ބާކޮލާގެ އޮތީ ލިވަޕޫލާ އެކު ބޮޑެތި ކާމިޔާބީތަކެއް ހޯދުމުގެ އަމާޒެއް

Sep 1, 2026, 8:41 AM
ލިވަޕޫލަށް ސޮއިކުރުމަށް ފަހު ބާކޮލާ، އެ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި ތައާރަފްކުރުމުގެ ތެރެއިން.

ލިވަޕޫލަށް ސޮއިކުރުމަށް ފަހު ބާކޮލާ، އެ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި ތައާރަފްކުރުމުގެ ތެރެއިން.

ލިވަޕޫލް (ސެޕްޓެމްބަރު 1) - ލިވަޕޫލާ އެކު ދިގު މުއްދަތުގެ ކޮންޓްރެކްޓެއްގައި ސޮއިކުރި އެންމެ ބޮޑު އަމާޒަކީ އެ ޓީމާ އެކު ބޮޑެތި ކާމިޔާބީތަކެއް ހޯދަން ބޭނުންވާތީ ކަަމަށް ފްރާންސްގެ ފޯވާޑް، ބްރެޑްލީ ބާކޮލާ ބުނެފި އެވެ. 

އުމުރުން 22 އަހަރުގެ ބާކޮލާ، ޕީއެސްޖީ ދޫކޮށް ލިވަޕޫލާ ގުޅުނީ ފަސް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. ލިވަޕޫލުން މި ޓްރާންސްފާ އަށް އެންމެ ފުރަތަމަ ދައްކާނީ 143 މިލިއަން ޑޮލަރެވެ. އަދި، ކޮންޓްރެކްޓްގެ މުއްދަތުގައި ހާސިލްކުރާ ކަންކަމަށް ބަލައި، އިތުރު 17 މިިލިއަން ޑޮލަރު ދޭން ވަނީ އެއްބަސްވެފަ އެވެ. 

ޕީއެސްޖީގައި ތިން އަހަރު ހޭދަކުރި ލިޔޯނުގެ ކުރިގެ ތަރި، ބާކޮލާ ބުނީ، ލިވަޕޫލަށް ކުުޅުމަކީ އޭނާ އަށް ލިބިގެންދާނެ ވަަރަށް ބޮޑު ފަހުރެއް ކަމަށެވެ. އަދި، ލިވަޕޫލަށް ބަދަލުވުމަށްޓަކައި މި ޓްރާންސްފާގެ ކަންކަން ހަމަޖެހިގެންދާން ދިގު މުއްދަތެއް ނެގި ނަމަވެސް ހުރިހާ ކަމެއް ނިމުުމުން ވަރަށް ހިތްހަަމަޖެހިފައި ހުރި ކަމަށް ބާކޮލާ ވަނީ ބުނެފަ އެވެ. 

ލިވަޕޫލަށް ސޮއިކުރުމަށް ފަހު ބާކޮލާ، އެ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި ތައާރަފްކުރުމުގެ ތެރެއިން.
ލިވަޕޫލަށް ސޮއިކުރުމަށް ފަހު ބާކޮލާ، އެ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި ތައާރަފްކުރުމުގެ ތެރެއިން.

"ވަރަށް ބޮޑެތި ކާމިޔާބީތަކެއް ހޯދަން ބޭނުން، އެންމެ ފުރަތަމަ ކަމަކަށް އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކުރުމަކީ އަހަރެންގެ ވަރަށް ބޮޑު ހުވަފެެނެއް،" ޕީއެސްޖީއާ އެކު މިދިޔަ ދެ ސީޒަނުގައި ޔުއެފާ ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލި ބާކޮލާ ބުންޏެވެ. 

"މި ޓީމުގައި (ލިވަޕޫލްގައި) ދިގު މުއްދަތަކަށް ހުންނަން އަހަރެން ބޭނުން. އެއީ، އަހަރެން ދިގު މުއްދަތުގެ ކޮންޓްރެކްޓެއްގައި ސޮއިކުރި ސަބަބަކީ ވެސް،" 

ލިޔޯނުން ބާކޮލާ، ޕީއެސްޖީ އަށް ބަދަލުވީ 55 މިލިއަން ޑޮލަރުގެ ފީ އަކަށެވެ. ބާކޮލާ ވަނީ ޕީއެސްޖީ އަށް ކުޅެދިން 152 މެޗުން އެ ޓީމަށް 39 ލަނޑު ޖަހައި، 35 ލަނޑު ޖަަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ޗެމްޕިއަންސް ލީގު ދެ ފަހަރަށް ހޯދުމުގެ އިތުރުން، ބާކޮލާ ވަނީ ޕީއެސްޖީގައި ހުރެ ފްރެންޗް ލީގުގެ ތަށި ތިން ފަަހަރު އުފުލާލައިފަ އެވެ. 

ލިވަޕޫލުން އިތުރު ވިންގް އެއް ހޯދުމުގެ މަސައްކަތް ކުރިއިރު، ކްރިސްޓަލް ޕެލަސްގެ އިސްމާއިލާ ސާ އާއި ބްރައިޓަން ހޯލްވް އެންޑް އަލްބިއަންގެ ޔަންކޫބާ މިންޓޭ ގަންނަން ބިޑްތަކެއް ކުރި އެވެ. އެ ގޮތުން، ކޮންމެ ކުޅުންތެރިއަކަށް ވެސް ކުރި ދެ ބިޑެއް ނާކާމިޔާބުވުމާ އެކު، މި ފަހަރުގެ ޓްރާންސްފާގައި ކޯޑީ ގަކްޕޯ ދޫކޮށްލަން ލިވަޕޫލުން ނިންމި ނިންމުން ބަދަލުކުރި އެވެ. ޓޮޓެންހަމް ހޮޓްސްޕާސް އިން އެންމެ ފުރަތަމަ ގަކްޕޯ އަށް ޝައުގުވެރިކަން ފާޅުކުރިއިރު، ފަހުން މެންޗެސްޓާ ސިޓީން އެ ރޭހަށް ވަނެވެ. އަދި، ސިޓީން 100 މިލިއަން ޑޮލަރުގެ ބިޑެއް ގަކްޕޯ ގަންނަން ކުރި ނަމަވެސް ލިވަޕޫލުން ނިންމީ ބަލައިނުގަންނާށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox