މެންޗެސްޓާ ސިޓީ ކަހަލަ "ބޮޑު ޓީމަކަށް" އެންޒޯ އަބަދުވެސް ކުޅޭހިތްވި

Sep 3, 2026, 12:00 AM
އެންޒޯ ފެނާންޑޭޒް، މެންޗެސްޓާ ސިޓީ އަށް ސޮއިކުރުމަށް ފަހު.

އެންޒޯ ފެނާންޑޭޒް، މެންޗެސްޓާ ސިޓީ އަށް ސޮއިކުރުމަށް ފަހު.

މެންޗެސްޓާ ސިޓީ (ސެޕްޓެމްބަރު 2) - މެންޗެސްޓާ ސިޓީ ކަހަލަ ބޮޑު ޓީމަކަށް އަބަދުވެސް ކުޅޭހިތްވި ކަމަށް އެ ޓީމާ ދާދި ފަހުން ގުޅުނު ޗެލްސީގެ ކުރީގެ މިޑްފީލްޑަރު، އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒް ބުނެފި އެވެ. 

އުމުރުން 25 އަހަރުގެ އެންޒޯ، ސިޓީ އަށް ބަދަލުވާނީ، 169 މިލިއަން ޑޮލަރުގެ ފީ އަކަށެވެ. ބީބީސީން ރިޕޯޓްކުރާ ގޮތުގައި، މިއީ، މިދިޔަ ސީޒަން ފެށުމުގެ ކުރިން، ލިވަޕޫލުން ނިއުކާސަލް ޔުނައިޓެޑްގެ އަލެކްސަންޑަ އިސާކް ގަންނަން ހަރަދުކުރި ވަރުގެ މިންވަރެކެވެ. އެހެން ކަމުން، އިސާކް އާއި އެންޒޯގެ ޑީލަކީ ޕްރިމިއާ ލީގުގެ ޖޮއިންޓް ރެކޯޑެކެވެ. 

ރެކޯޑް އަގަކަށް ޗެލްސީގެ އެންޒޯ ގަންނަން ސިޓީން އެއްބަސްވުމަކަށް

ޗެލްސީގެ އާޖެންޓީނާ މިޑްފީލްޑަރު އެންޒޯ ފެނާންޑޭސް، އިނގިރޭސި ރެކޯޑް ފީއެއް ކަމަށްވާ 169 މިލިއަން ޑޮލަރަށް މެންޗެސްޓާ ސިޓީއަށް ބަދަލުވާން އެއްބަސްވެއްޖެއެވެ. ސިޓީގެ ކޯޗު އެންޒޯ މަރެސްކާގެ އެދުމުގެ މަތިން ގެންނަ މި ކުޅުންތެރިޔާއާއެކު، އެ ކްލަބުން މި ފަހަރުގެ ޓްރާންސްފާ މާކެޓުގައި މިޑްފީލްޑަރުން ގަތުމަށް ބޮޑު ހޭދައެއް ކުރުމަށް ވަނީ ނިންމާފައެވެ.

ސިޓީއާ އެކު، ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރުމަށް ފަހު، އެ ކްލަބްގެ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި އެންޒޯ ބުނެފައިވަނީ، ސިޓީ އަށް ބަދަލުވެވުނީތީވެ ވަރަށް އުފާކުރާ ކަމަށެވެ. 

"އަހަރެން އަބަދުވެސް ދެކުނު ހުވަފެނެއް އެއީ ސިޓީ ކަހަލަ ބޮޑު ޓީމަކާ ގުޅުމަކީ. މި ފުރުސަތު ލިބުނީތީވެ ވަރަށް އުފާކުރަން. މިއީ އަހަންނާއި އަހަރެންގެ އާއިލާ އަށް ވަރަށް ޖަޒުބާތީ ވަގުތުތަކެއް. އުމުރުން 25 އަހަރުގަައި މި ވަރުގެ ނިންމުމެއް ނިންމައި ފުޓްބޯޅަ ކެރިއަރުގައި ދެކުނު ހުވަފެނެއް ހަގީގަތަކަށް ހެދުމާ ދިމާލަށް ދިއުމަކީ،" 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދުމަށް ފަހު، ރެކޯޑް އަގަކަށް ޗެލްސީ އަށް އެ ފަހަރު ބަދަލުވި އެންޒޯ ބުންޏެވެ. 

ގަތަރުގައި 2022 ވަަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އާޖެންޓީނާ އިން ހޯދިއިރު، އެ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ، އެންޒޯ، އެ މުބާރާތަށް ފަހު، ދެން އައި، ޖެނުއަރީ ޓްރާންސްފާ މާކެޓްގައި، ބެންފީކާ ދޫކޮށް ޗެލްސީ އަށް ސޮއިކުރީ ބޮޑު އަގުގަ އެވެ. އެ ގޮތުން، އެންޒޯގެ ސޮއި ހޯދަން ޗެލްސީންް 130 މިލިއަން ޑޮލަރު ދެއްކި އެވެ. އެއީ، އޭރުގެ ޓްރާންސްފާ ރެކޯޑެވެ. 

އެންޒޯ އަކީ ދުނިޔޭގެ ފުޓްބޯޅަ ޓްރާންސްފާގައި، 100 މިލިއަން ޑޮލަރަށް ވުރެން މަތީ އަގަކަށް ދެ ފަހަރު ޓްރާންސްފާ ބާޒާރުގައި ވިކުނު ހަމައެކަނި ކުޅުންތެރިޔާ އެވެ. އެންޒޯ ބުނީ، ސިޓީގެ ކާމިޔާބީ އާއި އެ ކްލަބްގެ ލެވަލް އެ ޓީމާ އެކު ހޭދަކުރި މަދު ވަގުތުކޮޅެއްގެ ތެރޭގައި ފެނިފައިވާ ކަމަށެވެ. 

"ވަރަށް ގިނަ ކާމިޔާބީ އެކުގައި ހޯދަން ބޭނުން،" އެންޒޯ ބުންޏެވެ. 

 ސިޓީ އަށް އެންޒޯ ގެންނަން އެންމެ ބޮޑަށް ބާރު އެޅީ ކުރިން ޗެލްސީގައި ހުރުމަށް ފަހު މިހާރު ސިޓީގެ ކޯޗުކަމާ ހަވާލުވެ ހުރި އެންޒޯ މަރެސްކާ އެވެ. 

ޗެލްސީއާ އެކު، ޔުއެފާ ކޮންފަރެންސް ލީގާއި ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުުުކުރި އެންޒޯ ވަނީ އެ ޓީމަށް ކުޅެދިން 170 މެޗުން 31 ލަނޑު ޖަހައި، 30 ލަނޑު ޖަހަން ފުރުސަތު ހޯދައިދީފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ވެސް ވާދަކުރާ ގޮތަށް ސައުދީގައި އޮތް އައިމެގް ފަސްކޮށްފި

ސައުދީ އަރަބިއްޔާގައި މިއަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ތާވަލުކުރި "އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސް" (އައިމެގް)، ލޮޖިސްޓިކްސް އަދި ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރުގެ މާޗް މަހަށް ފަސްކޮށްފި. ޖުމްލަ އެކު، 45 ގައުމަކުން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބިލިއާޑް އަދި ޗެސްގެ ކުޅުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައި

ހާލަތު ބަދަލުކުރަން ކެރިކަށް ޔުނައިޓެޑުން ފަހު ފުރުސަތު ދީފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމާ ގުޅިގެން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކުރަން އުޅުމަށްފަހު، ޓީމުގެ ހާލަތު ރަނގަޅުކުރުމަށް އޭނާއަށް ފަހު ފުރުސަތެއް ދޭން އެ ކްލަބުން ނިންމައިފި. މި ސީޒަނުގައި ކުޅުނު 12 މެޗުން އެންމެ ދެ މެޗުން މޮޅުވެފައިވާއިރު، މިއީ ފާއިތުވި 40 އަހަރު ތެރޭގައި އެ ޓީމުން ސީޒަނެއް މިހާ ދަށްކޮށް ފެށި ފުރަތަމަ ފަހަރު.

ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް އިން އާސެނަލް ކަޓުވާލައިފި

އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ބުރުގައި ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް ޓައުން އިން އާސެނަލް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި. މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވުމުން، ފްލީޓްވުޑް މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-3 ގެ ނަތީޖާއަކުން

ފަސް ބަދަލަކާ އެކު ގައުމީ ފުޓްސަލް ޓީމު އެކުލަވާލައިފި

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް، ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށް ފަސް ބަދަލެއް ގެނައުމަށްފަހު ގައުމީ ފުޓްސަލް ސްކޮޑު އެކުލަވާލައިފި. ކޯޗު ފާރޫކް ޒަކީރޯވްގެ އިރުޝާދުގެ ދަށުން ކުޅޭ މި ޓީމުގެ ކެޕްޓަނަކީ މުހައްމަދު އިމްރާން (އިންމި).

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

Newsletter

Get the latest news delivered straight to your inbox