އިޓަލީގެ އޮފާ ލިބުނަސް އިންޒާގީގެ ވިސްނުމަކީ އަލް ހިލާލްގައި މަަޑުކުރުން

Apr 7, 2026, 8:35 AM
ސައުދީ ޕްރޯ ލީގުގެ އަލް ހިލާލްގެ ކޯޗު އިޓަލީގެ ސިމޯން އިންޒާގީ، މިދިޔަަ އަހަރުގެ ފީފާ ކްލަބް ވޯލްޑް ކަޕްގެ ތެރެއިން.

ސައުދީ ޕްރޯ ލީގުގެ އަލް ހިލާލްގެ ކޯޗު އިޓަލީގެ ސިމޯން އިންޒާގީ، މިދިޔަަ އަހަރުގެ ފީފާ ކްލަބް ވޯލްޑް ކަޕްގެ ތެރެއިން.

ރިޔާދު (އޭޕްރީލް 7) - އިޓަލީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ވުމަށް އޮފާއެއް ލިބުނު ކަމުގައި ވިޔަސް އޭނާގެ ވިސްނުމަކީ ސައުދީ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ އަލް ހިލާލްގެ ކޯޗެއްގެ ގޮތުގައި މަޑުކުރުން ކަމަަށް އެ ޓީމާ މިދިޔަ އަހަރު ހަވާލުވި މަޝްހޫރު ކޯޗު، އިޓަލީގެެ ސިމޯން އިންޒާގީ ބުނެފި އެވެ. 

ކުރިން އޭސީ މިލާނަށް ކުޅުނު މަޝްހޫރު ފޯވާޑް ފިލީޕޯ އިންޒާގީގެ ކޮއްކޮ، އިންޒާގީ ކުރިން ކޯޗުކޮށްދިން އިންޓައާ ހަވާލުވީ، 2021 ވަނަ އަހަރުގެ ޖޫން މަހު، ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. ކުރިން ލާޒިއޯ އަށް ގިނަ އަހަރުތަކެއް ކޯޗުކޮށްދިން އިންޒާގީ ވަނީ، 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، މިދިޔަ އަހަރުގެ ނިޔަލަށް އޮތް އެއްބަސްވުމެއްގައި އިންޓައާ އެކު، ސޮއިކޮށްފަ އެވެ. އެއީ، 2023 ވަނަ އަަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުން މެންޗެސްޓާ ސިޓީ އަތުން އިންޓަ ބަލިވިތާ ދެތިން މަސް ފަހުންނެވެ. އިންޒާގީގެ ކޯޗުކަމުގައި، މި ދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުން އިންޓަ ވަނީ ޕީއެސްޖީ އަތުން 5-0 އިން ބަލިވެފަ އެވެ. އެއީ، މިހާތަނަށް ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އެންމެ ފަރަގު ބޮޑު ނަތީޖާ އެވެ. އޭގެ ފަހުން، އެމެރިކާގައި ފެށި ކްލަބް ވޯލްޑް ކަޕްގެ ކުރިން، އިންޒާގީ ވަނީ އަލް ހިލާލްއާ ހަވާލުވެފަ އެވެ. 

އިންޒާގީ ބުނީ އަލް ހިލާލަށް ބަދަލުވެ، އޭނާ އަށް ގިނަ އަދަދެއްގެ ފައިސާ ލިބޭ ކަމަށާއި އެކަމަކު، އެއީ ހުރިހާ ކަމެއް ނޫން ކަމަށެވެ. 

Advertisement

"ގިނަ ފައިސާ ހޯދުމަކީ ހިތްހަމަޖެހޭ ކަމެއް. އެކަމަކު، ކުރިން ވެސް އަހަންނަށް ލިބުނީ ހަމަޖެހިލައިގެން އުޅެވޭ ވަރުގެ އާމްދަނީ އެއް. ވަރަށް ހިތްފަސޭހަކަމާ އެކު ސައުދީ އަރަބިއްޔާގައި މި އުޅެނީ، އިޓަލީ މަތިން މިސް އެއް ނުވޭ،" އިންޒާގީ ބުންޏެވެ. 

ޖެހިޖެހިގެން ތިން ވަނަ ފީފާ ވޯލްޑް ކަޕުން އިޓަލީ އަށް ފުރުސަތު ނުލިބި، އެންމެ ފަހުން އެ ޓީމަށް ކޯޗުކޮށްދިން ޖެނާރޯ ގަޓޫސޯ ވަނީ އަމިއްލަ އަށް މަގާމުން ވަކިވެފަ އެވެ. އިޓަލީގެ ކޯޗުކަން ހަވާލުުކުރާނެ ކަމަށް ބެލެވޭ ކޯޗުންގެ ލިސްޓުގައި އިންޒާގީ ވެސް ހިމެނެ އެވެ. އެކަމަކު، އޭނާ ވަނީ އެ އޮފާ އަޔަސް ނުނަގާނެ ކަަމަށް ބުނެފަ އެވެ.

"އިޓަލީ ގައުމީ ޓީމު؟ އަބަދުވެސް ވިސްނަން ޖެހޭ ކަމެއް. އެކަމަކު، މި ވަގުތު އަހަރެން މި ހުރީ ރަނގަޅު ތަނެއްގައި، އެބައޮތް އިހުތިރާމް ކުރަން ޖެހޭ ކޮންޓްރެކްޓެއް ވެސް،" އިންޒާގީ ބުންޏެވެ. 

އިންޒާގީގެ އިތުރުން، އިޓަލީ ފުޓްބޯޅަ ފެޑެރޭޝަން، އެފްއައިޖީސީން އަންނަނީ ކުރިން އިޓަލީ އަށް ކޯޗުކޮށްދިން ގިނަ ކޯޗުންނާ ވެސް ވާހަަކަަ ދައްކަމުންނެވެ. އޭގެ ތެރޭގައި، ނަޕޯލީއާ ހަވާލުވެހުރި އެންޓޯނިއޯ ކޮންޓޭ ވެސް ހިމެނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox