އިންޑިއާގެ މުސްލިމް ފަނޑިޔާރަކަށް މަރުގެ އިންޒާރު

Jul 13, 2026, 6:30 AM
ފޮޓޯ: narmadapuram.dcourts.gov.in

ފޮޓޯ: narmadapuram.dcourts.gov.in

އިންޑިއާގައި މީހަކު މަރާލި މައްސަލައެއްގައި 14 ފިރިހެނަކު އުމުރަށް ޖަލަށްލުމަށް ހުކުމް ކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، އެ މައްސަލަ ބެއްލެވި އަންހެން ފަނޑިޔާރަށް އިންޓަނެޓް މެދުވެރިކޮށް ބަހުގެ ހަމަލާތަކާއި މަރުގެ އިންޒާރުތައް ދޭން ފަށައިފި އެވެ.

މަދްޔަ ޕްރަދޭޝް ސްޓޭޓްގެ ކޯޓެއްގެ އެޑިޝަނަލް ޑިސްޓްރިކްޓް އެންޑް ސެޝަންސް ޖަޖް ތަބައްސުމް ޚާން، ޖޫން 12 ވަނަ ދުވަހު ކުރެއްވި ހުކުމުގައި އެ 14 މީހުންގެ މައްޗަށް މީހަކު މެރުމާއި، މީހަކު މަރާލަން އުޅުމާއި، ހަމަނުޖެހުން ހިންގުމާއި، ގާނޫނާ ހިލާފަށް މީހަކު ހިފަހައްޓައިގެން އުޅުމުގެ ކުށް ވަނީ ސާބިތުވެފަ އެވެ.

މި ހާދިސާ ހިނގާފައިވަނީ 2022 ވަނަ އަހަރު، އުމުރުން 50 އަހަރުގެ ނަޒީރު އަހުމަދު ގެރިތަކެއް އެހެން ތަނަކަށް ގެންދަމުން ދަނިކޮށް، ދަނޑިބުރިތަކާއި ދަގަނޑުބުރިތައް ހިފައިގެން ތިބި، "ގާއު ރަކްޝަކްސް"  ގްރޫޕުން އޭނާ ހުއްޓުވި ފަހުންނެވެ. އެ ގްރޫޕަކީ ގެރި ހިމާޔަތްކުރާ މީހުން ކަމަށް އެ މީހުން ބުނެ އެވެ. ހިންދޫންނަކީ ގެރިއަކީ މުގައްދަސް އެއްޗެއްގެ ގޮތުގައި ދެކޭ ބަޔަކަށް ވާއިރު، އިންޑިއާގެ ގިނަ ސްޓޭޓްތަކެއްގައި ގެރި ކެއުމާއި މެރުމަކީ މަނާ ކަމެކެވެ.

ގެރި ވަގަށް ބޭރުކުރާ ކަމުގެ ތުހުމަތުގައި، އެ މީހުން ވަނީ ނަޒީރު އަހުމަދާއި އޭނާއާއެކު ދަތުރުކުރި ދެ މީހުން އުޅަނދުން ބޭރަށް ދަމައިގަނެ، ވަރަށް ރަހުމްކުޑަކޮށް އަނިޔާކޮށްފަ އެވެ. މި ހަމަލާތަކުގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ނަޒީރު އަހުމަދު ވަނީ މަރުވެފަ އެވެ. ނަމަވެސް އޭނާއާއެކު ތިބި އަނެއް ދެ މީހުން ސަލާމަތްވެ، ކޯޓުގައި ވަނީ ހާދިސާ ހިނގި ގޮތުގެ ބަޔާން ދީފަ އެވެ.

ފަނޑިޔާރު ތަބައްސުމް ޚާން ކުރެއްވި ހުކުމުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، މިއީ ބަޔަކު ރޭވުންތެރިކަމާއެކު މީހަކު މަރާލުމަށް ހިންގާފައިވާ "މޮބް ލިންޗިން" ނުވަތަ ގާނޫނުން ބޭރުން ބަޔަކުވެގެން މީހަކު މަރާލުމުގެ ސާފު މައްސަލައެކެވެ.

ނަމަވެސް، މި ހުކުމާ ގުޅިގެން ފަނޑިޔާރު ތަބައްސުމް ޚާން ވަނީ ދީނީ ނަފުރަތުގެ އަމާޒަކަށް ވެފަ އެވެ. ހުކުމް ކުރިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް، މުސްލިމް ފަނޑިޔާރެއް ކަމަށްވާ ތަބައްސުމް ޚާނަށް ފުރައްސާރަކޮށް އިންޒާރުދޭ ގިނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯތަކުގައި ތުހުމަތުކޮށްފައިވާ ގޮތުގައި، ފަނޑިޔާރު އެ މީހުންނާ ދެކޮޅަށް ހުކުމް ކުރެއްވީ އެއީ ހިންދޫންނަށް ވީތީ އެވެ.

އާންމު ގޮތެއްގައި ކޯޓު ހުކުމްތަކަށް ފާޑުކިޔުން އަމާޒުވި ނަމަވެސް، ފަނޑިޔާރު ތަބައްސުމް ޚާނަށް ދެމުންދާ ހަމަލާތައް ބިނާވެފައިވަނީ ގާނޫނީ ހަމަތަކުގެ މައްޗަކަށް ނޫނެވެ. އޭގެ ބަދަލުގައި އަމާޒުކުރަނީ އޭނާގެ ދީނަށެވެ. މި ފުރައްސާރަތައް ބޮޑުވުމާ ގުޅިގެން، އިންޑިއާގެ ގާނޫނީ ދާއިރާގެ އިސް ޖަމިއްޔާތަކުން ވަނީ އޭނާގެ ދިފާއުގައި ތެދުވެފަ އެވެ. އަދި މިހާރު އޭނާއަށް ވަނީ ފުލުހުންގެ ސަލާމަތީ ރައްކާތެރިކަން ދީފަ އެވެ.

ފަނޑިޔާރު ތަބައްސުމް ޚާނަށް ދޭން ފެށި ހަމަލާތައް ފެށުނީ ހުކުމް އިއްވި ވަގުތުން ފެށިގެންނެވެ. ކުށް ސާބިތުވި މީހުންގެ އާއިލާތަކުން ކޯޓު ބޭރަށް އެއްވެ، ހުކުމާ ދެކޮޅަށް މުޒާހަރާކޮށް، ކުށްވެރިން ޖަލަށް ގެންދިޔުމަށް ފުލުހުންނަށް ހުރަސްއަޅަން މަސައްކަތް ކުރި ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެ މީހުން ބުނަމުން ދިޔައީ، އެ މީހުންނަށް އަދަބު ދެނީ "ގެރިތައް ސަލާމަތްކުރަން" އުޅުމުން ކަމަށެވެ.

އޭގެ ފަހުން، ހިންދޫ ހަރުކަށި ފިކުރުގެ ނުފޫޒު ގަދަ ފަރާތްތަކުން ފަނޑިޔާރު ތަބައްސުމް ޚާނަށް ދީނީ ގޮތުން ފުރައްސާރަކޮށް، ރޭޕްކުރުމާއި މަރުގެ އިންޒާރުދޭ ވީޑިއޯތައް އިންޓަނެޓުގައި ފަތުރަން ފެށި އެވެ.

އެއް ވީޑިއޯއެއްގައި މީހަކު ވަނީ، 10 ދުވަސް ތެރޭގައި އެ ކުށްވެރިން މިނިވަން ނުކޮށްފިނަމަ މުޅި ގައުމުގައި "ލޭއޮހޮރުވުމެއް" ހިންގާނެ ކަމުގެ އިންޒާރު ދީފަ އެވެ. މިފަދަ ގިނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ހުރިއިރު، އެތައް ހާސް ބަޔަކު ވަނީ އެ ވީޑިއޯތަކަށް ލައިކްދީ ހިއްސާކޮށްފަ އެވެ. އަނިޔާވެރިކަމަށް ހިތްވަރުދީ އިންޒާރު ދެމުން ދިޔަ މީހުންގެ މޫނާއި ސޯޝަލް މީޑިއާ އެކައުންޓްތައް އެ ވީޑިއޯތަކުން ސާފުކޮށް ފެންނަން ހުއްޓެވެ.

މީގެ އިތުރުން، ގެރި ހިމާޔަތްކުރާ ކަމަށް ބުނާ ގިނަ ޖަމިއްޔާތަކާއި ހިންދޫ ޖަމާއަތްތަކުން ވެސް ވަނީ މި ހުކުމާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ބާއްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލީޑަރުން މިނިވަންކުރުމާއެކު އިތުރު މުޒާހަރާއަށް ތައްޔާރުވަނީ

އިންޑިއާގެ އުއްތަމަ ފަނޑިޔާރު، ވަޒީފާއެއް ނެތް ބައެއް ޒުވާނުންނަކީ "ކޮކްރޯޗް" ނުވަތަ ކުރަފިތަކެއްގެ ގޮތުގައި ސިފަކުރެއްވުމާ ގުޅިގެން، މިދިޔަ މޭ މަހު މި ހަރަކާތް ފެށި އަބީޖީތު ދިޕްކޭ އާއި އެ ހަރަކާތުގެ އެހެން ލީޑަރުން ހައްޔަރުކުރީ އިންތިޚާބީ އިސްލާހުތަކަށް ގޮވާލައި މުޒާހަރާ ކުރުމަށް ހޮނިހިރު ދުވަހު ދިއްލީއަށް ދިޔުމުންނެވެ.

ބޮޑެތި ޓީވީ ނެޓްވޯކްތަކާ ދެކޮޅަށް ތަހުގީގެއް ފަށައިފި

ރައީސް ޓްރަމްޕްގެ ހަރަކާތްތައް ކަވަރުކުރާ "ޕޫލް ކަވަރޭޖް" އެމެރިކާގެ ބޮޑެތި ޓީވީ ނެޓްވޯކްތަކުން މެދުކަނޑާލުމާ ގުޅިގެން، ވާދަވެރިކަމާ ބެހޭ ގާނޫނުތަކާ ޚިލާފުވެފައިވޭތޯ ބަލަން ޖަސްޓިސް ޑިޕާޓްމަންޓުން ތަހުގީގެއް ފަށައިފިއެވެ. މި ތަހުގީގު ފަށާފައިވަނީ ބައެއް ނޫސްވެރިން ވައިޓް ހައުސްއަށް ވަނުން މަނާކުރުމާ ގުޅިގެން، މީޑިއާތަކުން ގުޅިގެން ޚިދުމަތް މެދުކަނޑާލުމަކީ ވިޔަފާރީގެ ބާރުތައް ހިސާރުކުރުން މަނާކުރާ "ޝާމަން އެކްޓް" އާ ޚިލާފު ކަމަކަށް ވެދާނެތީއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވެ ސަލާމަތްވި ގާތިލު ޖަލަށް

އެމެރިކާގައި މަރުގެ އަދަބު އިއްވާފައިވާ ކްރިސްޓާ ޕައިކްގެ ގަޔަށް ވިހަ އިންޖެކްޝަން ޖަހައިގެން މަރާލަން ކުރި މަސައްކަތް ނާކާމިޔާބުވެ، ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އޭނާ އަނބުރާ ޖަލަށް ބަދަލުކޮށްފިއެވެ. މިއީ ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި މީހަކު ސަލާމަތްވި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ ހާލު ރަނގަޅުވަމުން އަންނާތީ ކަމާބެހޭ ފަރާތްތަކުން ވަނީ ހައިރާންކަން ފާޅުކޮށްފައެވެ.

އެއާޕޯޓު ހަމަލާގައި 12 މަރު، 309 މީހުންނަށް އަނިޔާ

ސައުދީ އަރަބިއްޔާގެ ރިޔާދު އެއާޕޯޓަށް ދިން ނުރައްކާތެރި ހަމަލާއެއްގައި 12 މީހުން މަރުވެ 300 އަށް ވުރެ ގިނަ މީހުން ޒަޚަމްވުމާ ގުޅިގެން އެއާޕޯޓުގެ އޮޕަރޭޝަންތައް މެދުކަނޑާލައިފިއެވެ. ސައުދީ ކޯލިޝަނުން މި ހަމަލާގެ ތުހުމަތު ހޫތީންނަށް ކުރާއިރު، މިއީ 2015 ވަނަ އަހަރުގެ ފަހުން އެގައުމަށް ދިން އެންމެ ނުރައްކާތެރި ހަމަލާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މުޒާހަރާތަކުން ހައްޔަރުކުރި މީހުން ދޫކުރުމަށް އދ އިން ގޮވާލައިފި

އިންޑިއާގެ އިންތިޚާބީ ނިޒާމު އިސްލާހުކުރުމަށް ގޮވާލައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން، އުސޫލުން ބޭރުން ހައްޔަރުކޮށްފައިވާ މީހުން ވަގުތުން މިނިވަންކުރުމަށް އދ. އިން އިންޑިއާ ސަރުކާރަށް ގޮވާލައިފިއެވެ. "ކޮކްރޯޗް ޖަންތާ ޕާޓީ" އިން އިސްވެ ކުރިއަށްގެންދާ މި ހަރަކާތުގެ ތެރެއިން އާންމުންނާއި ނޫސްވެރިން ހިމެނޭހެން އެތައް ހާސް ބަޔަކު ހައްޔަރުކޮށްފައިވާތީ، އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ވަނީ ނުހަނު ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރިޔާދް އެއާޕޯޓުގައި ބާރުގަދަ ގޮވުމެއް، ގިނަ ފްލައިޓްތައް ކެންސަލް

ސައުދީ އަރަބިއްޔާގެ ރިޔާދް އެއާޕޯޓުގައި ހިނގި ބާރުގަދަ ގޮވުމަކާ ގުޅިގެން ގިނަ ބަޔަކު ޒަޚަމްވެ، އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބޮޑެތި ބުރޫތަކެއް އަރައިފިއެވެ. މި ހާދިސާއާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި ގިނަ އެއާލައިންތަކަކުން ރިޔާދަށް ކުރަން ހަމަޖެހިފައިވާ ފްލައިޓްތައް ކެންސަލްކޮށް، އެއާޕޯޓުގެ ބައެއް ސަރަހައްދުތައް ވަނީ ހުސްކޮށްފައެވެ.

މި އަހަރު ވެސް ސުލްހައިގެ އިނާމު ނުލިބުމުން ޓްރަމްޕްގެ ނުރުހުން

މި އަހަރުގެ ނޯބެލް ސުލްހައިގެ އިނާމު ނަވީ ޕިއްލޭއަށް ދިނުމަށް ނިންމި ނިންމުމަކީ "ލަދުވެތި" ނިންމުމެއް ކަމަށް ސިފަކުރައްވައި، އެ އިނާމު ލިބިވަޑައިނުގެންނެވުމުން ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. ނޯބެލް ކޮމިޓީން މި އިނާމު ޕިއްލޭއަށް ދިނީ ބައިނަލްއަގުވާމީ ގާނޫނީ ނިޒާމު ކުރިއެރުވުމަށާއި އިންސާފު ހޯދައިދިނުމަށް އޭނާ ކުރެއްވި މުހިންމު މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

Newsletter

Get the latest news delivered straight to your inbox