ފެރާން ދެ ގޯލު ޖަހައި ޕީއެސްޖީ ސަލާމަތްކޮށްދީފި

Aug 24, 2026, 10:43 AM
ރޭގެ މެޗުގައި ރެން ކޮޅަށް ލަނޑު ޖެހުމަށް ފަހު ފެރާން އުފާފާޅުކުރަނީ.

ރޭގެ މެޗުގައި ރެން ކޮޅަށް ލަނޑު ޖެހުމަށް ފަހު ފެރާން އުފާފާޅުކުރަނީ.

ރެން، ފްރާންސް (އޮގަސްޓް 24) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ ދޫކޮށް ޕީއެސްޖީ އަށް ބަދަލުވި ސްޕެއިންގެ ފޯވާޑް، ފެރާން ޓޮރޭސް ޖެހި ދެ ގޯލާ އެކު، 2-2 އިން ރެންއާ އެއްވަރުކޮށް ޕީއެސްޖީ ބަލިނުވެ ސަލާމަތްވެއްޖެ އެވެ. 

މި ފަހަރުގެ ސީޒަން ފެށިއިރު، ޔުއެފާ ސުޕަ ކަޕްގެ ޗެމްޕިއަންކަން އެސްޓަން ވިލާ ބަލިކޮށް ހޯދި ޕީއެސްޖީ ވަނީ ފްރެންޗް ސުޕަ ކަޕް ފައިނަލުގައި ލޯންސް އަތުން ބަލިވެފަ އެވެ. ފްރެންޗް ލީގުގެ އާ ސީޒަނުގެ ފުރަތަމަ މެޗުގައި ރޭ ރެން ދަނޑުގައި ފުރަތަަމަ ހާފު ނިމުނުއިރު، ޕީއެސްޖީ އޮތީ ދެ ގޯލު ފަހަތުގަ އެވެ. ނަތީޖާ ބަދަލުކުރަން ޕީއެސްޖީން ކުރި މަސައްަކަތުގައި އެ ޓީމުގެ ކޯޗު، ލުއިސް އެންރީކޭ ވަނީ ދެ ވަނަ ހާފަށް ފެރާން ކުޅެން އަރުވައިފަ އެވެ. 

ޕީއެސްޖީގެ ފަރާތުން ދަށް ކުޅުމެއް ފެނުނު މި މެޗުގައި ރެން އިން ވަނީ ނުވަ ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. މި ލަނޑު ޖެހީ، ސެބަސްޓިއަން ޒީމާންސްކީ އެވެ. މިދިޔަ ސީޒަނުގައި ފްރެންޗް ލީގުގެ ހަ ވަނައިގައި ނިންމި ރެން އިން ވަނީ މެޗުގެ 38 ވަނަ މިނިޓްގައި ދެ ވަނަ ލަނޑު ޖަަހައި ލީޑުފުޅާކޮށްފަ އެވެ. މި ލަނޑު ޖެހީ އެސްޓެބާން ލެޕޯލް އެވެ. 

ދެ ވަނަ ހާފަށް ޕީއެސްޖީން ފެރާން ކުޅެން އެރުވީ އޮސްމާން ޑެމްބެލޭގެ ބަދަލުގަ އެވެ. ފެރާން، ފުރަތަމަ ލަނޑު ޖެހީ 71 ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ފަބިއަން ރުއިޒް އެވެ. އަދި، މެޗުުގެ 82 ވަނަ މިނިޓްގައި، ޕީއެސްޖީ އަށް އެއްވަަރުކޮށްދިން ލަނޑު ފެރާން ކާމިޔާބުކުރީ ވެސް ފަބިއަން ރުއިޒް ދިން ބޯޅައަކުންނެވެ. 

އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ޖޫން/ޖުލައިގައި ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިިއިރު، ފައިނަލް މެޗުގައި އާޖެންޓީނާ ކޮޅަށް ސްޕެއިންގެ ހަމައެކަނި ލަނޑު އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި ކާމިޔާބުކުރީ ފެރާން އެވެ. ކުރިން މެންޗެސްޓާ ސިޓީ އާއި ވެލެންސިއާ އަށް ވެސް ކުޅުނު ފެރާން، ޕީއެސްޖީ އަށް ބަދަލުވި ޑީލް 55 މިލިއަން ޑޮލަރަށް އަރަ އެވެ. 

ޕީއެސްޖީން ފެރާން ގަތީ އެ ޓީމަށް ކުޅެމުންދިޔަ ޕޯޗުގަލްގެ ފޯވާޑް، ގޮންޒާލޯ ރާމޯސް، އިޓަލީގެ އޭސީ މިލާނަށް ދިއުމުންނެވެ. ޕީއެސްޖީން މަސައްކަތް ފަށާފައި މި ވަނީ، ޖެހިޖެހިގެން ހަ ވަނަ ފަހަރަށް ފްރެންޗް ލީގުގެ ޗެމްޕިއަންކަން ހޯދުމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ވެސް ވާދަކުރާ ގޮތަށް ސައުދީގައި އޮތް އައިމެގް ފަސްކޮށްފި

ސައުދީ އަރަބިއްޔާގައި މިއަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ތާވަލުކުރި "އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސް" (އައިމެގް)، ލޮޖިސްޓިކްސް އަދި ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރުގެ މާޗް މަހަށް ފަސްކޮށްފި. ޖުމްލަ އެކު، 45 ގައުމަކުން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބިލިއާޑް އަދި ޗެސްގެ ކުޅުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައި

ހާލަތު ބަދަލުކުރަން ކެރިކަށް ޔުނައިޓެޑުން ފަހު ފުރުސަތު ދީފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމާ ގުޅިގެން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކުރަން އުޅުމަށްފަހު، ޓީމުގެ ހާލަތު ރަނގަޅުކުރުމަށް އޭނާއަށް ފަހު ފުރުސަތެއް ދޭން އެ ކްލަބުން ނިންމައިފި. މި ސީޒަނުގައި ކުޅުނު 12 މެޗުން އެންމެ ދެ މެޗުން މޮޅުވެފައިވާއިރު، މިއީ ފާއިތުވި 40 އަހަރު ތެރޭގައި އެ ޓީމުން ސީޒަނެއް މިހާ ދަށްކޮށް ފެށި ފުރަތަމަ ފަހަރު.

ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް އިން އާސެނަލް ކަޓުވާލައިފި

އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ބުރުގައި ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް ޓައުން އިން އާސެނަލް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި. މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވުމުން، ފްލީޓްވުޑް މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-3 ގެ ނަތީޖާއަކުން

ފަސް ބަދަލަކާ އެކު ގައުމީ ފުޓްސަލް ޓީމު އެކުލަވާލައިފި

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް، ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށް ފަސް ބަދަލެއް ގެނައުމަށްފަހު ގައުމީ ފުޓްސަލް ސްކޮޑު އެކުލަވާލައިފި. ކޯޗު ފާރޫކް ޒަކީރޯވްގެ އިރުޝާދުގެ ދަށުން ކުޅޭ މި ޓީމުގެ ކެޕްޓަނަކީ މުހައްމަދު އިމްރާން (އިންމި).

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

Newsletter

Get the latest news delivered straight to your inbox