ބައްޕަ އަކަށް ވި ފަހުން ހާލަންޑް ތަފާތުވެއްޖެ: މަރެސްކާ

Sep 8, 2026, 12:23 PM
މެންޗެސްޓާ ސިޓީ އާއި ފުލަމް ކުޅުނު މެޗެއްގެ ތެރެއިން ހާލަންޑް (ކ) ފުލަމްގެ ކެއަނީގެ ދަރިފުޅާ އެކު

މެންޗެސްޓާ ސިޓީ އާއި ފުލަމް ކުޅުނު މެޗެއްގެ ތެރެއިން ހާލަންޑް (ކ) ފުލަމްގެ ކެއަނީގެ ދަރިފުޅާ އެކު

މެންޗެސްޓާ (ސެޕްޓެމްބަރު 8) - މެންޗެސްޓާ ސިޓީގެ ފޯވާޑް، އާލިން ބްރައުޓް ހާލަންޑް، ބައްޕަ އަކަށް ވި ފަހުން ތަފާތުވެފައިވާ ކަމަށް އެ ޓީމުގެ ކޯޗުކަމާ ހަވާލުވެހުރި އެންޒޯ މަރެސްކާ ބުނެފި އެވެ. 

ހާލަންޑަށް ދަރިއަކު ލިބުނުކަން މީޑިއާގައި ހާމަކުރީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އޭރު އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ އެވެ. 

ޔުއެފާ ޗެމްޕިއަންސް ލީގުގެ އާ ސީޒަނުގައި މެންޗެސްޓާ ސިޓީން ކުޅޭ ފުރަތަމަ މެޗުގައި ޕޯޓޯއާ ދެކޮޅަށް ނުކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މަރެސްކާ ބުނީ، ފުޓްބޯޅައިގައި ހާލަންޑްގެ ހުނަރު ވަރަށް ފުރިހަމަ އަށް ކުރިއަރަމުން ގޮސް އަމިއްލަ ދިރިއުޅުމުގައި ޒިންމާދާރުކަން އިތުރުކުރަން ލިބިގެންދިޔަ ފުރުސަތަކީ، ބައްޕަ އަކަށް ވީ ފަހުން އައި ކަމެއް ކަމަށެވެ. 

މި ސީޒަނުގައި ސިޓިގެ މެޗެއްގެ ތެރެއިން ހާލަންޑް
މި ސީޒަނުގައި ސިޓިގެ މެޗެއްގެ ތެރެއިން ހާލަންޑް

"މިހާރު އޭނާ އަކީ ފިރިހެނެއްގެ އިތުރުން ބައްޕައެއް. މި ތަނަށް (މެންޗެސްޓާ ސިޓީ އަށް) އައިއިރު އޭނަ އަކީ ބައްޕައެއް ނޫން. މިހާރު އޭނާގެ ދިރިއުޅުން ވަރަށް ބަދަލުވެއްޖެ. ދިރިއުޅުމުގައި ކަންކަން ނިންމުމުގެ ޕްރިއޯރިޓީ ބަދަލުވެއްޖެ. އަހަރެން އޭނަ އަށް ޓަކައި ވަރަށް އުފާކުރަން. މިހާރު، ހާލަންޑް ފެންނަނީ ވަރަށް ޒިންމާދާރުކޮށް،" މި ސީޒަނުގައި ކުޅުނު ފުރަތަމަ ތިން މެޗުން ތިން ގޯލު ޖެހި ހާލަންޑާ ބެހޭގޮތުން މަރެސްކާ ބުންޏެވެ. 

"އާއިލާ އަކަށް ޓަކައި މަސައްކަތް ކުރަމުން ހިތްހަަމަ ޖެހިގެން ހުރެ މިހާރު އެ ކުޅެނީ،" 

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން މެންޗެސްޓާ ސިޓީން ކުޅުނު މެޗުގައި ކަވެންޓްރީ ސިޓީ ބަލިކުރަން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުުކުރީ ހާލަންޑް އެވެ. އެއީ، ހާލަންޑަށް ތާރީހީ ގޯލެކެވެ. އެއީ، ކްލަބް ކެރިއަރުގައި ހާލަންޑް ޖެހި 300 ވަނަ ގޯލެވެ. 

ކްލަބް ކެރިއަރުގައި ހާލަންޑް ޖެހި ގޯލުތަކުގެ ތަފްސީލަށް ބަލާއިރު، ނޯވޭގެ މޯލްޑާ އަށް އޭނާ ވަނީ 50 މެޗުން 20 ލަނޑު ޖަހައިފަ އެވެ. އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގަށް 27 މެޗުން 29 ލަނޑު ޖެހިއިރު، ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް 89 މެޗުން 86 ލަނޑު ޖެހި އެވެ. އަދި، މިހާރު ކުޅެމުން އަންނަ އިންގްލެންޑްގެ މެންޗެސްޓާ ސިޓީ އަށް 202 މެޗުން 165 ލަނޑު ޖަހާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox