އިސާކްގެ ލަނޑުތަކުން ލިވަޕޫލަށް ސީޒަނުގެ ފުރަތަމަ މޮޅު

Sep 5, 2026, 2:09 AM
ލިވަޕޫލްގެ ފޯވާޑް، އިސާކް، އިޕްސްވިޗް ކޮޅަށް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ލިވަޕޫލްގެ ފޯވާޑް، އިސާކް، އިޕްސްވިޗް ކޮޅަށް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ލަންޑަން (ސެޕްޓެމްބަރު 5) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަލެކްސަންޑަ އިސާކްގެ ދެ ލަނޑުން 2-0 އިން އިޕްސްވިޗް ޓައުން ބަލިކޮށް ލިވަޕޫލުން މި ފަހަރުގެ ސީޒަނުގައި ފުރަތަމަ މޮޅު ހޯދައިފި އެވެ. 

އާ ކޯޗު އަންޑޯނީ އިރައޯލާގެ ކޯޗުކަމުގައި ލިވަޕޫލުން ކުޅުނު ފުރަތަމަ ދެ މެޗުގައި މި ފަހަރުގެ ސީޒަނުގައި ލިވަޕޫލުން ވަނީ ލީގުގައި އެއްވަރުވެފަ އެވެ. އެއީ، ފުރަތަމަ މެޗުގައި ރަށުންބޭރުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް 2-2 އިން އެއްވަރުވި މެޗާއި އަމިއްލަ ދަނޑުގައި 2-2 އިން ނޮޓިންހަމް ފޮރެސްޓާ އެއްވަރުވި މެޗެެވެ. 

އިޕްސްވިޗްގެ ދަނޑު ޕޯޓްމަން ރޯޑުގައި ކުޅުނު މެޗުގައި ލިވަޕޫލުން ދެ ލަނޑު ޖެހީ ވެސް ފުރަތަމަ ނުވަ މިނިޓް ތެރޭގަ އެވެ. އިސާކް، ފުރަތަމަ ލަނޑު ޖެހީ ހަ ވަނަ މިނިޓްގަ އެވެ. މިއީ، އިޕްސްވިޗް ޑިފެންސް ފަހަތުން ލިބުނު ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު، އިސާކް ޖެހި ގޯލެކެވެ. އަދި، ފުރަތަމަ ލަނޑު ޖެހިތާ ތިން މިނިޓް ފަހުން، އިސާކް ވަނީ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. އިސާކް، ދެ ލަނޑު ޖަހަން ވެސް ފުރުސަތު ތަނަވަސްކޮށްދިނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ލިވަޕޫލް ދޫކޮށްލާނެ ކަމަށް ބެލެވުނު ނެދަލެންޑްސްގެ ފޯވާޑް، ކޯޑީ ގަކްޕޯ އެވެ. 

ފްލޯރިއަން ވާޓްޒް ދިން ބޯޅައަކުން އިސާކް ވަނީ ތިން ވަނަ ލަނޑެއް ވެސް ޖަހައިފަ އެވެ. އެކަމަކު، މި ލަނޑު ޖެހިއިރު، އިސާކް އޮފްސަައިޑްގައި ހުރުމުން، ގޯލު ބަލައިނުގަންނާތީވެ، ހެޓްރިކް ފުރިހަމަަ ނުކުރެވުނެވެ. އިސާކް ވަނީ މީގެ ކުރިން 2024 ވަނަ އަހަރު އިޕްސްވިޗް ދަނޑުގައި ނިއުކާސަލް އަށް ކުޅުނުއިރު ހެޓްރިކެއް ހަދައިފަ އެވެ. އިސާކް މި ވަނީ ލިވަޕޫލް މި ފަހަރުގެ ލީގުގެ ފުރަތަމަ ތިން މެޗުގައި ތިން ލަނޑު ޖަހައިފަ އެވެ. 

ލިވަޕޫލްގެ ޑިފެންޑަރުން ވަނީ މި މެޗުގައި ގޯލެއް ވަނަނުދޭން ރަނގަޅަށް މަސައްކަތް ކޮށްފަ އެވެ. އަދި، ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާއާ ހަމައަށް މާ ބޮޑު ނުރައްކާތެރި ހަމަލާއެއް ގޮސްފައިނުވެ އެވެ. މެޗުގެ ދެ ވަނަ ހާފުގައި ލިވަޕޫލުން ވަނީ ދާދި ފަހުން އެ ޓީމާ ގުޅުނު ފްރާންސްގެ ބްރެޑްލީ ބާކޮލާ ކުޅެން އަރުވައިފަ އެވެ. 

ފުރަތަަމަ މެޗުގައި އަމިއްލަ ދަނޑުގައި ލީގުގައި ސަންޑަލެންޑް އަތުން އިޕްސްވިޗް މޮޅުވި ނަމަވެސް އޭގެ ފަހުން ކުޅުނު ދެ މެޗުން މި ވަނީ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް އަތުން ބަލިވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ވެސް ވާދަކުރާ ގޮތަށް ސައުދީގައި އޮތް އައިމެގް ފަސްކޮށްފި

ސައުދީ އަރަބިއްޔާގައި މިއަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ތާވަލުކުރި "އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސް" (އައިމެގް)، ލޮޖިސްޓިކްސް އަދި ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރުގެ މާޗް މަހަށް ފަސްކޮށްފި. ޖުމްލަ އެކު، 45 ގައުމަކުން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބިލިއާޑް އަދި ޗެސްގެ ކުޅުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައި

ހާލަތު ބަދަލުކުރަން ކެރިކަށް ޔުނައިޓެޑުން ފަހު ފުރުސަތު ދީފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމާ ގުޅިގެން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކުރަން އުޅުމަށްފަހު، ޓީމުގެ ހާލަތު ރަނގަޅުކުރުމަށް އޭނާއަށް ފަހު ފުރުސަތެއް ދޭން އެ ކްލަބުން ނިންމައިފި. މި ސީޒަނުގައި ކުޅުނު 12 މެޗުން އެންމެ ދެ މެޗުން މޮޅުވެފައިވާއިރު، މިއީ ފާއިތުވި 40 އަހަރު ތެރޭގައި އެ ޓީމުން ސީޒަނެއް މިހާ ދަށްކޮށް ފެށި ފުރަތަމަ ފަހަރު.

ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް އިން އާސެނަލް ކަޓުވާލައިފި

އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ބުރުގައި ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް ޓައުން އިން އާސެނަލް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި. މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވުމުން، ފްލީޓްވުޑް މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-3 ގެ ނަތީޖާއަކުން

ފަސް ބަދަލަކާ އެކު ގައުމީ ފުޓްސަލް ޓީމު އެކުލަވާލައިފި

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް، ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށް ފަސް ބަދަލެއް ގެނައުމަށްފަހު ގައުމީ ފުޓްސަލް ސްކޮޑު އެކުލަވާލައިފި. ކޯޗު ފާރޫކް ޒަކީރޯވްގެ އިރުޝާދުގެ ދަށުން ކުޅޭ މި ޓީމުގެ ކެޕްޓަނަކީ މުހައްމަދު އިމްރާން (އިންމި).

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

Newsletter

Get the latest news delivered straight to your inbox