އެއްއަތުން ސައިކަލު ހުންގާނުގައި އަނެއް އަތުން ކުޑައެއްގައި

ސައިކަލް

ސައިކަލް

ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ނިކަން ރަނގަޅަށް ވިއްސާރަކުރާ ދުވަސްވަރެކެވެ. ގިނަ މަގުތަކުގައި އޮންނަނީ ފެންހެދިފަ އެވެ. އަހަރެމެންގެ ވެރިރަށް މާލޭގެ ހާލަތު އަދި އިންތިހާއަށް ބޮޑެވެ. ވާރެ ތުނިކޮށްލާ ގަޑިއަށް އިތުރުވާންފަށާ އަދި ވާރެ ހުއްޓާލާ ގަޑިއަށް ގިނަވެގަންނަ ވެހިކަލްތަކެވެ. ދުއްވާފައި ދަނިކޮށް ވާރެ ވެހެން ފެށުމުން ވަކިން ބާރަށް ދެކެރި ދޭތެރޭން ނުތެމި ދެވިދާނެ ކަމަށް ދުއްވަމުންދާ ސައިކަލުތަކެވެ. ބައެއް މީހުން ވިއްސާރަ ކޯޓުގަ އެވެ. އަނެއްބައިމީހުން އެބައިމީހުންގެ ހުނަރުވެރިކަމާއެކު އެއްއަތުން ސައިކަލު ހުންގާނުގައި އަނެއް އަތުން ކުޑަހިފަހައްޓައިގެންނެވެ.

ޖަހާލަތުގެ އަނދިރިކަމުގައި މުޅި ދުނިޔެ އޮއްވައި ހޭލުންތެރިކަމާއި ތަހުޒީބު ގެނެސްދިން މާތްވެގެންވާ އިސްލާމްދީނުގައި، ހަމަ ކޮންމެ ކަމަކަށް ހަމަޖެހޭ އުސޫލުތަކާއި އިރުޝާދުތައް އިންސާނުންނަށް ގެނެސްދީފައިވެ އެވެ. މަގުމައްޗާ ބެހޭ ގޮތުން ހުރި މާތް ނަބިއްޔާގެ އިރުޝާދުފުޅުތަކަށް ބަލާއިރުވެސް، މިޒަމާނުގެ މަގުތަކާއި އެ މަގުތައް ބޭނުންކުރުމުގައި އެ އިރުޝާދުތައް އިހުމާލުކޮށްލުމަކީ އަހަރެމެން މުސްލިމުން ކޮށްގެންވާނެ ކަމެއް ނޫނެވެ.

މާތް ނަބިއްޔާ ހަދީސްކުރައްވާފައިވެ އެވެ. "..މަގުތަކަށް އޭގެ ހައްގު އަދާކުރާށެވެ!" މަގުތަކަށް އޭގެ ހައްގުއަދާކުރުމަކީ ކޮބާތޯ މާތް ނަބިއްޔާގެ އެކުވެރިން ސުވާލުދެންނެވުމުން ހަދީސްކުރެއްވި އެވެ. ލޯރައްކާތެރިކުރުމެވެ. އަދި އުނދަގޫތައް ހުއްޓުވުމެވެ. މީހަކު ސަލާންގޮވާލައިފިނަމަ ސަލާމަށް ޖަވާބުދިނުމެވެ. އަދި ހެޔޮ ކަންކަމަށް އަމުރުކުރުމާއި ނުބައި ކަންކަން މަނާކުރުމެވެ." މިހަދީސްގެ ކޮންމެ ހައްގަކަށް ވަކި ވަކިން ބަލާލުމަކީ މުހިންމުކަމެއް ކަމުގައި ދެކެމެވެ.

ލޯރައްކާތެރިކުރުމުގެ މާނައިގެ ތެރޭގައި، ހިމެނެނީ ބެލުން ހަރާން މަންޒަރެއް ފެންނަހިނދު ނުބެލުން އެކަންޏެއް ނޫނެވެ. މަގުމަތީ ހިނގާބިނގާވެ އުޅޭ މީހުންނަށް އުނދަގޫވާނެހެން ބެލުމާއި ހިނގާބިނގާވެއުޅޭ އަންހެން ކަނބަލުންނާ ދިމާއަށް ކަޅިހުއްޓައިގެން ފޮށޭ ފޮށުންތަކަކީ ވެސް ލޯރައްކާތެރިކުރުމުގެ މަގުމަތީ ހައްގާ ހިލާފަށް ހިނގާ ކަންކަމެވެ. މުސްލިމަކު ނަމަ އެކަމުން ދުރުހެލިވާންޖެހޭ ކަންކަމެވެ.

އުނދަގޫތައް ހުއްޓުވުމުގެ މާނައިގެ ތެރޭގައި މާލޭގެ މަގުތަކަށް ބަލާއިރު ވަރަށް ގިނަ ކަންކަން ހިމެނެ އެވެ. ހިނގާފައި ދާ މީހުން ހިނގާފައިދާ އަނެކުންނަށާއި މަގުމަތީގައި ދުއްވާފައިދާ އުޅަނދުތަކަށް ވީވަރަކުން އުނދަގޫނުވާނެ ގޮތްތައް އިހުތިޔާރުކުރުން މުހިންމެވެ. ވަރަށް ކުޑަ މިސާލެއް ދަންނަވާނަމަ، ކާރުބާރު ބޮޑު މަގެއްގައި ޒިބްރާ ކްރޮސްއަށް ހުރިހާ ވެހިކަލެއް ހުއްޓާލާފައި އެޔޮތީ، ބަޔަކު މަގުހުރަސްކުރަންއުޅޭތީ އެވެ. އެބައިމީހުން ހަވީރު ފިންޏަށް ހިނގާހެން، ދުއްވާ މީހުންގެ އިހުސާސްތަކަށް ނުބަލައި މަގުހުރަސްކުރުމުގައި ނަގަންޖެހޭވަރަށްވުރެ ގިނަ ވަގުތު ހޭދަކޮށްލުމަކީ މަގުމަތީގެ ހައްގާ ހިލާފު ކަމެކެވެ.

ދުއްވާ މީހުންނަށް ހުރި ކަންކަން އަދި މާގިނަ އެވެ. މަގުހިނގާ މީހުންނަށް ބެލުމެއް ނެތި ދުއްވުމެވެ. ނަންނުގައްޗެއްގައި އިންޖީނެއް އެޅީމާ ދާހެން އެހެން މިހެން ލާހޫރެމުން މީސްތަކުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދެއްދުމެވެ. މިއޮއް ވިއްސާރަ މޫސުމުގައި ކިތަންމެ މަޑުން ސައިލަކު ދުއްވިޔަސް، އެއް އަތުން ހުންގާނުގައި އަނެއް އަތުން ކުޑައެއްގައި ހިފައިގެން ތިމާގެ ކޮންޓްރޯލާ ނުބައްދަލު ރިސްކު ނެގުމެވެ. މަގުވަނީ ފެންހެދި ކިސަޑުލައި އޮލަވެފަ އެވެ. ހުންގާނާއި ކުޑަ އަތުން ކަސިޔާރުވެދާނީ މިބުނި ހިނދުންނެވެ. މިހުންނަނީ މުޅިންވެސް ދީނާ ހިލާފު ކަންކަމެވެ.

މިހިރަ ފެންނަނީ ސައިކަލުތައް ޕާކުކޮށްފައި ހުރި ގޮތުން، ކާރަކަށް ކުރިޔަށް ނުދެވިގެން، ދެކޮޅުން އައި އެއްޗެހިން މަގު ބެދިފައި އޮތް ތަނެވެ. އެކަން ހައްލުވާން އަންނަނީ ކޮންމެވެސް އެކަކު އެ ސައިކަލެއް އެއްކައިރިއަށް ޖައްސާލައިގެންނެވެ. އެކަން ކުރަން މީހަކު އިސްނަގަން ހޭދަވެގެން އެދިޔައީ ދިހަ މިނެޓެވެ. މަގުހިނގާ މީހުންނަށް އުނދަގޫވާ ގޮތަށް އޮތް ގަހެއްގެ ގޮފިގަނޑެއް ދުރުކޮށްދިން މީހާއަށް މާތް ﷲ ފާފަ ފުއްސެވިކަމަށް ހަދީސްބަސްފުޅުގައި ރިވާވެފައިވެ އެވެ. އެހެން ބަސްފުޅެއްގައިވެ އެވެ. "މަގުތަކުން އުނދަގޫތައް ދުރުކުރުމަކީ ސަދަގާތެކެވެ."

ސައިކަލު އެހެން ބެހެއްޓި މީހާއާ މެދު ވެސް ދީނުގައި ބަޔާންވެފައިވާ ގޮތެއް އެބައޮތެވެ. ހަދީސް ބަސްފުޅުން އެނގެނީ އެމީހަކަށް ލައުނަތް ހައްގުވެއްޖެ ކަމެވެ. އެހެނީ ލައުނަތް ލިބޭ ދެކަމަކުން ދުރުހެލިވެތިބުމަށް މާތް ނަބިއްޔާ ހަދީސްކުރައްވާފައިވެ އެވެ. އޭގެ ތެރެއިން އެއްކަމަކީ މީހުން ހިނގާބިނގާވެ އުޅޭ މަގުތަކަށް ބޮޑުކަމު ނުދިއުމެވެ. މިހަދީސް ބަސްފުޅުގައި އޮތް ލައުނަތް ހައްގުވާނީ މަގުމެދަށް ބޮޑުކަމުދިއުމުން އެކަންޏެއް ނޫނެވެ. މަގުތަކަށް ގެތަކުން ނުކުންނަ ކުނި ފެން އެޅޭހެން ބެހެއްޓުން މި ހަދީސްގެ ތެރެއަށް ވަންނާނެ އެވެ. އަދި މަގުހިނގާ މީހުން އެކަމެއްގެ އުނދަގުލަށްޓަކައި އެކަމެއް މެދުވެރިކުރި މީހަކަށް އެއްޗެހިކިޔާފާނެ ހަމަ ކޮންމެ ކަމެއް ކުރުން މިހަދީސް ބަސްފުޅުން ނަހީވެގެންދެ އެވެ. އޭގެ ތެރޭގައި މަގުބެދެން މެދުވެރިވެދާނެހެން ޕާކްކުރުން ހިމެނެ އެވެ.

 ވިސްނައިފި މީހަކަށް މާލޭ މަގުތަކުން އުނދަގޫ ދުރުކުރެވިދާނެ ކިތަންމެ ކަމެއް ހުރިކަމާއި، އެކަކު އަނެކެއްގެ ކިބައިން ދޫވެގެންދާ މަގުތަކުގެ ހައްގުތަކާ ގުޅިގެން އެންމެންނަށް ޖެހެމުންދާ ތުރާ އެހާ ބޮޑުކަމުގެ އެތައް މިސާލަކާއި ކަމެއް ފެންނަމުންދާނެ އެވެ. އަޅުގަނޑުގެ ބޭނުމަކީ މިކަމުގައި ދީނީ ނަޒަރަކުން ވިސްނާލުމަށް ދައުވަތެއް ދިނުމެވެ.

ހަދީސްގައި ބަޔާންވެފައިވާ މަގުތަކުގެ ހައްގުތަކުގެ ތެރެއިން ސަލާމަށް ޖަވާބުދިނުން ހިމެނެ އެވެ. އޮޅުވާ ނުލައްވާށެވެ! ސަލާމަށް ޖަވާބުދިނުމެވެ. މާލެ ހުޅުމާލެ ބްރިޖްމަތިން ދާދިއުމުގައި ތިމާ ދަންނަ ދެމީހަކު ސައިކަލުގައި އަރާ ހަމަކުރުމުން، މިއާދެވުނީ ސައިހޮޓަލަކަށް ކަމަށް ހިތައިގެން ފަހަތުން އަންނަ ވެހިކަލްތަކަށް ބެލުމެއް ނެތި، ބޮޑު ސައްލާގައި މަގު ބްލޮކްވާހެން އަމަލުކުރުމަކީ މާތް ނަބިއްޔާގެ އިހު ދެންނެވި ހަދީސް ބަސްފުޅާ ކަނޑައެޅިގެން ހިލާފުވުމެވެ.

އިސްވެދިޔަ ހަދީސް ބަސްފުޅުގައި އައިސްފައިވާ ހެޔޮ ކަންކަމަށް އަމުރުކުރުމާއި ނުބައި ކަންކަން މަނާކުރުމުގެ ވާހަކައަކީ އާންމު މަގުތަކާ ގުޅިގެން އެކަން ކުރަންޖެހޭ ވާހަކަ އެވެ. މަގުތަކުގެ ހައްގުތަކާ ގުޅިގެން ހެޔޮ ކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން މަނާކުރުމުގެ ތެރޭގައި  މަގުތަކާ ގުޅޭ ކަންކަން ހިމެނޭނެ އެވެ.

އޭގެ ތެރޭގައި މާލޭގެ ޓްރެފިކް މައްސަލަ މިއޮތް ގޮތަށް އޮއްވައި، މަގުތަކުގެ ހާލަތު އިތުރަށް ގޯސްވެ ނުރައްކަލަށް ހުށަހަޅޭ ކަމެއް މީހަކު ކުރާ ނަމަ، އެމީހަކަށް ނަސޭހަތްދީ އެކަމެއް ހުއްޓުވަން މަސައްކަތްކުރުން ހިމެނެ އެވެ. ހުރިހާ ދިވެހިންވެސް މިކަމުގައި އެންމެ ފަރިތަކޮށް ކޮށް އުޅޭ ކަމަކީ، ސައިކަލު ހަރު ނައްޓާ ނުލައި ދުއްވާފައިދާ މީހާއަށް އެކަން ހަނދާން ކޮށްދިނުމެވެ. ހަމަ މިއުސޫލުން އެއް އަތުން ކުޑަ ހިފައިގެން އަނެއް އަތުން ސައިކަލު ހުންގާނު ރަނގަޅަށް ނުހިފެހެއްޓިގެން އުޅޭ މީހާއަށް މީހުން ނަސޭހަތްތެރިވާންޖެހެ އެވެ. ޔުނިފޯމުލައިފައި މަގު ހުރަހަށް ހިނގާލަހިނގާލާ ތިބުމުގެ ބަދަލުގައި ދިވެހި ފުލުހުންގެ ދައުރު އުފެއްދުންތެރިކުރާންޖެހެ އެވެ.

ޓްރެފިކް ބޮޑު މާލޭގެ މަގުތަކުގައި ވަޔާއެކު ވެހެމުންދާ ވިއްސާރައިގައި އެއް އަތުން ކުޑަހިފައިގެން އަނެއް އަތުން ސައިކަލު ދުއްވަމުންދާ މީހާ އެކުރަނީ މަގުތަކުގެ ހައްގުތަކާ ދީނީ ގޮތުން ހިލާފު ކަމެކެވެ. އަދި އެކަމަކީ ނުރައްކާތެރި ނަތީޖާތަކެއް ނުކުމެދާނެ އަމިއްލަ ނަފުސަށް ވެސް އެހެން ބަޔަކަށްވެސް ގެއްލުން ލިބިދާނެ ކަމެކެވެ. އެއީ ހަރާންކަމެއްކަމުގެ ފަތުވާ ދެވޭނީ، ރާއްޖޭގެ ފަތުވާ ކޮމިޓީއަށެވެ. އަދި ގާނޫނީގޮތުން މަނަލޭ ބުނެވޭނީ ރައްޔިތުންގެ މަޖިލީހަށެވެ. މަނާ ނަމަ ހުއްޓުވޭނީ ދިވެހި ފުލުހުންނަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ތިޔަ އެއްޗެއްގައި ސޮއިކުރުމަށްވުރެ ޝަހީދުވުންވެސް ރަނގަޅޭ

ޔަހޫދީންގެ މިތުރަކާ ގުޅިގެން ވާނެ ހެވެއް ނޯންނާނެ އެވެ. އިނގިރޭސިންގެ މުށުތެރެއަށް ވެއްޓިގަތުމާ ނައިބުތުއްތު ދެކޮޅުހެއްދެވިހިނދު، ދިވެހި ދައުލަތުގައި ތިބި ވެރިން އޭރުކީ ލަވަޔަކީ ހަމަ މިހާރުވެސް މި އިވޭ ލަވަޔެވެ. މިއީ އިގުތިސާދީ ކަމެކެވެ. ސިޔާސީ ކަމެކެވެ. ލައްކަ މަންފާވީނަމަ، އަހަރުތަކެއް ފަހުން އިނގިރޭސިންގެ އަތުން މިނިވަންވާކަށް ނުޖެހުނީސްތާ އެވެ!

ރަސްމާލެ މައްސަލައިގެ ނުރައްކާތައް ދިރާސާކުރުމުގެ އިލްތިމާސް

ނޮވެމްބަރު 3 ގައި ގައުމު ދިފާއުކުރި ސިފައިން، ފުރާނަ ގުރުބާންކުރީ ވަކި ތަރައްގީގެ މޮޑެލްއަކަށް ނުވަތަ އިގުތިސާދީ ސިޔާސަތަކަށް ނޫނެވެ. އެމީހުން ދިފާއުކުރީ ދިވެހިންގެ މުސްތަގުބަލުގެ ސާހިބުންނަކީ ދިވެހިން ކަމުގައިވުމުގެ ހައްގެވެ. އެ ހައްގަކީ މިއަދު ވެސް ހަމަ އެ ދަރަޖައިގައި ދިފާއުކުރަންޖެހޭ ހައްގެކެވެ.

ރަސްމާލެ: ވަތަން ވިއްކާލުން އަދި ޑިޖިޓަލް އިސްތިއުމާރު

ރަސްމާލެ މަޝްރޫއާއި ބިދޭސީންނަށް ރެސިޑެންސީ ވިއްކުމަކީ ގައުމުގެ އަމިއްލަވަންތަކަމާއި ބިމުގެ މުގައްދަސްކަން ގެއްލި، ބޭރުގެ ނުފޫޒުގަދަ ފަރާތްތަކުގެ އިސްތިއުމާރީ ބާރުގެ ދަށަށް ރާއްޖެ ހިނގައިދާނެ ކަމެކެވެ. ކުރު މުއްދަތުގެ މާލީ މަންފާއަށްޓަކައި ގައުމުގެ ވަސީލަތްތައް ދިގު މުއްދަތަށް ދޫކޮށްލުމަކީ އަމިއްލަ ވަތަނަށް ވެވޭ ހިޔާނާތެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ.

ސިޓީބިޓީ: ތަރައްގީގެ ފަރުދާގެ ފަހަތުން ވިއްކާލެވޭ ގައުމީ ސިޔާދަތު

ނަމަވެސް، މިއަދު އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތަށް ކުރިމަތިވެފައިވާ ނުރައްކާ އަންނަނީ ބަޑިއާއި ބޮމަކުން ނޫނެވެ؛ އެ ނުރައްކާ ފޯރަމުންދަނީ ތަރައްގީގެ ނަމުގައި ދައްކާ ކުލަގަދަ މަންޒަރުތަކާއި، ސިއްރުން ސޮއިކުރެވޭ އެއްބަސްވުންތަކުގެ ތެރެއިންނެވެ.

ސިޓީބިޓީ: ކަނޑު ކޮމިޝަނަކީ މުއިއްޒުގެ އަނިޔާވެރިކަމުގެ ފެށުމެއް

ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދުމަށް ރައީސް މުއިއްޒު އުފެއްދެވި "ކަނޑު ކޮމިޝަނަކީ" ސިޔާސީ ވާދަވެރިންނަށް ބިރުދެއްކުމަށާއި ރަސްމާލެ މަޝްރޫއުގެ މައްސަލަތަކުން ރައްޔިތުންގެ ސަމާލުކަން އަނބުރާލުމަށް ކުރި ކަމެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ. އަދި މިއީ ދައުލަތުގެ މުއައްސަސާތައް ބަލިކަށިކޮށް، ބަޖެޓުން ބޮޑެތި އިސްރާފުތަކެއް ހިނގާނެ، ނަތީޖާއެއް ނުނެރެވޭނެ ސިޔާސީ އުކުޅެއް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ރަސްމާލެ މަޝްރޫއު: ބިމުގެ އަގާ ގުޅޭ ބަހުސް

ރަސްމާލެ މަޝްރޫއަށް ހިއްކާފައިވާ ބިމުގެ އަގު ކަނޑައެޅުމުގައި، ހަމައެކަނި ހިއްކުމަށް ހިނގި ހަރަދަށް ބެލުމުގެ ބަދަލުގައި މުސްތަގުބަލުގައި އެ ބިމުން ލިބޭނެ އިގުތިސާދީ މަންފާއާއި ބާޒާރުގެ އަގަށް ރިއާޔަތްކުރަންޖެހެއެވެ. މީގެ އިތުރުން، މި މަޝްރޫއަށް ދައުލަތުގެ ކުންފުނިތަކުން ކޮށްފައިވާ އިންވެސްޓްމަންޓްތަކާއި މާލީ އިލްތިޒާމްތަކަށް ޒިންމާވާނެ ގޮތަކާމެދު ވަނީ ސުވާލު އުފެދިފައެވެ.

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox