ސިޓީން ލިވަޕޫލްގެ ގަކްޕޯ ގަންނަން ޝައުގުވެރިވެއްޖެ

Aug 26, 2026, 8:58 AM
ލިވަޕޫލްގެ ފޯވާޑް ކޯޑީ ގަކްޕޯ، އޭނާ އަށް ސިޓީ އާއި ޓޮޓެންހަމް އިން އަންނަނީ ފާރަލަމުން

ލިވަޕޫލްގެ ފޯވާޑް ކޯޑީ ގަކްޕޯ، އޭނާ އަށް ސިޓީ އާއި ޓޮޓެންހަމް އިން އަންނަނީ ފާރަލަމުން

މެންޗެސްޓާ (އޮގަސްޓް 26) މެންޗެސްޓާ ސިޓީން ލިވަޕޫލަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ ފޯވާޑް، ކޯޑީ ގަކްޕޯ ގަންނަން ޝައުގުވެރިވެއްޖެ އެވެ. 

ކުރިން ޕީއެސްވީ އައިންދޯވަންގެ ކެޕްޓަންކަން ކުރި ގަކްޕޯ ހޯދަން މި ފަަހަރުގެ ޓްރާންސްފާ މާކެޓްގައި އެންމެ ބޮޑަށް މަސައްކަތްކުރަމުން އައީ ޓޮޓެންހަމް ހޮޓްސްޕާސް އިންނެވެ. އެކަމަކު، ސިޓީން ގަކްޕޯގެ ރޭހަށް ވަންނަން ނިންމީ، ދާދި ފަހުން ސިޓީ އަށް ކުޅޭ ބްރެޒިލްގެ ސަވީނިއޯ އާއި މިސްރުގެ އޮމަރު މާމޫޝް، ޓޮޓެންހަމް އަށް ބަދަލުވާން ނިންމުމުންނެވެ. 

ލިވަޕޫލުން ބޮޑު އަގު ދީފައި ފްރާންސްގެ ޕީއެސްޖީ އަށް ކުޅޭ ބްރެޑްލީ ބާކޮލާ ގަންނަން ކުރާ މަސައްކަތުގެ ތެރެއިން، ޓްރާންސްފާ ބަޖެޓް ބޮޑުކުރަން ގަކްޕޯ ދޫކޮށްލާނެ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

އެކަމަކު، ލިވަޕޫލުން ރަސްމީ ސިފައެއްގައި މި ފަހަރުގެ ޓްރާންސްފާގައި ގަކްޕޯ ދޫކޮށްލުމުގެ އެއްވެސް ވާހަކައެއް އަދި ދައްކާފައެއް ނުވެ އެވެ. އެކަމަކު، ނެދަލެންޑްސްގެ ބައެއް ނޫސްތަކުން މީގެ ކުރިން ރިޕޯޓްކުރި ގޮތުގައި، ޓޮޓެންހަމްގެ ކޯޗު، އިޓަލީގެ ރޮބާޓޯ ޑި ޒާބީއާ އެކު، ގަކްޕޯ ވަނީ އެ ޓީމަށް ދާން މަޝްވަރާތަކެއް ކޮށްފަ އެވެ.

މީގެ ތިން އަހަރު ކުރިން، ހަ އަހަރުގެ ކޮންޓްރެކްޓެއްގައި، ޕީއެސްވީ އައިންދޯވަން ދޫކޮށް، ލިވަޕޫލަށް ގަކްޕޯ ސޮއިކުރީ 50 މިލިއަން ޑޮލަރުގެ ޑީލެއްގަ އެވެ.

ގަކްޕޯ، އެންމެ ފަހުން، ލިވަޕޫލާ އެކު ސޮއިކުރި ކޮންޓްރެކްޓް އޮތީ 2030 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. 

ލިވަޕޫލާ އެކު އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާ ގަކްޕޯ އަށް މިދިޔަ ސީޒަނުގައި އެ ޓީމުގެ ކޯޗަކަށް ހުރި އާނާ ސްލޮޓާ އެކު އެންމެ ރަނގަޅު ކުޅުމެއް ނުދެއްކި ފާޑުކިޔުން އަމާޒުވި ނަމަވެސް، އޭނާ އަކީ ލިވަޕޫލް ޓީމަށް މުހިންމު ކުޅުންތެރިއެކެވެ. މި ފަހަރުގެ ސީޒަނުގައި، ސްޕެއިނުގެ ކޯޗު، އަންޑޯނީ އިރައޯލާގެ ކޯޗުކަމުަގައި ލިވަޕޫލުން ކުޅުނު ފުރަތަމަ މެޗުގައި، ރަށުންބޭރުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ލިވަޕޫލްގެ ފުރަތަމަ ލަނޑު ޖެހީ ވެސް ގަކްޕޯ އެވެ.

ލިވަޕޫލަށް މިހާތަނަށް ކުޅެދިން 181 މެޗުން 51 ލަނޑު ޖެހި ގަކްޕޯ ވަނީ، 23 ލަނޑު ޖަހަން ފުރުސަތު ތަަނަވަސްކޮށްދީފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox