ހާލަންޑްގެ 300 ވަނަ ގޯލާ އެކު ސިޓީން ރެކޯޑް ދަމަހައްޓައިފި

Sep 5, 2026, 10:04 PM
ކަވެންޓްރީ ކޮޅަށް ސިޓީގެ ލަނޑު ޖެހުމަށް ފަހު ހާލަންޑް އުފާފާޅުކުރަނީ

ކަވެންޓްރީ ކޮޅަށް ސިޓީގެ ލަނޑު ޖެހުމަށް ފަހު ހާލަންޑް އުފާފާޅުކުރަނީ

މެންޗެސްޓާ (ސެޕްޓެމްބަރު 5) - އާލިން ބްރައުޓް ހާލަންޑް، ކްލަބް ކެރިއަރުގައި ޖެހި 300 ވަނަ ގޯލާ އެކު، މެންޗެސްޓާ ސިޓީން 1-0 އިން ކަވެންޓްރީ ސިޓީ ބަލިކޮށް، އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަނުގައި ސައްތަ އިން ސައްތަ ރެކޯޑް ދަމަހައްޓައިފި އެވެ. 

ސިޓީން ވަނީ މި ފަހަރުގެ ސީޒަނުގަައި އެންޒޯ މަރެސްކާގެ ކޯޗުކަމުގައި ކުޅޭއިރު، އިނގިރޭސި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެފަ އެވެ. 

ސިޓީގެ ދަނޑު އިއްތިހާދު ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ކަވެންޓްރީން މެޗު ފަށައިގެން ކުޅެ ލަނޑު ޖަހާނެ ފުރުސަތުތަކެއް ހޯދި އެވެ. އެ ގޮތުން، ކަވެންޓްރީގެ ފޯވާޑް، ޓައިވޯ އަވޮޔިނީ އަށް ލިބުނު ހުސް ފުރުސަތެއްގައި ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. 

މެޗުގައި ސިޓީ ޓީމުން ޖެހި ހަަމައެކަނި ލަނޑު ކާމިޔާބުކުރީ، 26 ވަނަ މިނިޓްގައި ހާލަންޑް އެވެ. މިއީ، ސިޓީގެ އަންޓުއާން ސެމެންޔޯ ނެގި ހުރަހަކުން ހާލަންޑް ބޮލުން ޖެހި ގޯލެކެވެ. މި ލަނޑާ އެކު ހާލަންޑް މި ވަނީ ކްލަބް ކެރިއަރުގައި 300 ގޯލު ޖަހައިފަ އެވެ. އެ ގޮތުން، މޯލްޑާ އަށް އޭނާ ވަނީ 50 މެޗުން 20 ލަނޑު ޖަހައިފަ އެވެ. ރެޑްބުލް ސަލްޒްބާގަށް 27 މެޗުން 29 ލަނޑު ޖެހިއިރު، ބޮރޫޝިއާ ޑޯޓްމަންޑަށް 89 މެޗުން 86 ލަނޑު ޖެހި އެވެ. އަދި، މެންޗެސްޓާ ސިޓީ އަށް 202 މެޗުން 165 ލަނޑު ޖަހާފައިވެ އެވެ.

މި މެޗުގައި ހާލަންޑަށް އިތުރު ލަނޑެއް ޖަހަން ރަނގަޅު ފުރުސަތުތައް ލިބި ބޭނުމެއް ނުކުރެވުނުއިރު، ސިޓީގެ ރަޔާން ޗާކީ ފޮނުވާލި ޝޮޓެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ. މި މެޗުގައި ކަވެންޓްރީން ފޮނުވާލި ގިނަ ހަމަލާތަކެއް ސިޓީގެ ގޯލްކީޕަރު، އިޓަލީގެ ޖިއަންލުއީޖީ ޑޮނަރުންމާ ވަނީ މަތަކޮށްފަ އެވެ. 

ސިޓީ އޮތީ ކުޅުނު ތިން މެޗުން ނުވަ ޕޮއިންޓާ އެކު އެއް ވަނައިގަ އެވެ. 

ލީގުގައި މިރޭ ނިއުކާސަލް ޔުނައިޓެޑުން ވަނީ ފަހު ވަގުތު ލަނޑު ޖަހައި، 2-2 އިން ބޯންމައުތާ އެއްވަރުކޮށްފަ އެވެ. ރޮބާޓޯ ޑި ޒާބީގެ ކޯޗުކަމުގައި ބޮޑު ހަރަދުކޮށް މި ސީޒަނަށް ތައްޔާރުވި ޓޮޓެންހަމް ހޮޓްސްޕާސް އިން އަދި މި ސީޒަނުގައި މޮޅެއް ނުހޯދަ އެވެ. އެ ޓީމުން މިރޭ ކުޅުނު މެޗުގައި، އޮލިވާ ގްލާޒްނާ ހަވާލުވެހުރި، ނޮޓިންހަމް ފޮރެސްޓާ  ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. 

ބްރެންޓްފޯޑާއި ސަންޑަލެންޑް 1-1 އިން އެއްވަރުވިއިރު، ލީޑްސް ޔުނައިޓެޑާއި ބްރައިޓަން ހޯލްވް އެންޑް އަލްބިއަން އެއްވަރުވީ ވެސް އެ ނަތީޖާ އިންނެވެ. އަދި، ކްރިސްޓަލް ޕެލަސް އިން ވަނީ 3-2 އިން ފުލަމްގެ މައްޗަށް ކުރިހޯދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ވެސް ވާދަކުރާ ގޮތަށް ސައުދީގައި އޮތް އައިމެގް ފަސްކޮށްފި

ސައުދީ އަރަބިއްޔާގައި މިއަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ތާވަލުކުރި "އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސް" (އައިމެގް)، ލޮޖިސްޓިކްސް އަދި ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރުގެ މާޗް މަހަށް ފަސްކޮށްފި. ޖުމްލަ އެކު، 45 ގައުމަކުން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބިލިއާޑް އަދި ޗެސްގެ ކުޅުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައި

ހާލަތު ބަދަލުކުރަން ކެރިކަށް ޔުނައިޓެޑުން ފަހު ފުރުސަތު ދީފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމާ ގުޅިގެން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކުރަން އުޅުމަށްފަހު، ޓީމުގެ ހާލަތު ރަނގަޅުކުރުމަށް އޭނާއަށް ފަހު ފުރުސަތެއް ދޭން އެ ކްލަބުން ނިންމައިފި. މި ސީޒަނުގައި ކުޅުނު 12 މެޗުން އެންމެ ދެ މެޗުން މޮޅުވެފައިވާއިރު، މިއީ ފާއިތުވި 40 އަހަރު ތެރޭގައި އެ ޓީމުން ސީޒަނެއް މިހާ ދަށްކޮށް ފެށި ފުރަތަމަ ފަހަރު.

ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް އިން އާސެނަލް ކަޓުވާލައިފި

އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ބުރުގައި ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް ޓައުން އިން އާސެނަލް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި. މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވުމުން، ފްލީޓްވުޑް މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-3 ގެ ނަތީޖާއަކުން

ފަސް ބަދަލަކާ އެކު ގައުމީ ފުޓްސަލް ޓީމު އެކުލަވާލައިފި

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް، ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށް ފަސް ބަދަލެއް ގެނައުމަށްފަހު ގައުމީ ފުޓްސަލް ސްކޮޑު އެކުލަވާލައިފި. ކޯޗު ފާރޫކް ޒަކީރޯވްގެ އިރުޝާދުގެ ދަށުން ކުޅޭ މި ޓީމުގެ ކެޕްޓަނަކީ މުހައްމަދު އިމްރާން (އިންމި).

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

Newsletter

Get the latest news delivered straight to your inbox