އިސްލާމްދީނާ ފުށުއަރާ ގާނޫނެއް އުފަން ނުކުރެވޭފަދަ ނިޒާމެއް ގާއިމުކުރަން މަޖިލީހަށް ހުށަހަޅަނީ

މުހައްމަދު މުއިއްޒު: އިސްލާމްދީނާ ފުށުއަރާ ގާނޫނެއް އުފަން ނުކުރެވޭފަދަ ނިޒާމެއް ގާއިމުކުރަން މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

މުހައްމަދު މުއިއްޒު: އިސްލާމްދީނާ ފުށުއަރާ ގާނޫނެއް އުފަން ނުކުރެވޭފަދަ ނިޒާމެއް ގާއިމުކުރަން މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

އިސްލާމްދީނާ ފުށުއަރާ ގާނޫނެއް އުފަން ނުކުރެވޭފަދަ ނިޒާމެއް ގާއިމުކުރަން ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ހުށަހަޅުއްވާނެ ކަމަށް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 

ހއ. އުތީމުގައި ބޭއްވި ގައުމީ ދުވަހުގެ ޖަލްސާގައި މުއިއްޒު ވިދާޅުވީ ރާއްޖޭގައި އިސްލާމްދީނާ ފުށުއަރާ އަދި އިސްލާމްދީނާ ހިލާފު ގާނޫނެއް އުފަން ނުކުރެވޭނެފަދަ ނިޒާމެއް ގާއިމުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނީ މި އަހަރުގެ ތިންވަނަ ދައުރުގައި ކަމަށެވެ. 

"ދިވެހިރާއްޖޭގައި މާތްވެގެންވާ އިސްލާމްދީނާ ފުށުއަރާ، ނުވަތަ އިސްލާމްދީނާ ހިލާފު އެއްވެސް ގާނޫނެއް އުފަން ނުކުރެވޭނެ ފަދަ، ހަރުދަނާ ބަދަހި ނިޒާމެއް، އުސޫލީ ގޮތުންނާއި، ނިޒާމީ ގޮތުން ކަށަވަރުކުރަން،" މުއިއްޒު ވިދާޅުވި އެވެ. 

އެމަނިކުފާނު މިހެން ވިދާޅުވި ނަމަވެސް 2008 ވަނަ އަހަރު އަމަލުކުަރަން ފެށި ފެހި ގާނޫނުއަސާސީގެ 10 ވަނަ މާއްދާގެ ށ. ގައި ވަރަށް ސާފުކޮށް އެފަދަ ގާނޫނެއް ނުހެދޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. 

"އެހެންވީމާ، އެފަދަ ނިޒާމެއް ގާއިމުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރަށް އިރާދަކުރެއްވިއްޔާ ހުށަހަޅާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް މިއަދު އަޅުގަނޑު އަރުވަން."

މުއިއްޒު ވިދާޅުވީ ގާނޫނުއަސާސީ ބުނާގޮތުން ރާއްޖޭގައި އިސްލާމްދީނާ ހިލާފު ގާނޫނެއް ނުހެދުނަސް، ރާއްޖޭގައި ހެދޭ ގާނޫނުތަކާއި އުސޫލުތަކާއި ގަވާއިދުތައް އިސްލާމްދީނުގެ އިންތަކާއި މިންތަކުގެ ތެރޭގައިކަން ކަށަވަރު ކުރެވޭނެ ހަރުދަނާ ނިޒާމެއް ނެތް ކަމަށެވެ. 

"އަޅުގަނޑުވެސް އެއްބަސް، ދިވެހިރާއްޖޭގެ ގާނޫނުއަސާސީ ބުނާގޮތުން ރާއްޖޭގައި އިސްލާމްދީނާ ހިލާފު ގާނޫނެއް ނުހެދޭނެ. ރާއްޖޭގައި ހެދޭ ގާނޫނުތަކާއި، އުސޫލުތަކާއި، ގަވާއިދުތައް ހުންނަންވާނީ މާތްވެގެންވާ އިސްލާމްދީނުގެ އިންތަކާއި މިންތަކުގެ ތެރޭގައި. މިއީ މިކަން ލިޔެކިޔުމުން ފެންނަން އޮތްގޮތް. ސުވާލަކީ މިކަން ކަށަވަރުކުރެވޭނެ ހަރުދަނާ ނިޒާމެއް އެބައޮތްތޯ. އެފަދަ ނިޒާމީ ބަދަލު އޮނިގަނޑެއް އަޅުގަނޑުމެންގެ އުސޫލުތަކުގެ ތެރޭގައި އެބައޮތްތޯ. ޖަވާބު ވަރަށް ކުރު. ނެތް،" މުއިއްޒު ވިދާޅުވި އެވެ. 

އިސްލާމްދީނާ ދުރު ސިޔާސަތު ތަންފީޒުކުރާ ކޮންމެފަހަރަކު ރާއްޖޭގެ މިނިވަންކަން އޮތީ ގެއްލިފައި ނުވަތަ ނުރައްކަލަކަށް ހުށަހެޅިފައިކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ އިސްލާމްދީން ހިމާޔަތް ކުރެވޭނެ ނިޒާމެއް ގައުމުގައި ގާއިމުވެފައި އޮތުން ކޮންމެހެން މުހިންމު ކަމަށެވެ. 

މުއިއްޒު ވިދާޅުވީ ގައުމީ ދުވަސް ހިތްވަރުދެނީ ދިވެހިންގެ ކިބައިގައި އިހުގައި ހުރި ރީތި މާތް އަހްލާގީ ސިފަތައް އިއާދަކޮށް، ގައުމީ ވިސްނުމާއި ގައުމީ ރޫހުން ހިތްތަކަށް ހަމަޖެހުން ގެނެސް، އެއް ރޫއްހެގައި އެއް އަމާޒެއްގައި ގުޅިގެން ދެމިތިބެ، ބައިބައިވުންތަކާ ދުރުހެލިވެ، ދިވެހީންގެ ރާއްޖެ އަކީ ދިވެހީންނަށްޓަކައި އުފާވެރި ހިމޭން މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް ކަމަށެވެ. 

ބޭރުގެ ބާރުތަކުގެ ތެރޭގައި ދިވެހީން ގިރިގެން ގޮސްގެން ނުވާނެކަމަށާއި، ދިވެހީން ތިބެން ވާނީ، ދިވެހީންގެ ދީނުގައި، ގައުމީ ސިޔާދަތާއި ގައުމުގެ މިނިވަންކަމާ އެކީގައިކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ގައުމީ ދުވަހުގެ ޖަލްސާގައި މުއިއްޒު ވަނީ ، ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރުދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ޝަރަފާއި އިނާމު ދެއްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox