެރިއަކު ތަށި ހޯދުމުގެ ފުރުސަތު މި ފަހަރު އެބައޮތެވެ. އެންމެ ފަހުން، 2003 ވަނަ އަހަރު އެމެރިކާގެ އެންޑީ ރޮޑިކް، ޔޫއެސް އޯޕަން ތަށި ހޯދިއިރު، ޝެލްޓަން އަށް އެއް އަހަރު ވެސް ނުފުރެ އެވެ.

ނިއު ޔޯކްގެ އާތޫރު އޭޝް ސްޓޭޑިއަމްގައި ޒްވެރެވް އާއި ޝެލްޓަން ކުޅޭ މި އަހަރުގެ ޔޫއެސް އޯޕަން ފިރިހެން ސިންގަލްސް ފައިނަލް މެޗު އޮތީ މާދަމާ އެވެ. ޔޫއެސް އޯޕަން އަކީ އަަހަރުގެ ފަަހު ގްރޭންޑް ސްލޭމް މުބާރާތެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އާ ކޯޗާ އެކު އޮޑިން ގައްދޫ ބަލިކޮށް ވަރުގަދަކޮށް ފަށައިފި

އާ ކޯޗު ލޫޝިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ގައްދޫ އަތުން 4-0 އިން މޮޅުވެ، އޮޑި ސްޕޯޓްސް ކްލަބް ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި. މި މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ތިން ލަނޑު ޖަހާފައިވާއިރު، މިއީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން އެ ޓީމުން ހޯދި މުހިންމު ކާމިޔާބީއެއް.

ބިސް ބުރުން ފަހު ވަގުތު ބުރު ބަލިކޮށް ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު، އެއް ކުޅުންތެރިއަކު މަދުކޮށް ނިންމާލަން ޖެހުނު ނަމަވެސް، ބިސް ބުރުން ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށްފި. މިއީ، ލީގުގައި ބިސް ބުރުން ޖެހިޖެހިގެން ހޯދި ދެވަނަ މޮޅު ކަމަށްވާއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަލިއޫ އޮވޮލާބީ އާއި މަޖުދާން ސޯލިހު

ވައުދުވި ގޮތާ ހިލާފަށް ޔުއެފާގެ ރައީސް އިތުރު ދައުރަކަށް

ޔުއެފާގެ ރައީސް ކަމުގައި 3 ދައުރަށް ވުރެ އިތުރަށް ނުހުރެވޭ ގޮތަށް ގަވާއިދު އޮތް ނަމަވެސް، އަލެކްސަންޑަ ކެފެރިން ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ވަނީ ނިންމަވާފައި މީގެ ކުރިން އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އޭނާ މިހާރު ވަނީ 2027 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން މެންބަރު ގައުމުތަކަށް އަންގަވާފައި

ޝަކާ، ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައިގައި އަދަބުދީފި

ސްވިޒަލެންޑްގެ ކެޕްޓަން ގްރޭނިޓް ޝަކާ ކޮވިޑް ވެކްސިންގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައިގައި، އޭނާ 150,000 ޑޮލަރުން ޖޫރިމަނާކޮށް ކޮމިއުނިޓީ ސާވިސް ފުރިހަމަކުރުމަށް ޕްރޮސެކިއުޓަރުން ވަނީ އަދަބުދީފައި. ޝަކާ މި ކުށަށް އިއުތިރާފުވެ އަދަބު ގަބޫލުކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން އޭނާ މިވަގުތު ހުރީ ގައުމީ ޓީމާ ދުރުގައި

ބިސް ބުރުން ވިސްނަން ޖެހޭ ކަންކަން ގިނަ: ނާދު

މާލެ ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައިގެން ޕްރިމިއާ ލީގަށް ކޮލިފައިވި ބިސް ބުރު ސްޕޯޓްސް ކްލަބުން އެ ލެވެލްގައި ވާދަކުރާއިރު، ތަޖުރިބާކާރު ޓީމުތަކާ ކުޅެވޭ ފަދަ "ނަމެއް" ހޯދަން ޖެހޭ ކަމަށް ކޯޗު ނާދު ބުނެފި. ލީގުގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ދެވަނަ މެޗު ކާމިޔާބުކޮށްފައިވާ ބިސް ބުރު ޓީމަކީ ލީގުގެ މެދުފަންތީގައި ވާދަކުރާނެ ޓީމެއް

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އައިހަމް އަށް

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެފްއޭއެމް އެވޯޑްސްގައި، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) ހޯދައިފި. އައިހަމް މި ޝަރަފުވެރި މަގާމު ހޯދާފައިވަނީ ގައުމީ ޓީމާއި ކްލަބް ފެންވަރުގައި ދެއްކި މޮޅު ކުޅުމާ އެކުގައި. އައިހަމްއާ މި އެވޯޑަށް ވާދަކުރީ، ސެންޓޭ އާއި ހަމްޕު

އެފްއޭއެމް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް އިންމި އަށް

އެފްއޭއެމް އިން އަލަށް ތައާރަފްކުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ކާމިޔާބުކޮށްފި. މި އެވޯޑަށް އިންމިއާ އެކު ގައުމީ ޓީމުގެ އިތުރު ހަތަރު ކުޅުންތެރިއަކު ވާދަކުރި

Newsletter

Get the latest news delivered straight to your inbox