ކީޕަރު މާޓިނޭޒް އަށް ޗެލްސީން ފާރަލަނީ

Aug 27, 2026, 11:02 AM
އެސްޓަން ވިލާގެ މެޗެއްގެ ތެރެއިން ކީޕަރު މާޓިނޭޒް

އެސްޓަން ވިލާގެ މެޗެއްގެ ތެރެއިން ކީޕަރު މާޓިނޭޒް

ބާމިންހަމް، ޔުނައިޓެޑް ސްޓޭޓްސް (އޮގަސްޓް 27) - އެސްޓަން ވިލާ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ގޯލްކީޕަރު، އެމިލިއާނޯ މާޓިނޭޒް އަށް ޗެލްސީން ފާރަލަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ. 

އުމުރުން 33 އަހަރުގެ މާޓިނޭޒް މި ފަހަރުގެ ޓްރާންސްފާގައި، އެސްޓަން ވިލާ ދޫކޮށްލާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. އެ ގޮތުން، އެސްޓަން ވިލާ އިން ވަނީ އިޓަލީގެ ޕާމާ އަށް ކުޅެމުން އައި ޖަޕާން ގައުމީ ޓީމުގެ ގޯލްކީޕަރު، ޒިއޯން ސުޒުކީ ގަނެފަ އެވެ. އެއީ، 35 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއް ދެއްކުމަށް ފަހު އެވެ. 

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އިޓަލީގެ ޔުވެންޓަސް އިން ވަނީ މާޓިނޭޒް ގަންނަން ބިޑްކޮށްފަ އެވެ. އެކަމަކު، އެ ޑީލް ކުރިއަށް ނުގޮސް ހުއްޓުނީ، މާޓިނޭޒްގެ އިނގިއްޔަކަށް އަނިޔާއެއްވެފައިވާތީ އެވެ. އެއާ އެކު، ޔުވެންޓަސް އިން ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން ޓޮޓެންހަމް ހޮޓްސްޕާސް އަށް ކުޅެމުން އައި ގުގްލިއެލްމޯ ވިކާރިއޯ ގެނެސްފަ އެވެ. 

Advertisement

ޗެލްސީން މާޓިނޭޒަށް އޮފާ ކުރުމާ މެދު ވިސްނަން ފެށީ އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަނުގައި ޗެލްސީން ކުޅުނު ފުރަތަމަ މެޗުގައި 3-2 އިން ފުލަމް އަތުން މޮޅުވި ނަމަވެސް، އެ މެޗުގައި ޗެލްސީގެ ކީޕަރު، ރޮބަޓް ސަންޗޭޒްގެ ފަރާތުން ފެނުނު ގޯސްތަކާ ގުޅިގެންނެވެ. 

ޗެލްސީގެ ދެ ވަނަ ކީޕަރަކަށް މި ވަގުތު ހުރީ ބެލްޖިއަމްގެ މައިކް ޕެންޑާސް އެވެ. މިދިޔަ ސީޒަނުގައި އޭނާ ހުރީ ލޯނަކަށް ފްރާންސްގެ ޓީމެއް ކަމަށްވާ ސްޓްރާސްބޯގަ އެވެ. 

އަންނަ އަންގާރަ ދުވަހު ޓްރާންސްފާ މާކެޓް ބަންދުވުމުގެ ކުރިން ޗެލްސީން މާޓިނޭޒް ގެންނަން އޮފާއެއް ކުރާނެ ކަމަށް ބެލެވެ އެވެ. 

އާޖެންޓީނާ އަށް 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދައިދިން ޓީމުގައި މޮޅު ކުޅުމެއް ދެއްކި މާޓީނޭޒް އަކީ، 2022 އާއި 2024 ވަނަ އަހަރު ފީފާ އިން ހޮވި އެންމެ މޮޅު ގޯލްކީޕަރެވެ. 

އާސެނަލްގައި 2012 އިން 2020 އަށް ހޭދަކުރި މާޓިނޭޒް، އެ ކްލަބްގެ ކޮންޓްރެކްޓްގައި ހުރިއިރު، ލޯން ޑީލްތަކެއްގައި އޮސްފޯޑް ޔުނައިޓެޑާއި ޝެފީލްޑް ވެނެސްޑޭ، ރޮތަހަމް ޔުނައިޓެޑް، ވުލްވްސް، ގެޓަފޭ އަދި ރެޑިން އަށް ކުޅުނެވެ. އުމުރުން 28 އަހަރުގައި، 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، އެސްޓަން ވިލާ އަށް މާޓިނޭޒް ބަދަލުވީ 25 މިލިއަން ޑޮލަރުގެ ޑީލެއްގަ އެވެ.

އެސްޓަން ވިލާ އަށް މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގު ކާމިޔާބުކޮށްދޭން އެހީތެރިވި މާޓިނޭޒް ވަނީ އެ ޓީމުގައި މިހާތަނަށް ހޭދަކުރި ހަ ވަރަަކަށް އަހަރު ތެރޭ އެ ޓީމަށް 256 މެޗު ކުޅެދީފަ އެވެ. އޭނާ ވިލާއާ އެކު ހަދާފައި އޮތް އެއްބަސްވުން އޮތީ 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސިޓީ އާއި އާސެނަލަށް މޮޅެއް ނުލިބުނު، ޗެލްސީ ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން މެންޗެސްޓާ ސިޓީ އާއި އާސެނަލް އެއްވަރުވިއިރު، ޗެލްސީ ވަނީ ލީޑްސް ޔުނައިޓެޑް އަތުން 4-1 އިން ބަލިވެފައި. ސިޓީ އާއި ފުލަމް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު، އާސެނަލް އާއި ނިއުކާސަލް ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެން.

އޮޑިން ކޮންމެ މެޗެއްގައި ވެސް ޓީމު ވަރުގަދަކޮށްގެން ނަތީޖާ ނެރެން

ދިވެހި ޕްރިމިއާ ލީގުގައި އޮޑި ސްޕޯޓްސް ކްލަބުން ކޮންމެ މެޗަކަށް ވެސް ނުކުންނަނީ ޓީމު ވަރުގަދަކޮށް ރަނގަޅު ނަތީޖާއެއް ނެރުމުގެ އަމާޒުގައި ކަމަށް އެ ޓީމުގެ ކޯޗު ލޫޗޯ ބުނެފި. ލީގުގެ ބްރޭކުގެ ތެރޭގައި ޓީމުގެ ފިޓްނަސް އާއި ކުޅުން ރަނގަޅުކުރަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، މާދަމާ ޓީސީއާ ދެކޮޅަށް ނުކުންނާނީ މެޗުގެ ކޮންޓްރޯލް ހޯދައިގެން މޮޅުވާން

ނިއު ރޭޑިއަންޓް ބަލިކުރުން މުޅި ވިކްޓަރީ އަށް އިތުބާރަކަށްވާނެ

ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވުމަކީ ވިކްޓަރީގެ އިތުބާރު ބޮޑުވެ، ސަޕޯޓަރުންގެ ޝައުގުވެރިކަން އިތުރުވާނެ ކަމެއް ކަމަށް އެ ޓީމުގެ ކޯޗު މޯހަން ބުނެފި ލީގުގައި މިހާތަނަށް ބަލިނުވެ އޮތް މި ދެ ޓީމުގެ ކުރިމަތިލުމަށް ވިކްޓަރީ އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށްވެސް އޭނާ ފާހަގަކުރި

މުޑްރިކް އާއި ޔޫކްރެއިން އެފްއޭގެ ކޯޅުމެއް

މަނާބޭހުގެ މައްސަލައެއްގައި 21 މަސް ދުވަހުގެ ސަސްޕެންޝަނެއް ފުރިހަމަކުރުމަށްފަހު، ޔޫކްރެއިންގެ މިހައިލޯ މުޑްރިކް އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އިހުމާލުވި ކަމަށް ބުނެ ކުރި ތުހުމަތުތަކާ ގުޅިގެން މައްސަލަ ހޫނުވެއްޖެއެވެ. މުޑްރިކްގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ޔޫކްރެއިން އެފްއޭގެ ރައީސް އަންޑްރީ ޝެވްޗެންކޯ ވިދާޅުވީ މުޑްރިކް ހަދަނީ ދޮގު ކަމަށާއި، މިއީ އެސޯސިއޭޝަނުގެ އަގުވައްޓާލަން ކުރާ ކަމެއް ކަމަށެވެ.

ޓޮމް ބްރެޑީ ޗެލްސީގެ ހިއްސާއެއް ގަންނަނީ

އެމެރިކަން ފުޓްބޯޅަ ލެޖެންޑް ޓޮމް ބްރެޑީ، ކްލިއަލޭކް ކެޕިޓަލް މެދުވެރިކޮށް އިނގިރޭސި ކްލަބް ޗެލްސީގެ މައިނޯރިޓީ ހިއްސާއެއް ގަތުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މި އިންވެސްޓްމަންޓާއެކު އޭނާއަށް ވޯޓުލުމުގެ ހައްގު ނުލިބުނު ނަމަވެސް، ކުރިއަށް އޮތް ތަނުގައި ކްލަބުގެ ބޯޑުން ފުރުސަތު ލިބުމުގެ ފުރުސަތު އެބައޮތެވެ. ބްރެޑީ މި ފިޔަވަޅު އަޅަނީ ބާމިންހަމް ސިޓީގައި އޮތް އޭނާގެ ހިއްސާ ދޫކޮށްލުމަށްފަހުއެވެ.

ބަޔާން އެއްވަރުވި މެޗުގައި ކޭން އަށް ސީރިއަސް އަނިޔާއެއް

ޖަރުމަނު ލީގުގައި ކޮލޯންއާ ދެކޮޅަށް ކުޅުނު މެޗުގައި ބަޔާން މިއުނިކްގެ ފޯވާޑް ހެރީ ކޭންގެ ކުޑަހުޅަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން، ތިން މަސް ދުވަހަށް އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ. ބަޔާން މި މެޗުން 1-1 އިން އެއްވަރުވިއިރު، މި ނަތީޖާއާއެކު ލީގުގެ އެއްވަނަ މަގާމު ގެއްލުމުގެ ބިރު އެ ޓީމަށް ވަނީ ކުރިމަތިވެފައި

ސްޕެއިން ކައިރިން ބަދަލުހިފަން ޒިދާން ބޭނުމެއް ނޫން

ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގައި ސްޕެއިނާ ދެކޮޅަށް ނުކުންނައިރު، ފްރާންސްގެ އަމާޒަކީ ވޯލްޑް ކަޕްގެ ބަލިވުމުގެ ބަދަލުހިފުމުގެ ބަދަލުގައި މުބާރާތުގެ ތަށި ހޯދުން ކަމަށް ކޯޗު ޒިދާން ބުނެފި. ޒިދާން ފާހަގަކުރި ގޮތުގައި މިއީ އާ މުބާރާތެއް ކަމަށާއި، އަންނަ މާޗް މަހު އޮންނަ މި މެޗުތަކަށް ޓީމު އޮތީ ވަރުގަދަ އަމާޒެއްގައި

Newsletter

Get the latest news delivered straight to your inbox