ރޮނާލްޑޯގެ އަލް ނަސްރުން ސައުދީ ޕްރޯ ލީގު ކާމިޔާބުކޮށްފި

May 22, 2026, 8:21 AM
އަލް ނަސްރުން ސައުދީ ޕްރޯ ލީގުގެ ޗެމްޕިއަންކަން ހޯދުމަށް ފަހު އުފާފާޅުކުރަނީ.

އަލް ނަސްރުން ސައުދީ ޕްރޯ ލީގުގެ ޗެމްޕިއަންކަން ހޯދުމަށް ފަހު އުފާފާޅުކުރަނީ.

ރިޔާދު، ސައުދީ އަރަބިއްޔާ (މެއި 22) - ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ އަލް ނަސްރުން ސައުދީ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ ޗެމްޕިއަންކަން ހޯދައިފި އެވެ. 

އަލް ނަސްރުން ލީގު ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ލީގުގެ ފަހު މެޗުން ދަމަކް އަަތުން 4-1 އިން މޮޅުވެގެންނެވެ. މިއީ، އަލް ނަސްރުގެ ތާރީހުގައި އެ ޓީމުން ސައުދީ ލީގު ޗެމްޕިއަންކަން ހޯދި 11 ވަނަ ފަހަރެވެ. އަދި، 2019 ވަނަ އަހަރުގެ ފަހުން މި ލީގު ހޯދި ފުރަތަމަ ފަހަރެވެ. މި ކާމިޔާބީ އެންމެ ހާއްސަވާނެ އެއް ކުޅުންތެރިއަކީ 40 އަހަރުގެ ރޮނާލްޑޯ އެވެ. މިއީ، 2022 ވަނަ އަހަރުގެ ފަހުކޮޅު، އަލް ނަސްރާ ގުޅުނު ރޮނާލްޑޯ އަށް އެ ކްލަބާ އެކު ހޯދުނު ރަސްމީ ފުރަތަމަ ތަށްޓެވެ. 

ރޭގެ މެޗުގައި އަލް ނަސްރުން ލީޑުނެގީ 34 ވަނަ މިނިޓްގައި ޖޮއާއޯ ފެލިކްސްގެ ކޯނަރަކުން ސަޑިއޯ މާނޭ ބޮލުން ޖެހި ގޯލުންނެވެ. އަދި، އެ ލަނޑުން ކުރީގައި އޮވެ، ފުރަތަމަ ހާފު ނިންމާލުމަށް ފަހު، ދެ ވަނަ ހާފު ފެށިގެން ހަތް މިނިޓް ތެރޭ ކިންގްސްލީ ކޯމަން ވަނީ އަލް ނަސްރުގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. އަލް ނަސްރުން ލީޑުފުޅާކުރިތާހަ މިނިޓް ފަހުން، ދަމަކުން ވަނީ ޕެނަލްޓީ އެއް ކާމިޔާބުކޮށް ފަރަގު ކުޑަކޮށްފަ އެވެ. މި ޕެނަލްޓީ ކާމިޔާބުކުރީ، މޯލާއޭ ސިލާ އެވެ. 

ދަމަކް އިން މެޗުގެ ތެރެއަށް އެނބުރި އައި ފަހުން، އަލް ނަސްރަށް މެޗުގެ ތިން ޕޮއިންޓް ޔަގީންކޮށްދިން ދެ ލަނޑު ވެސް ޖެހީ ރޮނާލްޑޯ އެވެ. އެ ގޮތުން، ރޮނާލްޑޯގެ ފުރަތަމަ ގޯލު ކާމިޔާބުކުރީ އަރިމަތިން ލިބުނު ހިލޭ ޖެހުމަކުންނެވެ. އަދި، މެޗުގެ ފުރިހަމަ ވަގުތުަ ހަމަވާން ނުވަ މިނިޓަށް ވެފައި ވަނިކޮށް، ދަމަކްގެ ޑިފެންސުން ދޫވި ބޯޅައެއް ހޯދައި، ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެން، ރޮނާލްޑޯ ވަނީ އަލް ނަސްރުން މެޗުގައި ޖެހި ހަތަރު ވަނަ ގޯލު ކާމިޔާބުކޮށްފަ އެވެ. 

އަލް ނަސްރުން މި ސީޒަނުގައި ޖެހިޖެހިގެން 20 މެޗުން މޮޅުވުމުގެ ރެކޯޑެއް ގާއިމްކުރި ފަހުން، އެ ޓީމުގެ ފޯމަށް ކޮންމެ ވެސް ވަރަކަށް އަސަރުކުރި އެވެ. އަދި، އޭއެފްސީ ޗެމްޕިއަންސް ލީގު 2 ގެ ފައިނަލުގައި ޖަޕާނުގެ ގަމްބާ އޮސާކާ އަތުން ބަލިވި އެވެ. 

މީގެ އިތުރުން ރޭގެ މެޗަށް ނުކުތްއިރު، އަލް ނަސްރަށް މޮޅުނުވެވި އަލް ހިލާލް މޮޅުވެއްޖެނަމަ، އެ ޓީމަށް ލީގު ލިބުމުގެ ފުރުސަތު ވެސް އޮތެވެ. އެކަމަކު، އަލް ހިލާލުން އަލް ފައިހާ އަތުން 1-0 އިން މޮޅުވި ނަމަވެސް އަލް ނަސްރުގެ މޮޅާ އެކު، އެ ޓީމަށް ލީގު ލިބުނީ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox