މުޑްރިކްގެ ކެރިއަރު ހަމަމަަގަށް އަޅުވަން ޓޮޓެންހަމް އަށް

Sep 2, 2026, 10:55 AM
ޔޫކްރެއިންގެ ތަރި، މިހައިލޯ މުޑްރިކް

ޔޫކްރެއިންގެ ތަރި، މިހައިލޯ މުޑްރިކް

ލަންޑަން (ސެޕްޓެމްބަރު 2) - މަނާބޭހުގެ މައްސަލައެއްގައި ތާށިވެފައި ހުރުމަށް ފަހު ދާދި ފަހުން ކުޅުމުގެ ފުރުސަތު ލިބުނު ޔޫކްރެއިންގެ ތަރި، މިހައިލޯ މުޑްރިކް، ލޯން އެއްބަސްވުމެއްގެ ދަށުން ޓޮޓެންހަމް ހޮޓްސްޕާސް އަށް ބަދަލުވެއްޖެ އެވެ. 

މުޑްރިކް، 25، ގެ ސަސްޕެންޝަންގެ މައްސަލައިގައި ހައްލެއް ލިބި، 21 މަސް ދުވަސް ފަހުން، އަލުން ކުޅުމުގެ ތެރެއަށް އަންނަން ފުރުސަތު ފަހިވީ މި މަހު ކުރީކޮޅުގަ އެވެ. މުޑްރިކް މަނާބޭހެއް ބޭނުންކުރި މައްސަލަ ދިގުލައިދާތީވެ، އޭނާ ވަނީ މި އަހަރު ކުރީކޮޅުގައި، އެކަމަށް ހައްލެއް ހޯދަން، ކުޅިވަރުގެ އެންމެ މަތީ ކޯޓު، ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އަށް ހުށަހަޅައިފަ އެވެ. ކާސް އިން ރަނގަޅަށް މައްސަލަ ނުފަށަނީސް، އިނގިރޭސި އެފްއޭ އިން ނިންމާފައިވަނީ، މުޑްރިކްގެ މައްސަަލަ މިހާރު ނިމިފައިވާ ކަމަށެވެ. އެއީ، މި މައްސަލައިގައި މުޑްރިކް އަށް އަންނަން ޖެހޭ ވަރުގެ އަދަބަކާ އެއްވަރުގެ މުއްދަތެއް ކުޅުމާ ދުރުގައި އޭނާ މިހާތަނަށް ވެސް ހުރެފައިވާތީ އެވެ. 

21 މަސް ދުވަސް ފަހުން މުޑްރިކް އަށް ފުޓްބޯޅަ ކުޅެން ފުރުސަތު

މަނާބޭހުގެ މައްސަލައެއްގައި ހަތަރު އަހަރަށް ސަސްޕެންޑްކުރި ޗެލްސީގެ މުޑްރިކް، 21 މަސް ދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހު އަލުން ކުޅުމުގެ ފުރުސަތު ލިބިއްޖެ. މި ފުރުސަތު އޭނާ އަށް ލިބުނީ ސަސްޕެންޝަންގެ މައްސަލަ ކޯޓަށް ހުށަހަޅާފައިވަނިކޮށް، އޭނާ މިހާތަނަށް ހުރި މުއްދަތަކީ އަދަބަކަށް ފުދޭ މުއްދަތެއް ކަމަށް އިނގިރޭސި އެފްއޭއިން ނިންމުމާ ގުޅިގެން

ޗެލްސީގެ ޕްރީ ސީޒަން ބައެއްް މެޗުތަކުގައި ކުޅުނު ނަމަވެސް، ސީޒަން ފެށި ފަހުން މުޑްރިކްގެ ބޭނުން އެ ޓީމުން ނުކުރެ އެވެ. އެއާ އެކު، ގަވާއިދުން ކުޅެން ލިބޭ ޓީމަކާ ގުޅެން މުޑްރިކް ނިންމައިގެން ހުއްޓައި ޓޮޓެންހަމް އިން ވަނީ އޮފާކޮށްފަ އެވެ. ޓޮޓެންހަމްގެ ކޯޗަކަށް ހުރި އިޓަލީގެ ރޮބާޓޯ ޑި ޒާބީއާ އެކު، މުޑްރިކް ވަނީ ކުރިން ޔޫކްރެއިންގެ ޝަހުތަރު ޑޮނެސްކްގައި މަސައްކަތްކޮށްފަ އެވެ. 

ޓޮޓެންހަމްގެ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި މުޑްރިކް ބުނީ، އެ ކްލަބާ އެކު މަސައްކަތް ފަށައި، އަލުން ޑި ޒާބީގެ ކޯޗުކަމުގައި ކުޅެން ކެތްމަދުވެފައި ހުރި ކަމަށެވެ. ޓޮޓެންހަމްގެ ސަޕޯޓަރުން ޝައުގުވެރިވާނެ ކަހަލަ ކުޅުމެއް ދައްކަން މަސައްކަތްކުރާނެ ކަމަށް މުޑްރިކް ވަނީ ބުނެފަ އެވެ. 

މުޑްރިކްގެ އިތުރުން ޗެލްސީގެ ޑިފެންޑަރު، ޓޮސިން އަޑަރަބިއޯޔޯ ވެސް ވަނީ ޓްރާންސްފާގެ ފަހު ދުވަހު ޓޮޓެންހަމް އަށް ބަދަލުވެފަ އެވެ. ޓޮޓެންހަމް އިން ޓޮސިން ގަތީ ނުވަ މިލިއަން ޑޮލަރަށެވެ. މުޑްރިކްގެ އެއްބަސްވުން ދާއިމީ ކުރާނަަމަ، ޓޮޓެންހަމް އިން 88 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއް ދައްކަން ޖެހޭނެ އެވެ. 

އާސެނަލްގެ ޑީލެއް، 2023 ވަނަ އަހަރު، ހައިޖެކްކުރުމަށް ފަހު، ޗެލްސީން މުޑްރިކްގެ ސޮއި ހޯދީ ޔޫކްރެއިންގެ ޝަހުތަރު ޑޮނެސްކަށް 100 މިލިއަން ޑޮލަރު ދައްކައިފަ އެވެ. ޗެލްސީ އަށް ކުޅުނު 73 މެޗުން މުޑްރިކަށް ޖެހުނީ އެންމެ 10 ގޯލެވެ. ސަސްޕެންޝަންގައި ހުރި ނަމަވެސް، ޗެލްސީން އަންނަނީ ބަރާބަރަށް މުޑްރިކްގެ މުސާރަ ދެމުންނެވެ.  އެއީ، އަހަރަކަށް ގާތްގަނޑަކަށް ހަތް މިލިއަން ޑޮލަރެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ވެސް ވާދަކުރާ ގޮތަށް ސައުދީގައި އޮތް އައިމެގް ފަސްކޮށްފި

ސައުދީ އަރަބިއްޔާގައި މިއަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ތާވަލުކުރި "އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސް" (އައިމެގް)، ލޮޖިސްޓިކްސް އަދި ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރުގެ މާޗް މަހަށް ފަސްކޮށްފި. ޖުމްލަ އެކު، 45 ގައުމަކުން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބިލިއާޑް އަދި ޗެސްގެ ކުޅުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައި

ހާލަތު ބަދަލުކުރަން ކެރިކަށް ޔުނައިޓެޑުން ފަހު ފުރުސަތު ދީފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމާ ގުޅިގެން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކުރަން އުޅުމަށްފަހު، ޓީމުގެ ހާލަތު ރަނގަޅުކުރުމަށް އޭނާއަށް ފަހު ފުރުސަތެއް ދޭން އެ ކްލަބުން ނިންމައިފި. މި ސީޒަނުގައި ކުޅުނު 12 މެޗުން އެންމެ ދެ މެޗުން މޮޅުވެފައިވާއިރު، މިއީ ފާއިތުވި 40 އަހަރު ތެރޭގައި އެ ޓީމުން ސީޒަނެއް މިހާ ދަށްކޮށް ފެށި ފުރަތަމަ ފަހަރު.

ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް އިން އާސެނަލް ކަޓުވާލައިފި

އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ބުރުގައި ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް ޓައުން އިން އާސެނަލް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި. މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވުމުން، ފްލީޓްވުޑް މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-3 ގެ ނަތީޖާއަކުން

ފަސް ބަދަލަކާ އެކު ގައުމީ ފުޓްސަލް ޓީމު އެކުލަވާލައިފި

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް، ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށް ފަސް ބަދަލެއް ގެނައުމަށްފަހު ގައުމީ ފުޓްސަލް ސްކޮޑު އެކުލަވާލައިފި. ކޯޗު ފާރޫކް ޒަކީރޯވްގެ އިރުޝާދުގެ ދަށުން ކުޅޭ މި ޓީމުގެ ކެޕްޓަނަކީ މުހައްމަދު އިމްރާން (އިންމި).

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

Newsletter

Get the latest news delivered straight to your inbox