ތަޖުރިބާގެ ބޭނުންހިފައި ޒްވެރެވް ޔޫއެސް އޯޕަން ތަށި އުފުލާލައިފި

Sep 14, 2026, 10:19 AM
ޖަރުމަނުގެ ޓެނިސް ތަރި، އަލެކްސަންޑަ ޒެވްރެވް، ޔޫއެސް އޯޕަންގެ ތަށި ހިފައިގެން،

ޖަރުމަނުގެ ޓެނިސް ތަރި، އަލެކްސަންޑަ ޒެވްރެވް، ޔޫއެސް އޯޕަންގެ ތަށި ހިފައިގެން،

ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ސެޕްޓެމްބަރު 14) - ފައިނަލުގައި އެމެރިކާގެ ބެން ޝެލްޓަން ކައިރިން ތަޖުރިބާގެ ބޭނުންހިފައި، އޭނާ ބަލިކުރުމަށް ފަހު، ޖަރުމަނުގެ ތަރި، އަލެކްސަންޑަ ޒްވެރެވް، ޔޫއެސް އޯޕަން ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދައިފި އެވެ. 

މިދިޔަ މެއި މަހު ފްރެންޗް އޯޕަންގެ ޗެމްޕިއަންކަން ހޯދި، އުމުރުން 29 އަހަރުގެ ޒްވެރެވް ވަނީ ވިމްބަލްޑަން ފައިނަލުގައި ޖަނިކް ސިނާ އަތުން ބަލިވެފަ އެވެ. ޓޯކިޔޯ އޮލިމްޕިކްސްގެ ޓެނިސް ފިރިހެން ސިންގަލްސް އިވެންޓުގެ ރަން މެޑަލް ހޯދި ޒްވެރެވް މި ވަނީ، ޔޫއެސް އޯޕަންގެ ކާމިޔާބާ އެކު، ދެ ވަނަ ގްރޭންޑް ސްލޭމް ތަށި ހޯދައިފަ އެވެ. 

ފައިނަލް މެޗުގައި ޒްވެރެވް ވަނީ ޝެލްޓަން އަތުން ރަނގަޅު ކުޅުމެއް ދައްކައިގެން މޮޅުވެފަ އެވެ. މެޗުގެ ސެޓުތައް ދިޔައީ، 6-3 7-6 (7-2) 5-7 6-2 އިންނެވެ. މެޗުގެ އެންމެ މުހިންމު ވަގުުތުގައި، ޝެލްޓަންގެ ކިބައިގައި ޕްރެޝަރު މެޗުތަކުގެ ތަޖުރިބާ މަދުވުމުގެ ފައިދާ، ޒްވެރެވް ވަނީ ނަގައިފަ އެވެ. އަދި، މި އަހަރުގެ ފްރެންޗް އޯޕަން ފައިނަލުގައި ދެއްކި ފޯމު ޒްވެރެވް ވަނީ ތަކުރާރުކޮށްފަ އެވެ. 

Advertisement

އިޓަލީގެ ޖަނިކް ސިނާ އާއި ސްޕެއިނުގެ ކާލޯސް އަލްކަރާޒް، 2024 އިން ފެށިގެން ގްރޭންޑް ސްލޭމް މުބާރާތްތަކުގެ ތަށި ހޯދާފައިވާއިރު، އެ ދެ ކުޅުންތެރިންނަށް އަނިޔާ އާއި ފޯމު ދަށްވުމުގެ މައްސަލަ ދިމާވުމުގެ ފައިދާ ޒްވެރެވް މި ވަނީ ރަނގަޅަށް ނަގައިފަ އެވެ.

ޖަރުމަނުގެ ޓެނިސް ތަރި، އަލެކްސަންޑަ ޒެވްރެވް، ޔޫއެސް އޯޕަން ފައިނަލުގެ ތެރެއިން.
ޖަރުމަނުގެ ޓެނިސް ތަރި، އަލެކްސަންޑަ ޒެވްރެވް، ޔޫއެސް އޯޕަން ފައިނަލުގެ ތެރެއިން.

ފައިނަލުގައި ޒްވެރެވްއާ ދެކޮޅަށް ކުޅުނު ޝެލްޓަން ވަނީ، ޔޫއެސް އޯޕަން ކުއާޓާ ފައިނަލުގައި މިދިޔަ އަހަރުގެ ޔޫއެސް އޯޕަންގެ ޗެމްޕިއަން، އަލްކަރާޒް ބަލިކޮށްފަ އެވެ. މިއީ، އަލްކަރާޒްގެ އަތުގެ ކުޑަ ހުޅަށް ލިބުނު އަނިޔާ އަކުން ރިކަވާވެގެން ހަތަރު މަސް ތެރޭ ކުޅުނު ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތެވެ. 

ޝެލްޓަން، މި ފަހަރުގެ ޔޫއެސް އޯޕަންގައި އަމާޒުހިފައިގެން ހުރީ ތާރީހީ ކާމިޔާބަކަށެވެ. އެއީ، ތޭވީސް އަހަރު ތެރޭ ޔޫއެސް އޯޕަންގައި ފުރަތަމަ ފަހަރަށް އެމެރިކާ އަށް ނިސްބަތްވާ ކުޅުންތެރިއަކު ތަށި ހޯދުމަށެވެ. އެންމެ ފަހުން، 2003 ވަނަ އަހަރު އެމެރިކާގެ އެންޑީ ރޮޑިކް، ޔޫއެސް އޯޕަން ތަށި ހޯދިއިރު، ޝެލްޓަން އަށް އެއް އަހަރު ވެސް ނުފުރެ އެވެ. އެކަމަކު، ޝެލްޓަން އަށް ވެސް އެކަން ކާމިޔާބު ކުރެވޭ ގޮތެއް މި ފަހަރު ނުވި އެވެ. 

ޒްވެރެވް ވަނީ ޔޫއެސް އޯޕަންގެ ކާމިޔާބާ އެކު، ދުނިޔޭގެ ރޭންކިންގައި އެއް ވަނައިގައި އޮތް ސިނާއާ ދެމެދުގެ ޕޮއިންޓުގެ ފަރަގުކުޑަކޮށްފަ އެވެ. ޔޫއެސް އޯޕަން ފެށުމުގެ ކުރިން، ދުނިޔޭގެ ރޭންކިން އެއް ވަނައިގައި އޮތް ސިނާ އަށް 12،800 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ޒްވެރެވް އަށް ވަނީ 7790 ޕޮއިންޓް ލިބިފަ އެވެ. އަދި، ތިން ވަނައިގައި އޮތް އަލްކަރާޒަށް ވަނީ 7160 ޕޮއިންޓް ލިބިފަ އެެވެ. ޔޫއެސް އޯޕަންގެ ކާމިޔާބާ އެކު، ޒްވެރެވް އާއި ސިނާގެ ޕޮއިންޓުގެ ފަރަގު، 2000 ޕޮއިންޓަށް ކުޑަވާނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox