ރެކޯޑް އަގަކަށް ޗެލްސީގެ އެންޒޯ ގަންނަން ސިޓީން އެއްބަސްވުމަކަށް

Sep 2, 2026, 1:05 AM
ޗެލްސީ މެޗެއްގެ ތެރެއިން އެންޒޯ ފެނާންޑޭސް.

ޗެލްސީ މެޗެއްގެ ތެރެއިން އެންޒޯ ފެނާންޑޭސް.

މެންޗެސްޓާ (ސެޕްޓެމްބަރު 2) - ޗެލްސީ އަށް ކުޅެމުން އައި އާޖެންޓީނާގެ ގައުމީ ޓީމުގެ މިޑްފީލްޑަރު، އެންޒޯ ފެނާންޑޭސް، އިނގިރޭސި ރެކޯޑް ޓްރާންސްފާ ފީ އަކަށް މެންޗެސްޓާ ސިޓީ އަށް ބަދަލުވާން އެއްބަސްވެއްޖެ އެވެ. 

އުމުރުން 25 އަހަރުގެ އެންޒޯ، ސިޓީ އަށް ބަދަލުވާނީ، 169 މިލިއަން ޑޮލަރުގެ ފީ އަކަށެވެ. ބީބީސީން ރިޕޯޓްކުރާ ގޮތުގައި، މިއީ، މިދިޔަ ސީޒަން ފެށުމުގެ ކުރިން، ލިވަޕޫލުން ނިއުކާސަލް ޔުނައިޓެޑްގެ އަލެކްސަންޑަ އިސާކް ގަންނަން ހަރަދުކުރި ވަރުގެ މިންވަރެކެވެ. އެހެން ކަމުން، އިސާކް އާއި އެންޒޯގެ ޑީލަކީ ޕްރިމިއާ ލީގުގެ ޖޮއިންޓް ރެކޯޑެކެވެ. 

ގަތަރުގައި 2022 ވަަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އާޖެންޓީނާ އިން ހޯދިއިރު، އެ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ، އެންޒޯ، އެ މުބާރާތަށް ފަހު، ދެން އައި، ޖެނުއަރީ ޓްރާންސްފާ މާކެޓްގައި، ބެންފީކާ ދޫކޮށް ޗެލްސީ އަށް ސޮއިކުރީ ބޮޑު އަގުގަ އެވެ. އެ ގޮތުން، އެންޒޯގެ ސޮއި ހޯދަން ޗެލްސީންް 130 މިލިއަން ޑޮލަރު ދެއްކި އެވެ. އެއީ، އޭރުގެ ޓްރާންސްފާ ރެކޯޑެވެ. 

ސިޓީއާ އެކު ދިގު މުއްދަތުގެ ކޮންޓްރެކްޓެއްގައި އެންޒޯ ސޮއިކުރާއިރު، އޭނާ ހޯދަން ސިޓީ އަށް އެންމެ ބޮޑަށް ބާރު އެޅީ ކުރިން ޗެލްސީގައި ހުރުމަށް ފަހު މިހާރު ސިޓީގެ ކޯޗުކަމާ ހަވާލުވެ ހުރި އެންޒޯ މަރެސްކާ އެވެ. 

ޗެލްސީއާ އެކު، ޔުއެފާ ކޮންފަރެންސް ލީގާއި ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުުުކުރި އެންޒޯ ވަނީ އެ ޓީމަށް ކުޅެދިން 170 މެޗުން 31 ލަނޑު ޖަހައި، 30 ލަނޑު ޖަހަން ފުރުސަތު ހޯދައިދީފަ އެވެ. 

ޗެލްސީ މެޗެއްގެ ތެރެއިން އެންޒޯ ފެނާންޑޭސް: އެންޒޯ އަކީ ސިޓީން ރޮޑްރީގެ މަގާމު ފޫބައްދަން ގެނައި ކުޅުންތެރިޔާ.
ޗެލްސީ މެޗެއްގެ ތެރެއިން އެންޒޯ ފެނާންޑޭސް: އެންޒޯ އަކީ ސިޓީން ރޮޑްރީގެ މަގާމު ފޫބައްދަން ގެނައި ކުޅުންތެރިޔާ.

އެންޒޯގެ ޑީލް ނިންމާއިރު، ސިޓީން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ތިން މިޑްފީލްޑަރުން ގަންނަން ބޮޑު ހޭދައެއް މި ވަނީ ކޮށްފަ އެވެ. ސިޓީން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ނޮޓިންހަމް ފޮރެސްޓަށް ކުޅޭ އިނގިރޭސި މިޑްފީލްޑަރު، އެލިއަޓް އެންޑަސަން، 116 މިލިއަން ޑޮލަރު ދީފައި ގަނެފަ އެވެ. އެކަމަކު، އެ ޑީލްގެ އަގު ޖުމްލަ އެކު، 145 މިލިއަން ޑޮލަރަށް އެރުމުގެ ފުރުސަތު އެބައޮތެވެ. އަދި، އޭގެ ފަހުން، ސިޓީން ވަނީ، ފްރާންސްގެ ލިލްއާ އެކު މަޝްވަރާކޮށް، ޖުމްލަ އެކު 116 މިލިއަން ޑޮލަރުގެ ފީއެއް އަރާ ޕެކޭޖެއްގެ ތެރެއިން، މޮރޮކޯގެ މިޑްފީލްޑަރު، އައްޔޫބް ބުއާދީގެ ސޮއި ހޯދައިފަ އެވެ. މާނަ އަކީ މި ތިން މިޑްފީލްޑަރުންނަށް ސިޓީން، ޖުމްލަ އެކު، ޓްރާންސްފާ ފީގެ ގޮތުގައި، 430 މިލިއަން ޑޮލަރު ދައްކަން ޖެހުމުގެ ފުރުސަތު އެބައޮތެެވެ. 

ސިޓީން ވަނީ އެވަޓަން އަށް ކުޅޭ ސެނެގާލްގެ ވިންގް، އިލިމަން އެންޑިއާޔޭ، 88 މިލިއަން ޑޮލަރަށް ގެންނަން ނިންމައިފަ އެވެ. އެއާ އެކު، މި ފަހަރުގެ ޓްރާންސްފާގައި ސިޓީން ކުޅުންތެރިން ގެންނަން ކުރި ހަރަދު ޖުމްލަ އެކު، 600 މިިިލިއަން ޑޮލަރަށް ވުރެން އިތުރުވާނެ އެވެ. 

ކުޅުންތެރިން ގަތުމަށްޓަކައި، ސިޓީން މި ފަަހަރުގެ ޓްރާންސްފާގައި ގިނަ ކުޅުންތެރިންތަކެއް ވަނީ ވިއްކައިފަ އެވެ. އެ ގޮތުން، ސިޓީން ދޫކޮށްލި ކުޅުންތެރިންގެ ތެރޭގައި، ރޮޑްރީ، ސަވިއޯ، ނިކޯ ގޮންޒާލޭޒް، ޓިޖާނީ ރައިންޑާސް އަދި ޖޭމްސް ޓްރަފޯޑް ހިމެނެ އެެވެ. މި ކުޅުންތެރިން ވިއްކައިގެން ސިޓީން، 400 މިލިއަން ޑޮލަރަށް ވުރެން ބޮޑު އާމްދަނީއެއް ވަނީ ހޯދައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ވެސް ވާދަކުރާ ގޮތަށް ސައުދީގައި އޮތް އައިމެގް ފަސްކޮށްފި

ސައުދީ އަރަބިއްޔާގައި މިއަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ތާވަލުކުރި "އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސް" (އައިމެގް)، ލޮޖިސްޓިކްސް އަދި ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރުގެ މާޗް މަހަށް ފަސްކޮށްފި. ޖުމްލަ އެކު، 45 ގައުމަކުން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބިލިއާޑް އަދި ޗެސްގެ ކުޅުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައި

ހާލަތު ބަދަލުކުރަން ކެރިކަށް ޔުނައިޓެޑުން ފަހު ފުރުސަތު ދީފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމާ ގުޅިގެން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކުރަން އުޅުމަށްފަހު، ޓީމުގެ ހާލަތު ރަނގަޅުކުރުމަށް އޭނާއަށް ފަހު ފުރުސަތެއް ދޭން އެ ކްލަބުން ނިންމައިފި. މި ސީޒަނުގައި ކުޅުނު 12 މެޗުން އެންމެ ދެ މެޗުން މޮޅުވެފައިވާއިރު، މިއީ ފާއިތުވި 40 އަހަރު ތެރޭގައި އެ ޓީމުން ސީޒަނެއް މިހާ ދަށްކޮށް ފެށި ފުރަތަމަ ފަހަރު.

ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް އިން އާސެނަލް ކަޓުވާލައިފި

އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ބުރުގައި ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް ޓައުން އިން އާސެނަލް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި. މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވުމުން، ފްލީޓްވުޑް މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-3 ގެ ނަތީޖާއަކުން

ފަސް ބަދަލަކާ އެކު ގައުމީ ފުޓްސަލް ޓީމު އެކުލަވާލައިފި

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް، ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށް ފަސް ބަދަލެއް ގެނައުމަށްފަހު ގައުމީ ފުޓްސަލް ސްކޮޑު އެކުލަވާލައިފި. ކޯޗު ފާރޫކް ޒަކީރޯވްގެ އިރުޝާދުގެ ދަށުން ކުޅޭ މި ޓީމުގެ ކެޕްޓަނަކީ މުހައްމަދު އިމްރާން (އިންމި).

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

Newsletter

Get the latest news delivered straight to your inbox