ކޮރަޕްޝަންގެ މައްސަލައެއްގައި ނަމާލް ރާޖަޕަކްސަ ހައްޔަރުކޮށްފި

Sep 4, 2026, 5:01 PM
ނަމާލް ރާޖަޕަކްސަ: ބައްޕާފުޅު މަހިންދައަށް ވެސް ރިޝްވަތުގެ ފައިސާ ލިބިވަޑައިގެންނެވި ކަމަށް ތުހުމަތު ކުރެވޭ -- ފޮޓޯ: އެކްސް

ނަމާލް ރާޖަޕަކްސަ: ބައްޕާފުޅު މަހިންދައަށް ވެސް ރިޝްވަތުގެ ފައިސާ ލިބިވަޑައިގެންނެވި ކަމަށް ތުހުމަތު ކުރެވޭ -- ފޮޓޯ: އެކްސް

ސްރީ ލަންކާގެ ސަރުކާރަށް މަތިންދާބޯޓެއް ގަންނަން އުޅުމުގައި ހިންގި ކަމަށް ބުނާ ކޮރަޕްޝަންގެ މައްސަލައެއްގައި އެ ގައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނަމާލް ރާޖަޕަކްސަ މިއަދު ހައްޔަރުކޮށްފި އެވެ. 

ނަމާލް ހައްޔަރު ކުރީ ކޮރަޕްޝަނުގެ މައްސަލަތައް ބަލަން އޮންނަ މުސްތަގިއްލު ކޮމިޝަނުންނެވެ. މިއަދުގެ ވަގުތެއްގައި އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރަން ކޯޓަކަށް ގެންދާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. 

ނަމާލް ހައްޔަރު ކުރީ އެއާބަސްއާއެކު 2013 ވަނަ އަހަރު ހެދި 2.3 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގެ މައްސަލައިގަ އެވެ. ނަމަވެސް އޭގެ ފަހުން 2016 ވަނަ އަހަރު ސަރުކާރު ބަދަލުވި ފަހުން އެ އެއްބަސްވުން ވަނީ ބާތިލްކޮށްފަ އެވެ. 

Advertisement

އެ ޕްރޮޖެކްޓުގައި ސޮއި ކުރީ ރިޝްވަތުގެ ގޮތުގައި އެއާބަސް އިން ސްރީ ލަންކާގެ ބައެއް އޮފިޝަލުންނަށް ފައިސާ ހަމަޖައްސައިގެންނެވެ. ފައިސާ ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ނަމާލްގެ އިތުރުން ބައްޕާފުޅު އަދި އެއިރުގެ ރައީސް މަހިންދަ ވެސް ހިމެނިވަޑައިގަންނަވާ ކަމަށް ތުހުމަތު ކުރެވެ އެވެ. 

ކޮރަޕްޝަންގެ ތުހުމަތުތައް ރާޖަޕަކްސަގެ އާއިލާއިން ދޮގު ކުރެ އެވެ. ނަމަވެސް، މަހިންދައަށް އޭނާގެ އަތުން ބައި މިލިއަނެއްހާ ޑޮލަރު ދީފައިވާނެ ކަމަށް ސްރީ ލަންކަން އެއާލައިންސްގެ ކުރީގެ ޗީފް އެގްޒެކެޓިވް ކަޕީލާ ޗަންދްރަސޭނާ މިދިޔަ މާޗް މަހު ވަނީ ވިދާޅުވެފަ އެވެ. 

ޗަންދްރަސޭނާގެ އިއުތިރާފަށްފަހު ދެ ވަނަ ފަހަރަކަށް ހައްޔަރު ކުރުމުގެ ކުރިން މެއި މަހުގެ ތެރޭގައި އޭނާ ވަނީ މަރުވެފައި އޮއްވާ ފެނިފަ އެވެ. އޭނާ މަރުވީ އާއިލީ މީހެއްގެ ގޭގައި ހުއްޓަ އެވެ. ޗަންދްރަސޭނާ މަރުވި ސަބަބު މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. 

އެއާބަސްއާއެކު ސްރީ ލަންކާއިން އެއްބަސްވުމެއް ހެދީ 10 މަތިންދާބޯޓު ގަތުމަށެވެ. އެ އެއްބަސްވުމުގައި ސޮއި ކުރުމަށްޓަކައި ރިޝްވަތުގެ ގޮތުގައި ގާތްގަނޑަކަށް 16 މިލިއަން ޑޮލަރު ދިނުމަށް އެއާބަސް އިން އެއްބަސްވިކަން އެމެރިކާ، ފްރާންސް އަދި އިނގިރޭސިވިލާތުން ކުރި ތަހުގީގަކުން ވަނީ ހާމަވެފަ އެވެ. 

އެކަންތައްގަނޑު ފަޅާއެރީ، ރިޝްވަތުގެ ގޮތުގައި އެއާބަސް އިން ދޭން އެއްބަސްވި 16 މިލިއަން ޑޮލަރުގެ ތެރެއިން 1.7 މިލިއަން ޑޮލަރު ޗަންދްރަސޭނާއަށް ލިބުނު ފަހުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގައުމިއްޔަތު މާއްދާގެ ފޮތްތަކަށް ބައެއް ބަދަލު ގެންނަނީ

ސްކޫލްތަކުގައި ކިޔަވައިދޭ ގައުމިއްޔަތު މާއްދާގެ ތެރެއަށް ކާބަފައިންގެ ރިވެތި އަހުލާގާއި ސުލޫކު ހިމެނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި. މި ބަދަލުތައް ގެންނަނީ "ބިންގާ" ޕްރޮގްރާމުން ލިބުނު ތަޖުރިބާގެ އަލީގައި ކަމަށާއި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މާއްދާގެ ފޮތްތަކަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެ ހިއްކަން ހަރަދު ވާނީ 330 މިލިއަން ޑޮލަރު: މުއްތަލިބު

ރަސްމާލެ މަޝްރޫއަށް ކުރިން އަންދާޒާކުރި 500-700 މިލިއަން ޑޮލަރުގެ ބަދަލުގައި، މިހާރު މުޅި މަޝްރޫއަށް ހަރަދުވާނީ 330 މިލިއަން ޑޮލަރު ކަމަށް މުއްތަލިބު ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ މި އަގު ކުޑަކުރެވުނީ ޑްރެޖަރު ޗާޓަރުކޮށްގެން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް މަސައްކަތް ކުރިއަށްގެންދާތީ ކަމަށް.

ރަސްމާލެ މަޝްރޫއަށް ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ: އަލިމަނިކު

ރަސްމާލެ މަޝްރޫއުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ކުރިމަތިވެދާނެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އެ މަޝްރޫއު ކުރިއަށްގެންދިއުމާ މެދު އާންމު ވޯޓަކުން ރައްޔިތުންގެ ރުހުން ހޯދުމަށް އިޖުތިމާއީ ހިދުމަތްތެރިޔާ އަހުމަދު އަލިމަނިކު ގޮވާލައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ބޮޑު މަޝްރޫއެއް މަދު ބަޔަކު ނިންމުމުގެ ބަދަލުގައި، ގިނަ ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ނިންމުމަކީ މުސްތަގުބަލަށްޓަކައި މުހިންމު ކަމެއް ކަމަށެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

ޗާގޯސް ކޮމިޝަންގެ ރައީސާއި އިތުރު މެންބަރަކު ބަދަލުކޮށްފި

ޗާގޯސް މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނަށް އަށް ދުވަސް ނުވަނީސް، އޭގެ ރައީސާއި އިތުރު މެންބަރަކު ރައީސުލްޖުމްހޫރިއްޔާ މިއަދު ބަދަލުކުރައްވައިފި. މިގޮތުން ކޮމިޝަނުގެ އާ ރައީސަކަށް އަބްދުލްއަޒީޒު ޔޫސުފް އައްޔަންކުރައްވާފައިވާއިރު، ތިން މަސް ދުވަހުގެ ތެރޭގައި ތަހުގީގު ނިންމުމަށް އެ ކޮމިޝަނަށް ވަނީ މުއްދަތު ދެއްވާފަ.

ދިވެހިން ހިއްސާވާ ރިސޯޓުތައް ތަރައްގީ ކުރަން ކުންފުންޏެއް

މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ 10 ރިސޯޓުން ލިބޭ ފައިދާ، ގާނޫނަކުން ކަނޑައެޅޭ އުސޫލެއްގެ މަތިން ކޮންމެ ދިވެހި ރައްޔިތެއްގެ ބޭންކް އެކައުންޓަށް ބޭރު ފައިސާއިން އަހަރަކު އެއްފަހަރު ޖަމާކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ބަހުސްކުރާނެ މެންބަރަކު ނުވެގެން ބަޖެޓު ޖަލްސާ ނިންމާލައިފި

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސްކުރާނެ އިތުރު މެންބަރަކު ނެތުމުން، ދޮޅު ގަޑިއިރަށް ފަހު މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ ނިންމާލާފަ. ރިޔާސަތުން ވަނީ ބަޖެޓު ބަހުސް ވަކި ތާރީޚަކަށް ނިންމަންޖެހޭތީ، ފަހު ވަގުތަށް މަޑުނުކޮށް މެންބަރުން ވާހަކަދެއްކެވުމަށް ބާރުއަޅުއްވާފަ.

Newsletter

Get the latest news delivered straight to your inbox