ރޮނާލްޑޯގެ ގޯލާ އެކު މޮޅުވެ އަލް ނަސްރުން ލީގުގެ ކޮންޓްރޯލް ދަމަހައްޓައިފި

Apr 30, 2026, 2:35 PM
އަލް އަހްލީ ކޮޅަށް ގޯލު ޖެހުމަށް ފަހު ކްރިސްޓިއާނޯ ރޮނާލްޑޯ އުފާފާޅުކުރަނީ.

އަލް އަހްލީ ކޮޅަށް ގޯލު ޖެހުމަށް ފަހު ކްރިސްޓިއާނޯ ރޮނާލްޑޯ އުފާފާޅުކުރަނީ.

ރިޔާދު، ސައުދީ އަރަބިއްޔާ (އޭޕްރީލް 30) - ކްރިސްޓިއާނޯ ރޮނާލްޑޯގެ ގޯލާ އެކު، 2-0 އިން އަލް އަހްލީ ބަލިކޮށް އަލް ނަސްރުން ސައުދީ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ އެއް ވަނައިގައި ރަނގަޅު ލީޑެއް ނަަގައި، ލީގު ޗެމްޕިއަންކަންް ހޯދުމުގެ ކޮންޓްރޯލް ދަމަހައްޓައިފި އެެވެ. 

ސައުދީ ޕްރޯ ލީގުގައި ބާކީ ހަތަރު މެޗު އޮތްއިރު، ރޭގެ ނަތީޖާ އަށް ފަހު އަލް ނަސްރުން ވަނީ އަަށް ޕޮއިންޓަށް ލީޑުފުޅާކޮށްފަ އެެވެ. އެއް ވަނައިގައި އަލް ނަސްރު އޮތީ 30 މެޗުން 79 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އަލް ހިލާލް އަށް 29 މެޗުން 71 ޕޮއިންޓް ވަނީ ލިބިފަ އެވެ. އަދި، ތިން ވަނައިގައި އޮތް އަލް އަހްލީ އަށް އޮތީ 29 މެޗުން 66 ޕޮއިންޓް ލިބިފަ އެެވެ. 

އަލް ނަސްރުގެ ދަނޑު، ރިޔާދުގެ އަލް އައްވަލް ޕާކުގައި ރޭ ކުޅުނު މެޗުގައި 75 ވަނަ މިނިޓާ ހަމައަށް ލަނޑެއް ފެނިފައިނުވެ އެވެ. އަލް ނަސްރުން 76 ވަނަ މިނިޓްގައި ރޮނާލްޑޯ ޖެހި ގޯލުން ލީޑުނެގި އެވެ. މިއީ، ޖޮއާއޯ ފެލިކްސް ނެގި ކޯނަރަކުން ރޮނާލްޑޯ ބޮލުން ޖެހި ގޯލެކެވެ. މިއީ، މި ފަހަރުގެ ސައުދީ ޕްރޯ ލީގުގައި ރޮނާލްޑޯގެ 25 ވަނަ ގޯލެވެެ. އަދި، ރޮނާލްޑޯ މި ވަނީ، އަނެއްކާ ވެސް ޖެހިޖެހިގެން ތިން ސީޒަނުގަައި މަދުވެގެން 25 ގޯލު  ޖަހައިފަ އެވެ. މީގެ ކުރިން، ރޮނާލްޑޯ ވަނީ، 2010 އިން 2018އާ ހަމައަށް ހުރިހާ ސީޒަނެއްގައި މަދުވެގެން ލީގުގައި 25 ގޯލު ޖަހައިފަ އެވެ. 

ރޮނާލްޑޯގެ ގޯލުން އިތުބާރު ހޯދައި، އަލް ނަސްރުން އެޓޭކް އިތުރަށް ވަރުގަދަކުރިއިރު، 90 ވަނަ މިނިޓްގައި ދެ ވަނަ ލަނޑު ޖެހި އެވެ. މި ލަނޑު ޖެހީ ބަޔާން މިއުނިކާއި ޕީއެސްޖީ އަދި ޔުވެންޓަސް އަށް ކުރިން ކުޅުނު ކިންގްސްލީ ކޯމަން އެވެ. މިއީ، ކޯނަރަކުން އަލް އަހްލީ އަށް ރަނގަޅަށް ޑިފެންސް ނުކުރެވުނު ބޯޅައެއް ހޯދައި ކޯމަން ޖެހި ގޯލެކެވެ. 

މި މެޗާ އެކު، އަލް ނަސްެރުން މި ވަނީ ޖެހިޖެހިގެން 20 ވަނަ މެޗުން މޮޅުވެފަ އެވެ. އޭގެ ތެރެއިން 16 މެޗަކީ ސައުދީ ޕްރޯ ލީގުގެ މެޗުތަކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox