ހަތަރު މަހަށް ފަހު އަލްކަރާޒް އަލުން ކޯޓަށް ނުކުންނަން ތައްޔާރު

Aug 21, 2026, 3:57 PM
ސްޕެއިނުގެ ޓެނިސް ތަރި، ކާލޯސް އަލްކަރާޒް.

ސްޕެއިނުގެ ޓެނިސް ތަރި، ކާލޯސް އަލްކަރާޒް.

މުރްސިއާ، ސްޕެއިން (އޮގަސްޓް 21) - ސްޕެއިނުގެ ތަރި، ކާލޯސް އަލްކަރާޒް، އަނިޔާގެ ސަބަބުން ހަތަރު މަސް ދުވަހު ކުޅުމާ ދުރުގައި ހުރުމަށް ފަހު ކުޅެން ޓެނިސް ކޯޓަށް ނުކުންނަން ތައްޔާރުވެއްޖެ އެވެ. 

އުމުރުން 23 އަހަރުގެ އަލްކަރާޒް މި ފަހަރުގެ ޓެނިސް ސީޒަން ފެށީ ރަނގަޅު ފޯމެއްގަ އެވެ.

އެ ގޮތުން، އަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން ޗެމްޕިއަންކަން ހޯދި އެވެ. އެއާއެކު، އޭނާ ވެފައިވަނީ، ހަތަރު ގްރޭންޑް ސްލޭމް ތަށި ހަމަކުރި އެންމެ އުމުރުން ހަގު ކުޅުންތެރިޔާ އަށެވެ. އޭގެ ފަހުން، އޭނާ ވަނީ ގަަތަރު އޯޕަން މުބާރާތް ވެސް ކާމިޔާބުކޮށްފަ އެވެ. އެކަމަކު، އިންޑިއަން ވެލްސްގެ ސެމީ ފައިނަލުން ބަލިވުމަށް ފަހު، މަޔާމީ އޯޕަންގެ ތިން ވަނަ ބުރުން ކެޓީ އެވެ. 

އޭޕްރީލް 14 ވަނަ ދުވަހުގެ ފަަހުން، ޓެނިސް މެޗެއްގައި އަލްކަރާޒް ނުކުޅެ އެވެ. އެއީ، ބާސެލޯނާ އޯޕަންގައި އަތުގެ ކުޑަހުޅަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ. އޭގެ ކުރިން މޮންޓެ ކާލޯ މާސްޓާސްގެ ފައިނަލުން، އިޓަލީގެ ޖަނިކް ސިނާ އަތުން ބަލިވެ، ދުނިޔޭގެ ރޭންކިން އެއް ވަނަ އަލްކަރާޒަށް ގެއްލުނެވެ. 

ފްރެންޗް އޯޕަން އާއި ވިމްބަލްޑަން ޓެނިސް މުބާރާތް އަނިޔާގެ ސަބަބުން ގެއްލުނު އަލްކަރާޒް، އެނބުރި އަންނަ މުބާރާތަކީ، ޔޫއެސް އޯޕަން އެވެ. އަލްކަރާޒަށް މި ވަގުތު ދުނިޔޭގެ ރޭންކިން  ދެ ވަަނަައިގައި އޮތްއިރު، އޭނާގެ އޮތީ 8160 ޕޮއިންޓެވެ. އެއް ވަނައިގައި އޮތް ސިނާ އަށް ވަނީ 13450 ޕޮއިންޓް ލިބިފަ އެވެ. 

ޔޫއެސް އޯޕަންގެ ސިންގަލްސް އިވެންޓްތައް ފަށަނީ މި މަހު 30 ވަނަ ދުވަހު އެވެ. އޭގެ ކުރިން، ޑަބަލްސް އިވެންޓްތައް ފަށާއިރު، އަލްކަރާޒް އަންނަނީ ޑަބަލްސް އިވެންޓްގައި ކުޅުމަށް ވެސް މަސައްކަތްކުރަމުންނެވެ. މިދިޔަ އަހަރުގެ ޔޫއެސް އޯޕަންގެ މިކްސް ޑަބަލްސްގައި އަލްކަރާޒް ވަނީ އިންގްލެންޑްގެ އެމާ ރަޑުކާނޫއާ އެއް ޕެއާއެއްގައި އެ އިވެންޓްގައި ކުޅެފަ އެވެ. 

ހަތް ގްރޭންޑް ސްލޭމް ތަށި ހޯދާފައިވާ އަލްކަރާޒް، މިދިޔަ އަހަރުގެ ޔޫއެސް ފައިނަލް ކާމިޔާބުކުރީ ސިނާ ބަލިކޮށްފަ އެވެ. އަލްކަރާޒް ރަނގަޅު މޮޅެއް ހޯދި މި މެޗުގެ ސެޓުތައް ދިޔައީ، 6-2 3-6 6-1 6-4 އިންނެވެ. މިއީ، އަލްކަރާޒް، ޔޫއެސް އޯޕަން ކާމިޔާބުކުރި ދެ ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ފަަހަރަށް އަލްކަރާޒަށް ޔޫއެސް އޯޕަން ތަށި ލިބުނީ، 2022 ވަނަ އަހަރު އެވެ.

އެންމެ ފަހުން ޔޫއެސް އޯޕަން ތަށި ދިފާއުކުރެވުނީ، 2004 އިން 2008 އަށް މި މުބާރާތް ކާމިޔާބުކުރި، ސްވިޒަލެންޑްގެ ލެޖެންޑް، ރޮޖާ ފެޑެރާ އަށެވެ. އަލްކަރާޒް، މި ފަހަރުގެ ޔޫއެސް އޯޕަންގައި އެ ކާމިޔާބީ އަށް އަމާޒުހިފާއިރު، އެންމެ ބޮޑު ގޮންޖެހުމަކަށް ކުރިމަތިވާނީ މެޗު ފިޓްނަސް ހިފެހެއްޓުމުގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އާ ކޯޗާ އެކު އޮޑިން ގައްދޫ ބަލިކޮށް ވަރުގަދަކޮށް ފަށައިފި

އާ ކޯޗު ލޫޝިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ގައްދޫ އަތުން 4-0 އިން މޮޅުވެ، އޮޑި ސްޕޯޓްސް ކްލަބް ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި. މި މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ތިން ލަނޑު ޖަހާފައިވާއިރު، މިއީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން އެ ޓީމުން ހޯދި މުހިންމު ކާމިޔާބީއެއް.

ބިސް ބުރުން ފަހު ވަގުތު ބުރު ބަލިކޮށް ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު، އެއް ކުޅުންތެރިއަކު މަދުކޮށް ނިންމާލަން ޖެހުނު ނަމަވެސް، ބިސް ބުރުން ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށްފި. މިއީ، ލީގުގައި ބިސް ބުރުން ޖެހިޖެހިގެން ހޯދި ދެވަނަ މޮޅު ކަމަށްވާއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަލިއޫ އޮވޮލާބީ އާއި މަޖުދާން ސޯލިހު

ވައުދުވި ގޮތާ ހިލާފަށް ޔުއެފާގެ ރައީސް އިތުރު ދައުރަކަށް

ޔުއެފާގެ ރައީސް ކަމުގައި 3 ދައުރަށް ވުރެ އިތުރަށް ނުހުރެވޭ ގޮތަށް ގަވާއިދު އޮތް ނަމަވެސް، އަލެކްސަންޑަ ކެފެރިން ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ވަނީ ނިންމަވާފައި މީގެ ކުރިން އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އޭނާ މިހާރު ވަނީ 2027 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން މެންބަރު ގައުމުތަކަށް އަންގަވާފައި

ޝަކާ، ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައިގައި އަދަބުދީފި

ސްވިޒަލެންޑްގެ ކެޕްޓަން ގްރޭނިޓް ޝަކާ ކޮވިޑް ވެކްސިންގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައިގައި، އޭނާ 150,000 ޑޮލަރުން ޖޫރިމަނާކޮށް ކޮމިއުނިޓީ ސާވިސް ފުރިހަމަކުރުމަށް ޕްރޮސެކިއުޓަރުން ވަނީ އަދަބުދީފައި. ޝަކާ މި ކުށަށް އިއުތިރާފުވެ އަދަބު ގަބޫލުކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން އޭނާ މިވަގުތު ހުރީ ގައުމީ ޓީމާ ދުރުގައި

ބިސް ބުރުން ވިސްނަން ޖެހޭ ކަންކަން ގިނަ: ނާދު

މާލެ ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައިގެން ޕްރިމިއާ ލީގަށް ކޮލިފައިވި ބިސް ބުރު ސްޕޯޓްސް ކްލަބުން އެ ލެވެލްގައި ވާދަކުރާއިރު، ތަޖުރިބާކާރު ޓީމުތަކާ ކުޅެވޭ ފަދަ "ނަމެއް" ހޯދަން ޖެހޭ ކަމަށް ކޯޗު ނާދު ބުނެފި. ލީގުގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ދެވަނަ މެޗު ކާމިޔާބުކޮށްފައިވާ ބިސް ބުރު ޓީމަކީ ލީގުގެ މެދުފަންތީގައި ވާދަކުރާނެ ޓީމެއް

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އައިހަމް އަށް

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެފްއޭއެމް އެވޯޑްސްގައި، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) ހޯދައިފި. އައިހަމް މި ޝަރަފުވެރި މަގާމު ހޯދާފައިވަނީ ގައުމީ ޓީމާއި ކްލަބް ފެންވަރުގައި ދެއްކި މޮޅު ކުޅުމާ އެކުގައި. އައިހަމްއާ މި އެވޯޑަށް ވާދަކުރީ، ސެންޓޭ އާއި ހަމްޕު

އެފްއޭއެމް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް އިންމި އަށް

އެފްއޭއެމް އިން އަލަށް ތައާރަފްކުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ކާމިޔާބުކޮށްފި. މި އެވޯޑަށް އިންމިއާ އެކު ގައުމީ ޓީމުގެ އިތުރު ހަތަރު ކުޅުންތެރިއަކު ވާދަކުރި

Newsletter

Get the latest news delivered straight to your inbox