ލިވަޕޫލަށް މި ފަަހަރު ވެސް ފަހު ވަގުތު ޕޮއިންޓެއް، ނިއުކާސަލުން ޓޮޓެންހަމް ބަލިކޮށްފި

Aug 29, 2026, 11:21 PM
ލިވަޕޫލްގެ ދެ ވަނަ ލަނޑު ޖެހުމަށް ފަހު މުނޯޒް އުފާފާޅުކުރަނީ.

ލިވަޕޫލްގެ ދެ ވަނަ ލަނޑު ޖެހުމަށް ފަހު މުނޯޒް އުފާފާޅުކުރަނީ.

ލިވަޕޫލް (އޮގަސްޓް 29) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލުން ފަހު ވަގުުތު ލަނޑު ޖަހައި 2-2 އިން ނޮޓިންހަމް ފޮރެސްޓާ އެއްވަރުވިއިރު، ނިއުކާސަލް ޔުނައިޓެޑުން ޓޮޓެންހަމް ހޮޓްސްޕާސް ދަނޑުގައި އެ ޓީމު 2-0 އިން ބަލިކޮށްފި އެވެ. 

ލީގުގެ ފުރަތަމަ މެޗުގައި ރަށުންބޭރުގައި ނިއުކާސަލްއާ ދެކޮޅަށް ވެސް ލިވަޕޫލުން ވަނީ ފަހަތުން އަރައި ދެ ފަހަރު ވެސް އެއްވަރުކޮށްފަ އެވެ. އަދި، ލިވަޕޫލުން ލީގުގައި މި ފަަހަރު ކުޅުނު ދެ ވަނަ މެޗުގައި އަމިއްލަ ދަނޑުގައި ފޮރެސްޓް ކައިރީގައި ވެސް ވަނީ ހަމަ ދެ ފަަހަރެއްގެ މަތިން ފަހަތުން އަރައި އެއްވަރުކޮށްފަ އެވެ. 

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި މިދިޔަ ދެ ސީޒަނުގައި ވެސް މޮޅުވި ފޮރެސްޓުން އިން ވަނީ މި ފަހަރު ވެސް ލިވަޕޫލް ދަނޑުގައި ލީޑުނަގައިފަ އެވެ. މިއީ، މެޗުގެ 24 ވަނަ މިނިޓްގައި، ފޮރެސްޓްގެ ކެޕްޓަން، މޯގަން ގިބްސް-ވައިޓް ދިން ބޯޅައަކުން ޑޭން އެންޑޯއި ޖެހި ގޯލެކެވެ. އޭނާ ތިރިތިރިން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.

ލިވަޕޫލަށް އެއްވަރުކޮށްދޭން ފްލޯރިއަން ވާޓްޒް ޖެހި ގޯލު ބަލައިނުގަންނަން ނިންމީ ލިވަޕޫލްގެ ފުލްބެކް، ޖެރެމީ ފްރިމްޕޮން އެ އެޓޭކަށް ގޮސް އޮފްސައިޑްވި ކަމަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމުމުންނެވެ. 

ލިވަޕޫލް އާއި ނޮޓިންހަމް ފޮރެސްޓުން ބައްދަލުކުރި މެޗުގެ ތެރެއިން: ފޮރެސްޓްގެ ކެޕްޓަން ގިބްސް ވައިޓް، ލިވަޕޫލްގެ ވެން ޑައިކް އާއި ކާކޭޒް ކައިރިން ބޯޅަ ހިފައިގެންދަނީ.
ލިވަޕޫލް އާއި ނޮޓިންހަމް ފޮރެސްޓުން ބައްދަލުކުރި މެޗުގެ ތެރެއިން: ފޮރެސްޓްގެ ކެޕްޓަން ގިބްސް ވައިޓް، ލިވަޕޫލްގެ ވެން ޑައިކް އާއި ކާކޭޒް ކައިރިން ބޯޅަ ހިފައިގެންދަނީ.

ފޮރެސްޓަށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެ ގޯލުގެ ލީޑެއް ނަގައިދޭން ޖޯޖް ޖީސޫސް ޖެހި ޝޮޓް ލިވަޕޫލްގެ ކީޕަރު، އެލިސަން ބެކާ ވަނީ މަތަކޮށްފަ އެވެ. 

ލިވަޕޫލުން އެއްވަރުކުރީ 60 ވަނަ މިނިޓްގައި އަލެކްސަންޑަ އިސާކް ޖެހި ގޯލުންނެވެ. އަރިމަތިން ލިވަޕޫލްގެ ކޯޑީ ގަކްޕޯ ރަނގަޅު މަސައްކަތެއް ކުރުމަށް ފަހު ގޯލުގެ ކުރިމައްޗަށް މުޅިން ހުސްކޮށް ނަގައިދިން ބޯޅަ އިސާކް ވަނީ ގޯލަށް ވައްދާލައިފަ އެވެ. ލިވަޕޫލުން ތިން ބަދަލެއް ގެންނަން މަސައްކަތްކުރަމުން ދިޔަ ދަނޑިވަޅެއްގައި ހަތަރު ވަނަ އޮފިޝަލަށް ބަދަލުކުރަން ބޭނުންކުރާ ބޯޑު ސެޓު ނުކުރެވި ވަގުތުތަކެއް ގެއްލިދިޔައިރު، ފޮރެސްޓުން ވަނީ އެ ވަގުތުގެ ތެރޭގައި ޕެނަލްޓީ އަކުން ލަނޑު ޖަހައި ދެ ވަނަ ފަހަރަށް ލީޑުނަގައިފަ އެވެ. މިއީ، ލިވަޕޫލްގެ އޭރިއާތެރެއިން އެ ޓީމުގެ ކީޕަރު އެލިސަން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ފޮރެސްޓުގެ ނިކޯ ވިލިއަމްސް އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. އެ ޕެނަލްޓީ ވައްދާލީ ގިބްސް-ވައިޓް އެވެ. 

މެޗުގައި ލިވަޕޫލަށް ދެ ވަނަ ފަހަރަށް އެއްވަރުކޮށްދިނީ ސްޕެއިންގެ ފޯވާޑް ވިކްޓަ މުނޯޒް އެވެ. މެޗުގެ 82 ވަނަ މިނިޓްގައި ވާޓްޒް ދިން ބޯޅައެއް އޭރިއާތެރެއިން ކޮންޓްރޯލް ކުރުމަށް ފަހު، މުނޯޒް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ހުރަސްދަނޑީގައި ޖެހިފަ އެވެ. މިއީ، ލިވަޕޫލަށް މުނޯޒް ޖަހައިިދިން ފުރަތަމަ ގޯލެވެ. މިދިޔަ ހަފްތާގައި ނިއުކާސަލް ކައިރިން އިތުރު ވަގުތުގައި ލިވަޕޫލުން އެއްވަރުކުރި ލަނޑު ޖެހީ ވެސް މުނޯޒް ހޯދި ޕެނަލްޓީ އަކުންނެވެ. 

ލިވަޕޫލް މި ވަނީ 2012 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަަަހަރަށް ލީގު ފަށައިގެން ފުރަތަމަ ދެ މެޗު މޮޅެއް ނުލިބި ނިންމާލަން ޖެހިފަ އެވެ. ލިވަޕޫލްގެ އާ ކޯޗު އަންޑޯނީ އިރައޯލާ އަށް އަދި އެ ޓީމާ އެކު ރަސްމީ މެޗަކުން މޮޅެއް ލިބިފައިނުވެ އެވެ. 

ނިއުކާސަލްގެ އެންތަނީ އެލަންގާ (ވ)، ޓޮޓެންހަމްގެ ސަންޑްރޯ ޓޮނާލީ އަތުން ބޯޅަ ހޯދަން މަސައްކަތްކުރަނީ: ޓޮނާލީ އަކީ މި ފަހަރުގެ ޓްރާންސްފާގައި ނިއުކާސަލް ދޫކޮށް ޓޮޓެންހަމް އަށް ބަދަލުވި ކުޅުންތެރިއެއް.
ނިއުކާސަލްގެ އެންތަނީ އެލަންގާ (ވ)، ޓޮޓެންހަމްގެ ސަންޑްރޯ ޓޮނާލީ އަތުން ބޯޅަ ހޯދަން މަސައްކަތްކުރަނީ: ޓޮނާލީ އަކީ މި ފަހަރުގެ ޓްރާންސްފާގައި ނިއުކާސަލް ދޫކޮށް ޓޮޓެންހަމް އަށް ބަދަލުވި ކުޅުންތެރިއެއް.

ފުރަތަމަ މެޗުގައި ބްރެންޓްފޯޑް އަތުން ބަލިވި ޓޮޓެންހަމް އިން އަމިއްލަ ދަނޑުގައި ނިއުކާސަލްއާ ދެކޮޅަށް ކުޅުނު މެޗުގައ ފުރަތަމަ ހާފު ނިންމާލި ލަނޑެއް ނުޖެހި އެވެ. ސިޓީ ދޫކޮށް ޓޮޓެންހަމްއާ ދާދި ފަހުން ގުޅުނު މިސްރުގެ ފޯވާޑް، އޮމަރު މާމޫޝް އަށް ވަނީ ޓޮޓެންހަމް އަށް ލީޑުނަގައިދޭން ހުސް ފުރުސަތެއް ލިބިފަ އެވެ. އެކަމަކު، އޭނާ އަށް ބޭނުންކުރެވޭ ގޮތެއްނުވި އެވެ. 

ނިއުކާސަލް އިން މެންޗެސްޓާ ސިޓީން ގަތް ސްޕެއިންގެ މިޑްފީލްޑަރު، ނިކޯ ގޮންޒާލޭޒްގެ މޮޅު ކުޅުން ފެނިގެންދިޔައިރު، އޭނާގެ ދައުރާ އެކު ނިއުކާސަލް އިން ވަނީ 62 ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. އެ ގޮތުން، ނިކޯ މަތިން ކުޅުނު ބޯޅައެއްގައި ނިއުކާސަލް އިން ތަނަވަސްކުރި ފުރުސަތެއްގައި ޓޮޓެންހަމް އޭރިއާތެރެއިން އެންތަނީ އެލަންގާ ޖެހި ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެވެ. 

ޓޮޓެންހަމް އިން އެއްވަރުކުރެވޭތޯ މަސައްކަތްކުރަމުން ދަނިކޮށް ދެން ވެސް މެޗުގައި ލަނޑު ޖެހީ ނިއުކާސަލުންނެވެ. މިއީ މެޗުގެ 72 ވަނަ މިނިޓްގައި ޔޮއާން ވިއްސާ ޖެހި ގޯލެކެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިއުކާސަލް އަށް ކުޅޭ ޖަރުމަނުގެ ފޯވާޑް، ނިކް ވޯލްޓަމާޑާ ކުޅެން އަރައި ކޯނަރެއްގައި އޭރިއާތެރެއިން ބޮލުން ޖައްސާލި ބޯޅަ ވިއްސާ ވަނީ ވެއްޓިގެންފައި ގޯލަށް ވައްދާލައިފަ އެވެ. 

މިދިޔަ ސީޒަނުގެ ފަހުކޮޅުގައި، ޓޮޓެންހަމް ކޯޗުކަމާ ހަވާލުވެ، އެ ޓީމު ރެލިގޭޝަނުން ސަލާމަތްކޮށްދިން އިޓަލީގެ ކޯޗު ރޮބާޓޯ ޑި ޒާބީ އަކީ މި ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށްޓަކައި އެންމެ ބޮޑު ހޭދައެއް ކުރި އެއް ޓީމެވެ. އެ ގޮތުން، އެ ޓީމުން އާ ކުޅުންތެރިންނަށް 350 މިލިއަން ޑޮލަރަށް ވުރެން އިތުރަށް ހަރަދުކުރިއިރު، ފުރަތަމަ ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ. 

ޓޮޓެންހަމް ކޮޅަށް ލަނޑު ޖެހުމަށްް ފަހު ނިއުކާސަލް ކުޅުންތެރިން އުފާފާޅުކުރަނީ.
ޓޮޓެންހަމް ކޮޅަށް ލަނޑު ޖެހުމަށްް ފަހު ނިއުކާސަލް ކުޅުންތެރިން އުފާފާޅުކުރަނީ.

އަނެއްކޮޅުން، ނިއުކާސަލްއާ ހަވާލުވި ކޯޗު، ޖަރުމަނުގެ މަޓިއަސް ޖައިސްލާ މި ވަނީ ޓޮޓެންހަމް ބަލިކޮށް ލީގުގައި ފުރަތަމަ މޮޅު ހޯދައިފަ އެވެ. 

ލީގުގައި މިރޭ ބޯންމައުތުން އަލެކްސް ސްކޮޓް ފުރަތަމަ ހާފުގައި ޖެހި ގޯލުން ލީޑުނެގިއިރު، އެވަޓަން އިން ވަނީ ޖޭމްސް ޓާކޯސްކީ އިތުރު ވަގުތުގައި ޖެހި ގޯލުން 1-1 އިން އެއްވަރުކޮށްފަ އެވެ. 

ލީގަށް ހަތް އަހަރު ފަހުން އެނބުރި އައި ހަލް ސިޓީން ފުރަތަމަ މެޗުގައި މެންޗެސްޓާ ޔުނައިޓެޑް ބަލިކުރި ފޯމު ދަމަހައްޓައި، ކަވެންޓްރީ ސިޓީ 1-0 އިން ބަލިކޮށް ވަނީ ދެ ވަނަ މެޗުން ވެސް މޮޅުވެފަ އެވެ. ފަންސަވީސް އަހަރު ފަހުން ލީގަށް އައި ކަވެންޓްރީ މި ފަހަރު ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ. މި މެޗުގެ ދެ ވަނަ ހާފުގައި، ފްރޭންކް ލަމްޕާޑް ކޯޗުކޮށްދޭ ކަވެންޓްރީ ކޮޅަށް ހަލް އިން ޖެހި ހަމައެކަނި ލަނޑު ޖެހީ ލިއަމް މިލާ އެެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox