ދަރިވަރުންނަށް ރާއްޖެ އިސްލާމް ވީދުވަސް ބުނެދިނުން، މުހިންމު ފިލާވަޅެއް

ކުޑަފަރީގައި ބުނާކުރި އާ މިސްކިތް. -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ކުޑަފަރީގައި ބުނާކުރި އާ މިސްކިތް. -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ގިނަ ދަރިވަރުން އަބަދުވެސް ތިބެނީ މަޢުލޫމާތު ހޯދުމަށް ދަހިވެތިވެފައެވެ. ޚާއްޞަކޮށް ތާރީޚީ އަދި އިޖްތިމާޢީގޮތުން ކުރާ ކަންކަން ދެނެގަތުމަށް ވަރަށް ޝައުގުހުރެ އެވެ. ރާއްޖެ އިސްލާމްވުމަކީ ދިވެހި ތާރީޚްގައި ހިނގާފައިވާ ވަރަށް މުހިންމު ކަމެއްކަން ދަރިވަރުންނަށް ސްކޫލް ފެންވަރުގައި ބުނެދެވެން ވަނޭކަމަށް އަޅުގަނޑުގަބޫލުކުރަމެވެ. އެހެންނަމަވެސް ރާއްޖެ އިސްލާމް ވީކަމަށް ފާހަގާ ކުރާދުވަސް މުދައްރިސުންނަށް އެނގިލައްވަވާ ބާވައޭ ހިތަށްއަރައެވެ. ސްކޫލްތަކުގައި ދަރިވަރުންނަށް އެދެވޭގޮތަކަށް ބުނެދެވިގެން ނުދެ އެވެ. މި ކަމުގެ ނަތީޖާއެއްގެ ގޮތުން ދަރިވަރުންގެ ތެރެއިން މި ދުވަހަ ބެހޭ މައުލޫމާތު އެނގެނީ މަދު ކުއްޖަކަށެވެ.

ދަރިވަރުންނަށް ރާއްޖެ އިސްލާމްވީ ދުވަސް ބުނެދިނުމުގައި ބުނެދޭންވާނީ އިސްލާމް ދީނުގެ މާތްކަމާ އިސްލާމުންގެ ހެޔޮ ރަނގަޅު އަމަލުތަކުގެ ވާހަކައަށް ބިނާކޮށެވެ. އަދި އިސްލާމް ދީނަކީ އެންމެ އިންސާފުވެރި ހުރިހާ އެންމެނަކީ ހަމަހަމަ ބައެއްކަމަށް ދެކޭ ދީންކަމަށް ބުނެދެވެންވާނެއެވެ. އެއަށް ފަހު ރާއްޖޭގެ ކުރީގެ ހާދިސާ ތައް ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް ބުނެދީ ރާއްޖޭގެ އޭރުގެ މީހުންގެ ދިރިއުޅުމާ އަޅުކަންކޮށް އުޅެމުން ދިޔައީ ބުދަށާ، އިރާ ހަނދު އަދި މިނޫންވެސް ބައެއް ތަކެއްޗަށްކަން ބުނެލަ ދިނުން ރަނގަޅުކަމަށް ދެކެމެވެ. ރާއްޖެ އިސްލާމް ވުމުގެ ކުރިން ދިވެހި ރާއްޖެއަށް އެރި ރަންނަމާރިއޭ ކިޔުނު ކަނޑުފުރޭތައިގެ ވާހަކަ ކިޔާދީ އަދި ރަންނަމާރި އަރާރެއަށް އަންހެންކުއްޖަކު ޤުރްބާން ކުރަން ގެންދަން ޖެހޭކަން ބުނެދެވޭނެ އެވެ.

އޭރު ދިވެހިން ތިބީ ވަރަށް ބިރުވެރިކަމެއްގެ ތެރޭގައިކަން ބުނެދީއެބިރުވެރި ރަންނަމާރި ފުރޭތައިން ސަލާމަތްވެވޭނޭ ގޮތެއްނެތިފައިކަން ބުނެދިނުން ރަނގަޅުކަމަށް ދެކެމެވެ. މި ބިރުވެރިކަމުގައި ދިވެހިން ތިއްބާ މަޣްރިބުކަރައިގެ ބޭކަލެއްކަމުގައިވާ އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީ އޭކިޔުނު ބޭކަލުކު ދިވެހިރާއްޖެއަށް ވަޑައިގެންނެވި އެވެ. ދިވެހިންނަށް އޭރު ދިމާވެގެން އުޅޭ ރަންނަމާރީގެ ކަންތައް ރަސްގެފާނު އޮޅުންފިލުއްވަވައި ދެއްވެވި އެވެ. ޤުރްބާން ކުރަން ގެންދާ އަންހެން ކުއްޖާގެ ބަދަލުގައި އެތަނަށް ވަޑައިގެންނެވީ އަބުލްބަރަކަތު ޔޫސުފުލް ބަރިބަރީކަން އަދި އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީ ކުރެއްވެވިކަމަކީ އެތަނުގައި ޤުރްއާން ވިދާޅުވުންކަމަށް ބުނެދެވޭނެއެވެ. ޤުރްއާނުގެ އަޑުއިވި ރަންނަމާރި ފައިބައިގެން ދިޔައީކަމަށް ބުނެވޭކަމަށް ބުނެދެވޭނެ އެވެ.

ރާއްޖެ އިސްލާމްވީ އިރު ރާއްޖޭގައި ހުންނެވީ ސްރީތިރިބަވަނަ އާދީއްތަ މަހާރަދުންނޭ ކިޔުނު ރަސްކަލެއްކަން ބުނެދެވޭނެއެވެ.އަދި މިރަސްގެފާނު އިސްލާމް ވެ ވަޑައިގަތުމުން އައްސުލްތާން މުހައްމަދު ބުނި އަބްދުﷲ ސިރީބަވަނާއާދީއްތަ މަހާރަދުންނަށް ނަންފުޅު ބަދަލުކުރެވުނުކަން ވެސް ބުނެދެވެނެ އެވެ. އަދި ދިވެހިން މިރަސްގެފާނަށް ދަރުމަވަންތަ ރަސްގެފާނުގެ ނަމުން ނަންދިންކަން ބުނެދީ މިރަސްގެފާނުގެ ނަން ހިމެނޭހެން މިސްކިތެއްބިނާކޮށްފައިވާކަން ބުނެދޭން ވާނެ އެވެ. ބުނެވޭގޮތުން އެއީ ރާއްޖޭގައި ހުރި އެންމެ ދުވަސްވީ މިސްކިތްކަން ބުނެދެވެން ވާނެ އެވެ.

ރާއްޖެ އިސްލާމްވީ މީލާދީގޮތުން 1153 ވަނަ އަހަރުކަމަށާ މުޅިރާއްޖެ އިސްލާމް ދީނަށް ބަދަލުވާން އަހަރުތަކެއްވީކަން ބުނެދެވެން ވާނެއެވެ. އަދި މިއަދާއި ޖެހެންދެން އިސްލާމް ދީންގައި ދިވެހިން ސާބިތުވެ ތިބިގޮތަށް ހުރިހާދަރިވަރުން އިސްލާމީ އާދަކަކާދައާއި އިސްލަމީ ހުކުމްތަކަށް ތަބާވާން ޖެހޭނެކަންބުނެދީ ނަސޭހަތްދެވެންވާނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox