ޒިދާންގެ ކުރީގެ ކްލަބް ފްރާންސްގެ ބޯޑޯ ބަނގުރޫޓްވެ ހާލަތު ގޯހުން ގޯހަށް

Aug 15, 2026, 12:06 PM
ފްރާންސްގެ ފުޓްބޯޅައިގެ ހާއްސަ ދުވަހެއް ފާހަގަކުރުމަށް 2024 ވަނަ އަހަރު ކުޅުނު ޗެރިޓީ މެޗެއްގައި ބޯޑޯ ލެޖެންޑުންގެ ޓީމަށް ޒިދާން ކުޅެނީ.

ފްރާންސްގެ ފުޓްބޯޅައިގެ ހާއްސަ ދުވަހެއް ފާހަގަކުރުމަށް 2024 ވަނަ އަހަރު ކުޅުނު ޗެރިޓީ މެޗެއްގައި ބޯޑޯ ލެޖެންޑުންގެ ޓީމަށް ޒިދާން ކުޅެނީ.

ޕެރިސް (އޮގަސްޓް 15) - ފްރާންސް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާ ދާދި ފަހުން ހަވާލުވި ޒިނެދިން ޒިދާންގެ ކެރިއަރުގައި ކުރިން ކުޅުނު ޓީމެއް ކަމަށްވާ ފްރާންސްގެ ބޯޑޯ، ބަނގުރޫޓުވުމުގެ އިތުރުން ހާލަތު އިތުރަށް ގޯހުން ގޯހަށް ގޮސްފި އެވެ. 

ފްރާންސްގެ ވަރުގަދަ ކްލަބެއް ކަމަށްވާ ބޯޑޯ އިން އެ ކްލަބްގެ މާލީ ހާލަތު އިންތިހާ އަށް ދަށަށް ގޮސް، ކްލަބް ހިންގާނެ ފަރާތެއް ހޯދުމަށް ކުރި މަސައްކަތް ވެސް ކާމިޔާބުނުވުމުން، ކްލަބް ބަނގުރޫޓްވެފައިވާ ހާލަތު އިއުލާނުކުރީ މީގެ ދެ އަހަރު ކުރިންނެވެ.

ބޯޑޯގެ މާލީ ހާލަތު ރަނގަޅުކޮށް، ކްލަބް ހިންގޭތޯ އެންމެ ފަހުން މަޝްވަރާކުރީ، ލިވަޕޫލް ހިންގަމުން އަންނަ، ފެންވޭ ސްޕޯޓްސް ގްރޫޕް (އެފްއެސްޖީ)އާ އެވެ. އެކަމަކު، އެފްއެސްޖީން އެ ޑީލް ކުރިއަށް ނުގެންދަން ނިންމުމުން، 105 އަހަރަށް ވުރެން ދިގު މުއްދަތެއް ވެފައިވާ ކްލަބް، ބޯޑޯ އިން އިތުރު ގޮތެއް ނެތިގެން ޕްރޮފެޝަނަލްކޮށް ކްލަބް ހިންގެން ނެތްކަން އިއުލާނުކުރީ އެވެ.

ފްރާންސްގެ ވަރުގަދަ ކްލަބް ބޯޑޯ ބަނގުރޫޓުވެއްޖެ

ފްރާންސްގެ ވަރުގަދަ ކްލަބް، ބޯޑޯ އިން އެ ކްލަބްގެ މާލީ ހާލަތު އިންތިހާ އަށް ދަށަށް ގޮސް، ކްލަބް ހިންގާނެ ފަރާތެއް ހޯދުމަށް ކުރި މަސައްކަތް ވެސް ކާމިޔާބުނުވުމުން، ކްލަބް ބަނގުރޫޓްވެފައިވާ ހާލަތު ވަނީ އިއުލާނުކޮށްފައި.

ބޯޑޯ. އެ ފަހަރު ވަނީ، ފްރެންޗް ފުޓްބޯލް ފެޑެރޭޝަނުން، ލީގު 2 އިން ތިން ވަނަ ޑިވިޝަން (ނެޝަނަލް 1) އަށް ރެލިގޭޓްވެފަ އެވެ. އޭގެ ފަހުން ވެސް އެ ކްލަބްގެ ހާލަތު ބަދަލެއް ނުވި އެވެ. ހަ ފަހަރު، ފްރާންސްގެ ޗެމްޕިއަންކަން ހޯދާފައިވާ ބޯޑޯ މި ސީޒަނުގައި ހަތަރު ވަނަ ޑިވިޝަނުގައި ވާދަކުރަން ޖެހޭ ގޮތަށް ކުރިން އޮތް ނަމަވެސް، އެ ކްލަބްގެ މާލީ މައްސަލަތަކަށް އެއްވެސް ކުރިއެރުމެއް ނާންނާތީވެ، ފްރާންސްގެ ނެޝަނަލް އޮލިމްޕިކް އެންޑް ސްޕޯޓްސް ކޮމިޓީ (ސީއެންއޯއެސްއެފް) އިން ނިންމާފައިވަނީ ރަސްމީ އެއްވެސް ލީގަކުން އެ ޓީމަށް ފުރުސަަތު ނުދޭށެވެ. 

މާނަ އަކީ، މިހާރު އޮތް ގޮތަށް ކުރިއަށްގޮސްފިނަަމަ، ބޯޑޯ ދެން، ފެންނާނީ ފްރާންސްގެ ހަ ވަނަ ޑިވިޝަނުންނެވެ. މި މަހު 22 ވަނަ ދުވަހު ފްރާންސްގެ ހަތަރު ވަނަ ޑިވިޝަން ފެށުމުގެ ކުރިން، ބޯޑޯ އިން ސީއެންއޯއެސްއެފްގެ ނިންމުމަށް އެޕީލްކޮށް މާލީ ހާލަތަށް ބަދަލެއް ގެނެސްފިނަަމަ، އެ ޓީމަށް ހަތަރު ވަނަ ޑިވިޝަނުގައި ކުޅުމުގެ ފުރުސަތު އެބައޮތެވެ. 

މާލީ ގޮތުން، މި ވަގުތު އޮތް ދަތި ހާލަތުން އަރައިގަންނަން، ބޯޑޯ އަށް ބޭނުންވަނީ، 12 މިލިއަން ޑޮލަރު ކަމަށް ރިޕޯޓްތައް ބުނެ އެވެ. 

ބޯޑޯ އަކީ އެ ގައުމުގެ ފުޓްބޯޅަ ލެޖެންޑް، ޒިދާން އާއި ބިސެންޓޭ ލިޒަރާޒޫ ފަދަ ކުޅުންތެރިން ކުޅެފައިވާ ޓީމެކެވެ. އަދި ފަހުގެ ކުުޅުންތެރިންނަށް ބަލާއިރު، ބާސެލޯނާގެ ޖޫލްސް ކޫންޑޭ އާއި ރެއާލް މެޑްރިޑްގެ އައުރެލިއަން ޗުއަމެނީ ވެސް ވަނީ ބޯޑޯ އަށް ކުޅެފަ އެވެ.

ޒިދާން، ބޯޑޯ އަށް ކުޅުނީ 1992 އިން 1996 އަށެވެ. މީގެ ދެ އަހަރު ކުރިން، ޗެރިޓީ މެޗެއްގައި ބޯޑޯގެ ލެޖެންޑުންގެ ޓީމަށް ވެސް ޒިދާން ވަނީ ކުޅެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox