ލިވަޕޫލަށް ބާކޮލާ ވިއްކާލަން ޕީއެސްޖީން އެއްބަސްވުމަކަށް

Aug 28, 2026, 11:32 AM
ޕީއެސްޖީގެ މެޗެއްގެ ތެރެއިން ބާކޮލާ

ޕީއެސްޖީގެ މެޗެއްގެ ތެރެއިން ބާކޮލާ

ޕެރިސް (އޮގަސްޓް 28) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ލިވަޕޫލުން އެންމެ ބޮޑަށް ގެންނަން މަސައްކަތް ކުރަމުން އައި ފްރާންސްގެ ފޯވާޑް، ބްރެޑްލީ ބާކޮލާ ގަންނަން އޭނާ ކުޅެމުން އަންނަ ޕީއެސްޖީއާ އެކު އެއްބަސްވުމަކަށް އަތުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.  

ކުރިން ލިޔޯނަށް ކުޅުނު ބާކޮލާ، 23، ވިއްކާލަން ޕީއެސްޖީން މި ފަހަރުގެ ޓްރާންސްފާ މާކެޓް ފެށުނުތަނާ ކީ އަގު އުޅެނީ 190 މިލިއަން ޑޮލަރުގަ އެވެ. އެކަމަކު، ލިވަޕޫލުން އެންމެ ބޮޑަށް ވެސް ބާކޮލާ ގެންނަން ހަރަދުކުރަން ނިންމާފައި އޮތީ 140 މިލިއަން ޑޮލަރެވެ. އެތައް ހަފްތާއެއް މަޝްވަރާ ކުރުމަށް ފަހު، ލިވަޕޫލުން ބާކޮލާ ގަންނަން ޕީއެސްޖީއާ އެކު އެއްބަސްވުމަކަށް އައީ ވެސް އެންމެ ފުރަތަމަ ހަރަދުކުރަން ނިންމި އަގުގަ އެވެ. 

ބާކޮލާގެ ޑީލުގައި ލިވަޕޫލަށް ދޫދޭން ޕީއެސްޖީން ތައްޔާރުވަނީ: ރިޕޯޓް

ޕީއެސްޖީގެ ފޯވާޑް ބްރެޑްލީ ބާކޮލާ ހޯދުމަށް ލިވަޕޫލުން ކުރާ މަސައްކަތުގައި، ޕީއެސްޖީން ކިޔާ އަގު ކުޑަކޮށް ދޫދޭން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނޭ. ބާކޮލާ ވެސް ލިވަޕޫލާ ގުޅެން ބޭނުންވާއިރު، މި ޑީލުގެ ތެރެއިން ޕީއެސްޖީގެ ޒުވާން ކުޅުންތެރިޔާ އިބްރާހިމް އެމްބާޔޭ ހޯދުމަށް ވެސް ލިވަޕޫލުން އަންނަނީ މަސައްކަތް ކުރަމުން.

ރިޕޯޓްތައް ބުނާގޮތުން، ލިވަޕޫލުން ބާކޮލާ ގަންނަން އެންމެ ފުރަތަމަ ދައްކާނީ، 115 މިލިއަން ޑޮލަރެވެ. ބާކީ 25 މިިލިއަން ޑޮލަރަކީ، ލިވަޕޫލާ އެކު ބާކޮލާ ސޮއިކުރާ ކޮންޓްރެކްޓްގެ މުއްދަތުގެ ތެރޭގައި ފުރިހަމަވާ ކަންކަމަށް ބަލާފައި ދޭނެ އެޑްއޮންސްތަކެވެ. 

މި ސީޒަނުގައި ޕީއެސްޖީގެ މެޗުތަކުގައި ބާކޮލާ އަށް ފުރުސަތު ނުލިބެ އެވެ. ލިވަޕޫލާ އެކު ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ބާކޮލާ އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. 

މި ފަހަރުގެ ޓްރާންސްފާގައި އިތުރު ކުޅުންތެރިން ހޯދަން ވެސް މަސައްކަތް ކުރަމުން އަންނަ ލިވަޕޫލުން، ޕީއެސްޖީ އަށް ކުޅޭ އުމުރުން 18 އަހަރުގެ ސެނެގާލްގެ ފޯވާޑް، އިބްރާހިމް އެމްބާޔޭ ހޯދަން ވެސް މަސައްކަތްކުރަމުން އަންނަ ކަމަށް ފްރާންސްގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ. 

އިތުރު އެޓޭކިން ކުޅުންތެރިއަކު ގަންނަން ޓްރާންސްފާ މާކެޓްގައި ލިވަޕޫލުން ހަރަކާތްތެރިވަމުން އަންނައިރު، ބްރައިޓަން ހޯލްވް އެންޑް އަލްބިއަންގެ ޔަންކޫބާ މިންޓޭ ގަންނަން ކުރި ދެ ބިޑް ވެސް ވީ ނާކާމިޔާބެވެ. އަދި، ކްރިސްޓަލް ޕެލަސްގެ އިސްމާއިލާ ސާ ގަންނަން ހުށަހެޅި އޮފާ ވެސް އެ ކްލަބުން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. 

އަންގާރަ ދުވަހު ޓްރާންސްފާ މާކެޓް ބަންދުވުމުގެ ކުރިން މިޑްފީލްްޑަރެއް ގެނެވޭތޯ ލިވަޕޫލުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެ ގޮތުން، ލިވަޕޫލުން ފާރަލަމުން އަންނަަ ދެ ކުޅުންތެރިންނަކީ، މޮނާކޯ އަށް ކުޅެމުން އަންނަ ލަމީން ކަމަރާ އާއި ރޯމާގައި މޮޅު ކުޅުމެއް ދައްކާ މަނޫ ކޯނޭ އެވެ. 

ސްޕެއިނުގެ ކޯޗު އަންޑޯނީ އިރައޯލާގެ ކޯޗުކަމުގައި މި ސީޒަނަށް ތައްޔާރުވަމުން އަންނަ ލިވަޕޫލުން ވަނީ 50 މިިލިއަން ޑޮލަރުގެ ޕެކޭޖެއްގައި އޮސަސޫނާ އަށް ކުޅެމުން އައި 23 އަހަރުގެ ފޯވާޑް ވިކްޓަ މުނޯޒް ގަނެފަ އެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox