ސިއްހީ ހާލަތެއް ދިމާވެ ދަނޑުމައްޗަށް ވެއްޓުނު މުސިއާލާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ބަޔާނުން ބުނެފި

Aug 17, 2026, 12:46 PM
ރޭގެ މެޗުގައި މުސިއާލާ އަށް ސިއްހީ ހާލަތެއް ކުރިމަތިވި ވަގުތު ސައިބާރީ އެހީތެރިކަން ފޯރުކޮށްދެނީ.

ރޭގެ މެޗުގައި މުސިއާލާ އަށް ސިއްހީ ހާލަތެއް ކުރިމަތިވި ވަގުތު ސައިބާރީ އެހީތެރިކަން ފޯރުކޮށްދެނީ.

މިއުނިކް (އޮގަސްޓް 17) - ސިއްހީ ކުއްލި ހާލަތެއް ދިމާވެގެން ދަނޑުމައްޗަށް ވެއްޓުނު ބަޔާން މިއުނިކްގެ މިޑްފީލްޑަރު، ޖަމާލް މުސިއާލާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް ބަޔާން މިއުނިކުން ބުނެފި އެވެ. 

ބަޔާނުން ރޭ 3-1 އިން އާރްބީ ލައިޕްޒިގު އަތުން މޮޅުވި މެޗުގައި، އުމުރުން 23 އަހަރުގެ މުސިއާލާ ކުޅެން އެރީ 15 މިނިޓަށެވެ. އޭނާ ވަނީ މެޗުގައި ބަޔާނަށް ގޯލެއް ވެސް ކާމިޔާބުކޮށްދީފަ އެވެ. ގޯލު ޖެހިތާ މާ ލަސްތަކެއް ނުވެ، މުސިއާލާގެ ބޮލަށް އެނބުރުން އައި، ދަނޑު މައްޗަށް ވެއްޓެން ދިޔަ ގަނޑީގައި އޭނާ ހިފެހެއްޓީ، މި ފަހަރުގެ ސީޒަނުގައި ބަޔާނަށް ބަދަލުވި މޮރޮކޯގެ ފޯވާޑް، އިސްމާއިލް ސައިބާރީ އެވެ. ދަނޑުމަތީގައި ބާއްވައިގެން މުސިއާލާ އަށް ކުއްލި ފަރުވާ ދިންއިރު، ފަހުން، އޭނާ ދަނޑުން ފޭބީ މެޑިކަލް އޮފިޝަލުންގެ އެހީގައި އަމިއްލަ އަށް ހިނގައިފައި ގޮހެވެ. 

ބަޔާންގެ ސްޕޯޓިން ޑިރެކްޓަރު، މެކްސް އާބެލް ބުނީ، އެންމެ މުހިންމު ކަމަކީ މި ވަަގުތު އޭނާގެ ހާލު ރަނގަޅުވަމުން އައުން ކަމަށެވެ. ދެން، ހުރި ކަންކަމުގެ ވާހަކަ މި ވަގުތު ދެއްކުމަށް ވުރެން ކަންކަން ރަނގަޅަށް ދެނެގަތުން މުހިންމު ކަމަށް ދެކޭ ކަމަށް އާބެލް ވަނީ ބުނެފަ އެވެ. 

ޖަރުމަނު ނޫހެއް ކަމަށްވާ ބިލްޑް އިން ރިޕޯޓްކުރާ ގޮތުގައި މުސިއާލާ އަށް ދިމާވީ ހީޓް ސްޓްރޯކަކާ ގުޅުން ހުރި މައްސަލަ އެކެވެ. އެއީ، އިއްޔެ މެޗު ކުޅުނުއިރު، 33 ޑިގްރީ ސެލްސިއަސްގައި ހޫނުމިން ހުރިއިރު، މުސިއާލާ އަށް މެޗުގެ އެ ވަގުތުގައި ކުރިއަށް ދިއުމުގައި އުނދަގޫތަކެއް ދިމާވީ ކަމަށް އެ ރިޕޯޓްގައިވެ އެވެ. 

ބަޔާނުން ވަނީ، މުސިއާލާ އަށް ދިމާވި މައްސަލައިގެ ފުލް މެޑިކަލް ރިޕޯޓެއް ތައްޔާރުކުރަން ނިންމައިފަ އެވެ.

އިނގިރޭސި ޔޫތު ގައުމީ ޓީމުތަކަށް ކުރިން ކުޅުނު މުސިއާލާ، ޖަރުމަނަށް ބަދަލުވެ، ބަޔާނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، ފާއިތުވި ދެ އަހަރަކީ އަނިޔާގެ ސަަބަބުން އޭނާ އަށް ގިނަ ކަންތައްތަކެއް ދިމާވި މުއްދަތެކެވެ.

އެ ގޮތުން، މިދިޔަ އަހަރުގެ ފީފާ ކްލަބް ވޯލްޑް ކަޕްގެ ތެރެއިން މުސިއާލާގެ ފައިގެ ކުޑަ ހުޅަށް ސީރިއަސް އަނިޔާއެއް ދިމާވެގެން، އޮޕަރޭޝަނެއް ކުރުމަށް ފަހު، ރިކަވާވެގެން ކުޅުމަށް އެނބުރި އައީ މި އަހަރުގެ ޖެނުއަރީ މަހު އެވެ.  އެކަމަކު، ފަހުން ވެސް ފަޔަށް އަނިޔާގެ އިތުރު މައްސަލަ ދިމާވެގެން ކުޅުމާ ދުރުގައި މަޑުކުރަން ޖެހުނެވެ. އަލުން ފިޓްނަސް ރަނގަޅުކޮށް، މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގައި ވާދަކުރި ޖަރުމަނު ޓީމުގައި ހިމެނި މެޗުތަކުގައި ވެސް ކުޅުނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ވެސް ވާދަކުރާ ގޮތަށް ސައުދީގައި އޮތް އައިމެގް ފަސްކޮށްފި

ސައުދީ އަރަބިއްޔާގައި މިއަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ތާވަލުކުރި "އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސް" (އައިމެގް)، ލޮޖިސްޓިކްސް އަދި ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރުގެ މާޗް މަހަށް ފަސްކޮށްފި. ޖުމްލަ އެކު، 45 ގައުމަކުން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބިލިއާޑް އަދި ޗެސްގެ ކުޅުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައި

ހާލަތު ބަދަލުކުރަން ކެރިކަށް ޔުނައިޓެޑުން ފަހު ފުރުސަތު ދީފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމާ ގުޅިގެން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކުރަން އުޅުމަށްފަހު، ޓީމުގެ ހާލަތު ރަނގަޅުކުރުމަށް އޭނާއަށް ފަހު ފުރުސަތެއް ދޭން އެ ކްލަބުން ނިންމައިފި. މި ސީޒަނުގައި ކުޅުނު 12 މެޗުން އެންމެ ދެ މެޗުން މޮޅުވެފައިވާއިރު، މިއީ ފާއިތުވި 40 އަހަރު ތެރޭގައި އެ ޓީމުން ސީޒަނެއް މިހާ ދަށްކޮށް ފެށި ފުރަތަމަ ފަހަރު.

ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް އިން އާސެނަލް ކަޓުވާލައިފި

އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ބުރުގައި ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް ޓައުން އިން އާސެނަލް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި. މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވުމުން، ފްލީޓްވުޑް މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-3 ގެ ނަތީޖާއަކުން

ފަސް ބަދަލަކާ އެކު ގައުމީ ފުޓްސަލް ޓީމު އެކުލަވާލައިފި

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް، ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށް ފަސް ބަދަލެއް ގެނައުމަށްފަހު ގައުމީ ފުޓްސަލް ސްކޮޑު އެކުލަވާލައިފި. ކޯޗު ފާރޫކް ޒަކީރޯވްގެ އިރުޝާދުގެ ދަށުން ކުޅޭ މި ޓީމުގެ ކެޕްޓަނަކީ މުހައްމަދު އިމްރާން (އިންމި).

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

Newsletter

Get the latest news delivered straight to your inbox