ސައުދީ ލީގުގެ އެމްބަސަޑަރު ޑީލެއް އޮތުމުން ބެންޒެމާ އަށް ލިޔޯނަށް ނުދެވުނު

Sep 8, 2026, 12:54 PM
ކަރީމް ބެންޒެމާ: އޭނާ ވަނީ ދާދި ފަހުން އަލް ހިލާލްއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލައިފައި.

ކަރީމް ބެންޒެމާ: އޭނާ ވަނީ ދާދި ފަހުން އަލް ހިލާލްއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލައިފައި.

ރިޔާދު، ސައުދީ އަރަބިއްޔާ (ސެޕްޓެމްބަރު 8) - ސައުދީ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ އަލް ހިލާލްއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލި ފްރާންސް ގައުމީ ޓީމުގެ ކުރީގެ ފޯވާޑް، ކަރިމް ބެންޒެމާ، އެ ލީގާ އެކު ހަދާފައި އޮތް ޑީލެއްގެ ސަބަބުން އެހެން ގައުމެއްގެ ކްލަބަކަށް ބަދަލުވުމުގައި ހުރަސްތަކެއް ކުރިމަތިވެއްޖެ އެވެ. 

އުމުރުން 38 އަހަރުގެ ބެންޒެމާ، 2023 ވަނަ އަހަރު ރެއާލް މެޑްރިޑް ދޫކޮށް، އެންމެ ފުރަތަމަ ބަދަލުވީ ސައުދީ ޕްރޯ ލީގުގެ އަލް އިއްތިހާދު އަށެވެ. އަދި، އަލް އިއްތިހާދުގެ އެއްބަސްވުން ނިމުމަކަށް ގެނެސް މި އަހަރުގެ ޖެނުއަރީ މަހު އަލް ހިލާލް އަށް ބަދަލުވި އެވެ. އެކަމަކު، އެ ޓީމުގައި މާ ގިނަ ދުވަހު މަޑުނުކޮށް، ބެންޒެމާ މި ވަނީ އަލް ހިލާލްގެ ކޮންޓްރެކްޓް އުވާލައިފަ އެވެ. 

މި ވަގުތު އެއްވެސް ކްލަބެއްގެ ކޮންޓްރެކްޓްގައި ނެތް ބެންޒެމާ ރިޓަޔާކުރަން ވިސްނަމުން އަންނަ ކަމަށް މީިޑިއާތަކުން ރިޕޯޓްކުރި އެވެ. އެކަމަކު، ދާދި ފަހުން ފްރާންސްގެ ނޫހަކުން ވަނީ ލިޔޯނަށް އެނބުރި ދިއުމަށްޓަކައި ބެންޒެމާ ވާހަކަ ދެއްކި ކަމަށް ރިޕޯޓްކޮށްފަ އެވެ. އަދި، ލިޔޯނަށް ކުޑަ އަގެއްގައި އެއް އަހަރުގެ އެއްބަސްވުމެއްގެ ދަށުން ކުޅެން ބެންޒެމާ އެއްބަސްވި އެވެ. އެހެން ނަމަވެސް، ސައުދީ ލީގާ އެކު ބެންޒެމާގެ އެއްބަސްވުމެއް އޮތުމުން އެ ޑީލް މަޑުޖެހުނީ އެވެ. 

Advertisement

ސައުދީ ލީގުގެ އެމްބަސަޑަރެއްގެ ގޮތުގައި، ބެންޒެމާ ވަނީ އެ ލީގާ އެކު 2030 ގެ ނިޔަލަށް ޑީލެއް ހަދައިފަ އެވެ. އޭގެ ހިމަނާފައިވާ މާއްދާއެއްގައި ބުނެފައިވާ ގޮތުން، އެ އެއްބަސްވުން ހަމަވުމުގެ ކުރިން، ސައުދީ ޕްރޯ ލީގު ނޫން އެހެން ގައުމެއްގައި ބެންޒެމާ އަށް ކުޅެވޭނެ ގޮތެއް ނެތެވެ. އެއީ، އޭނާގެ އިމޭޖް ރައިޓްސް ކޮންޓްރެކްޓް އޮތީ ސައުދީ ޕްރޯ ލީގު އަތުގައި ކަމަށްވާތީ އެވެ. 

ސައުދީ ޕްރޯ ލީގާ އެކު ބެންޒެމާގެ އެ ކޮންޓްރެކްޓް ހަމަވާއިރު، އޭނާ އަށް 43 އަހަރު ފުރޭނެ އެވެ. އެހެން ކަމުން، ކެރިއަރު ކުރިއަށްދާނަމަ، ބެންޒެމާ ދެން ވެސް ގުޅެން ޖެހެނީ ސައުދީ ޕްރޯ ލީގުގެ ކްލަބަކާ އެވެ. އެހެން ނޫން ނަމަ، ސައުދީ ޕްރޯ ލީގާ އެކު އެ އޮތް އެއްބަސްވުން އުވާލުމަށް ފަހު، އެހެން ގައުމެއްގެ ކްލަބަކަށް ބެންޒެމާ އަށް ބަދަލުވެވިދާނެ އެވެ. 

އަލް ހިލާލް އިން ބެންޒެމާގެ ކޮންޓްރެކްޓް އުވާލުމަށް ފަހު، ގެނައީ އެސްޓަން ވިލާ އަށް ކުޅެމުން އައި އިނގިރޭސި ފޯވާޑް، އޮލީ ވަޓްކިންސް އެވެ. އޭނާގެ ސޮއި ހޯދަން އެ ކްލަބުން 70 މިލިއަން ޑޮލަރު އިންވެސްޓްކުރި އެވެ. 

މީގެ ކުރިން ބެލޮންޑިއޯ އެވޯޑް ވެސް ހޯދާފައިވާ ބެންޒެމާ، އަލް ހިލާލް އަށް ކުޅުނު 16 މެޗުން 10 ގޯލު ޖަހައި، ފަސް ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނެވެ. 

ލިޔޯން ދޫކޮށް، 33 މިލިއަން ޑޮލަރުގެ ފީ އަކަށް، 2009 ވަނަ އަހަރު، ރެއާލަށް ބަދަލުވި ބެންޒެމާ، ވަނީ ލިޔޯނަށް ކުޅުނުއިރު، ހަތަރު ފަހަރު އެ ޓީމާ އެކު، ލީގު ޗެމްޕިއަންކަން ހޯދައިފަ އެވެ. ރެއާލްގައި ހޭދަކުރި 14 އަހަރު ތެރޭ ބެންޒެމާ ވަނީ އެ ޓީމަށް ކުޅެދިން 648 މެޗުން 354 ގޯލު ޖަހައިފަ އެވެ.

އެކާވީސް ވަނަ ގަރުނުގައި ފެނިގެންދިޔަ އެންމެ މޮޅު އެއް ފޯވާޑް، ބެންޒެމާ ވަނީ ރެއާލަށް ކުޅުނުއިރު ޖުމްލަ އެކު، 24 ތަށި އުފުލާލައިފަ އެވެ. އޭގެ ތެރޭގައި ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުން ހިމެނެ އެވެ. އަދި އެ ޓީމުގައި ހުރެ، ފްރާންސް ފުޓްބޯލް އިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ހޯދި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox