ލިވަޕޫލަށް އަދި މޮޅެއް ނުލިބި އޮތަސް އިރައޯލާ ހުރީ ހަމަޖެހިގެން

Sep 4, 2026, 10:03 AM
ލިވަޕޫލްގެ ކޯޗު އަންޑޯނީ އިރައޯލާ

ލިވަޕޫލްގެ ކޯޗު އަންޑޯނީ އިރައޯލާ

ލިވަޕޫލް (ސެޕްޓެމްބަރު 4) - އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަނުގައި ފުރަތަމަ ދެ މެޗު ކުޅުނުއިރު، ލިވަޕޫލަށް މޮޅެއް ނުލިބުމަކީ ކަންބޮޑުވުމެއް ކަމަށް ވިޔަސް އެއީ އަވަސް އަރުވާލައިގެން ކަންތައްތަކެއް ކުރަން ޖެހޭ ސަބަބެއް ނޫން ކަމަށް ސްޕެއިނުގެ ކޯޗު، އަންޑޯނީ އިރައޯލާ ބުނެފި އެވެ. 

ބޯންމައުތަށް ކުރިން ކޯޗުކޮށްދިން އިރައޯލާ، ލިވަޕޫލާ ހަވާލުވީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. މި ފަހަރުގެ ސީޒަނުގައި ލިވަޕޫލުން ކުޅުނު ދެ މެޗުގައި ވެސް ބަލިނުވެ ސަލާމަތްވީ ފަހު ވަގުތު އެވެ. އެ ގޮތުން، ފުރަތަމަ ރަށުންބޭރުގައި ނިއުކާސަލް ޔުނައިޓެޑާ ކުޅެެގެން، އިތުރު ވަގުތުގެ ތެރޭގައި ޖެހި ޕެނަލްޓީން 2-2 އިން އެއްވަރުކުރި އެެވެ. އޭގެ ފަހުން، ނޮޓިންހަމް ފޮރެސްޓާ އަމިއްލަ ދަނޑުގައި ކުޅެގެން ވެސް ފަހު ވަގުތު ލަނޑު ޖަހައި، 2-2 އިން ވީ އެއްވަަރެވެ. 

އިރައޯލާ ބުނީ ފުރަތަމަ ދެ މެޗު ކުޅުނުއިރު، އަސްލު ބޭނުންވާ ހިސާބަކީ މޮޅެއް ހޯދައިގެން ތިބުން ކަމަށެވެ. މޮޅެއް ނުވެ އޮތުމަކީ ކަންބޮޑުވުން ހުންނާނެ ކަމެއް ކަމަށް ވެސް އިރައޯލާ ވަނީ ބުނެފަ އެވެ. 

"އެންމެ ފުރަތަަމަ ދެ މެޗު އަބަދުވެސް އުނދަގޫވާނެކަން އެނގޭ. އެކަމަކު، މިހާރު އަހަރެން މި ހުރީ ކުރިއަށް ވުރެން ހަމަޖެހިގެން. ޓްރާންސްފާ މާކެޓް އެ އޮތީ ބަންދުވެފައި. އަހަރެމެންނަށް އެބަ އެނގޭ މިހާރު މިތިބި ހިސާބު. އަހަރެމެންނަށް އެނގޭ ކުރަން ޖެހޭ މަސައްކަތާއި ކުޅުން ދައްކައިގެންކަން ކުރިއަށްދެވޭނީ،" އިރައޯލާ ބުންޏެވެ. 

ލީގުގައި މިރޭ ލިވަޕޫލުން ނުކުންނާނީ ރަށުންބޭރުގައި އިޕްސްވިޗް ޓައުންއާ ދެކޮޅަށެވެ. އެ ޓީމު ވަނީ އެންމެ ފަހުން ކުޅުނު މެޗުގައި ރަށުންބޭރުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން 5-2 އިން ބަލިވެފަ އެވެ. އިޕްސްވިޗުން ވަނީ އަމިއްލަ ދަނޑުގައި މި ސީޒަނުގައި ކުުޅުނު ދެ މެޗުން، ޕްރިމިއާ ލީގުގައި ސަންޑަލެންޑް އަތުން އަދި ލީގު ކަޕްގައި ލެސްޓާ ސިޓީ އަތުން މޮޅުވެފަ އެވެ. 

"އިޕްސްވިޗް ވަނީ ފުރަތަމަ މެޗުން އަމިއްލަ ދަނޑުގައި މޮޅުވެފައި. ދެން، އެންމެ ފަހުން ކުޅުނު މެޗުގައި އިޕްސްވިޗުން ރަނގަޅަށް ކުޅެ، ޔުނައިޓެޑުން 2-1 އިން ލީޑުނެގި ހިސާބުން މެޗު އިތުރަށް ހުޅުވިގެންދިޔައީ. މިއީ، އަހަރެމެން ތައްޔާރުވެ ތިބެގެން ރަނގަޅަށް ކުޅެން ޖެހޭނެ މެޗެއް،" މިރޭ، އިޕްސްވިޗް ދަނޑުގައި އެ ޓީމާ ކުޅޭ މެޗާ ބެހޭގޮތުން، އިރައޯލާ ބުންޏެވެ. 

ލިވަޕޫލުން ޓްރާންސްފާގެ ފަހު ކޮޅުގައި ގެނައި، ފްރާންސްގެ ވިންގް، ބްރެޑްލީ ބާކޮލާ އަންނަނީ ޓީމުގެ ޓްރެއިނިންތަކުގައި ބައިވެރިވަމުން ކަމަށާއި އިޕްސްވިޗް މެޗުގައި ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް އިރައޯލާ ވަނީ ބުނެފަ އެވެ. 

ލިވަޕޫލާއި އިޕްސްވިޗް ކުޅޭ މެޗު ފަށާނީ މިރޭ 12 ޖަހާއިރު އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ވެސް ވާދަކުރާ ގޮތަށް ސައުދީގައި އޮތް އައިމެގް ފަސްކޮށްފި

ސައުދީ އަރަބިއްޔާގައި މިއަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ތާވަލުކުރި "އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސް" (އައިމެގް)، ލޮޖިސްޓިކްސް އަދި ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރުގެ މާޗް މަހަށް ފަސްކޮށްފި. ޖުމްލަ އެކު، 45 ގައުމަކުން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބިލިއާޑް އަދި ޗެސްގެ ކުޅުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައި

ހާލަތު ބަދަލުކުރަން ކެރިކަށް ޔުނައިޓެޑުން ފަހު ފުރުސަތު ދީފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމާ ގުޅިގެން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކުރަން އުޅުމަށްފަހު، ޓީމުގެ ހާލަތު ރަނގަޅުކުރުމަށް އޭނާއަށް ފަހު ފުރުސަތެއް ދޭން އެ ކްލަބުން ނިންމައިފި. މި ސީޒަނުގައި ކުޅުނު 12 މެޗުން އެންމެ ދެ މެޗުން މޮޅުވެފައިވާއިރު، މިއީ ފާއިތުވި 40 އަހަރު ތެރޭގައި އެ ޓީމުން ސީޒަނެއް މިހާ ދަށްކޮށް ފެށި ފުރަތަމަ ފަހަރު.

ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް އިން އާސެނަލް ކަޓުވާލައިފި

އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ބުރުގައި ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް ޓައުން އިން އާސެނަލް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި. މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވުމުން، ފްލީޓްވުޑް މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-3 ގެ ނަތީޖާއަކުން

ފަސް ބަދަލަކާ އެކު ގައުމީ ފުޓްސަލް ޓީމު އެކުލަވާލައިފި

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް، ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށް ފަސް ބަދަލެއް ގެނައުމަށްފަހު ގައުމީ ފުޓްސަލް ސްކޮޑު އެކުލަވާލައިފި. ކޯޗު ފާރޫކް ޒަކީރޯވްގެ އިރުޝާދުގެ ދަށުން ކުޅޭ މި ޓީމުގެ ކެޕްޓަނަކީ މުހައްމަދު އިމްރާން (އިންމި).

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

Newsletter

Get the latest news delivered straight to your inbox