ރިޔާސީ މައާފު ބާތިލްކޮށް، އެނބުރި ޖަލަށް ދާންޖެހުމުން ހަރުކަށި ހާމުދުރު ގެއްލިއްޖެ

Sep 14, 2026, 9:00 AM
ގަލަގޮޑައައްތޭ ޏާނަސާރަ

ގަލަގޮޑައައްތޭ ޏާނަސާރަ

ސްރީލަންކާގެ ހަރުކަށި ހާމުދުރު ގަލަގޮޑައައްތޭ ޏާނަސާރާ އަށް ދީފައި އޮތް ރިޔާސީ އާފޫއާންމު ބާތިލްކޮށް، އެނބުރި ޖަލަށް ދާންޖެހުމުން ވީނުވީއެއް ނޭނގި އޭނާ ގެއްލިއްޖެ އެވެ. 

ޏާނަސާރާ އަށް 2019 ވަނަ އަހަރު ދީފައިވާ ރިޔާސީ އަފޫއާންމު ސުޕްރީމް ކޯޓުން ބާތިލުކުރުމާ ގުޅިގެން ޖަލު ހުކުމުގެ ބާކީބައި ފުރިހަމަކުރުމަށް އޭނާ ހޯދުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެ ހާމުދުރުގެ ފައްޅިއަށް ޖަލުގެ އޮފިސަރުން ގޮސް، އޭނާ އަނބުރާ ޖަލަށް ގެންދިއުމަށް މަސައްކަތްކުރުމުން އެހެން ހާމުދުރުން ބުނީ އޭނާ ވީތަނެއް ނޭނގޭ ބުނެފައިވާ ކަމަށް ލަންކާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ. 

ކުރީގެ ރައީސް މައިތުރިޕާލާ ސިރިސޭނާ 2019 ގެ މެއި މަހު އޭނާއަށް ރިޔާސީ މައާފެއް ދެއްވީ ހަ އަހަރުގެ ޖަލު ހުކުމަކުން އެންމެ ނުވަ މަސް ދުވަސް ހޭދަކުރުމަށްފަހު އެވެ. ނަމަވެސް، އެ ރިޔާސީ މައާފަކީ ގާނޫނާ ހިލާފު އަދި އާންމު އިތުބާރާއި އަދުލުއިންސާފުގެ ހަމަތަކާ ހިލާފަށް ދީފައިވާ އެއްޗެއްކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުން ވަނީ އެ ނިންމުން ބާތިލުކޮށްފައެވެ.

ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި 2018 ވަނަ އަހަރު ޏާނަސާރާއަށް މި ހުކުމް އިއްވާފައިވަނީ 2010 ވަނަ އަހަރު ގެއްލުނު ނޫސްވެރިޔާ އަދި ކުރެހުންތެރިޔާ ޕްރަގީތު އެކްނަލިގޮޑާގެ އަނބިކަނބަލުން ސަންޔާ އެކްނަލިގޮޑާއަށް ބިރުދެއްކި މައްސަލައިގައެވެ.

އެ ހާދިސާ ހިނގާފައިވަނީ ޕްރަގީތު ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ އަސްކަރީ އިންޓެލިޖެންސް އޮފިސަރުންގެ ދިފާއުގައި ވާހަކަދެއްކުމަށް ޏާނަސާރާ ކޯޓުގެ އަޑުއެހުމެއް މެދުކަނޑާލުމަށްފަހު ވަދެގަތް  ވަގުތުގަ އެވެ.

ސްރީލަންކާގެ ތާރީހުގައި ހާމުދުރެއްގެ މައްޗަށް ކުށް ސާބިތުވެ ޖަލު ހުކުމެއް އައުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. ރާޖަޕަކްސަ އާއި އޭނާގެ ކޮއްކޮ ގޮތާބަޔާ ރާޖަޕަކްސަގެ ވަރުގަދަ ސަޕޯޓަރެއް ކަމަށްވާ ޏާނަސާރާގެ މައްޗަށް އިސްލާމްދީނަށް ފުރައްސާރަކޮށް ދީނީ ނަފުރަތު އުފެއްދި މައްސަލައިގައި 2025 ވަނަ އަހަރު ވެސް ވަނީ ނުވަ މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox