އަލް ހިލާލްގެ ކޮންޓްރެކްޓް އުވާލި ބެންޒެމާ ރިޓަޔާކުރުމާ ދިމާލަށް

Aug 31, 2026, 11:02 AM
އަލް ހިލާލް މެޗެއްގެ ތެރެއިން ބެންޒެމާ

އަލް ހިލާލް މެޗެއްގެ ތެރެއިން ބެންޒެމާ

ރިޔާދު، ސައުދީ އަރަބިއްޔާ (އޮގަސްޓް 31) - ސައުދީ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ އަލް ހިލާލްއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލި ފްރާންސް ގައުމީ ޓީމުގެ ކުރީގެ ފޯވާޑް، ކަރިމް ބެންޒެމާ، ފުޓްބޯޅައިން ރިޓަޔާކުރަން ވިސްނަމުން އަންނަ ކަމަށް ރިޕޯތްތައް ބުނެފި އެވެ. 

އުމުރުން 38 އަހަރުގެ ބެންޒެމާ، 2023 ވަނަ އަހަރު ރެއާލް މެޑްރިޑް ދޫކޮށް، އެންމެ ފުރަތަމަ ބަދަލުވީ ސައުދީ ޕްރޯ ލީގުގެ އަލް އިއްތިހާދު އަށެވެ. އަދި، އަލް އިއްތިހާދުގެ އެއްބަސްވުން ނިމުމަކަށް ގެނެސް މި އަހަރުގެ ޖެނުއަރީ މަހު އަލް ހިލާލް އަށް ބަދަލުވި އެވެ. އެކަމަކު، އެ ޓީމުގައި މާ ގިނަ ދުވަހު މަޑުނުކޮށް، ބެންޒެމާ މި ވަނީ އަލް ހިލާލްގެ ކޮންޓްރެކްޓް އުވާލައިފަ އެވެ. 

އަލް ހިލާލް އިން ވަނީ ޕްރިމިއާ ލީގުގެ އެސްޓަން ވިލާ އަށް ކުޅޭ އިނގިރޭސި ފޯވާޑް، އޮލީ ވަޓްކިންސް ސޮއިކޮށްފަ އެވެ. އަދި، އާސެނަލްގެ ގަބްރިއެލް މާޓިނެލީ ވެސް އެ ޓީމަށް ބަދަލުވުމާ ގާތުގައި އޮތްއިރު، ބެންޒެމާ ނިންމީ އެއްބަސްވުން އުވާލާށެވެ. 

ރިޕޯޓްތައް ބުނާގޮތުން، ބެންޒެމާ ފުޓްބޯޅަ ކެރިއަރު ކުރިއަށްގެންދާނަމަ، ދެން ވެސް ފެނުން ގާތީ ސައުދީގެ ކްލަބަކުންނެވެ. އެކަމަކު، ފުޓްބޯޅައިން ރިޓަޔާކުރުމުގެ ވިސްނުމެއް ވެސް އޭނާ ގެންގުޅޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ. 

އަލްޖީރިއާ ދަރިކޮޅަށް ނިސްބަތްވާ ބެންޒެމާ، އަލް ހިލާލްގެ ކޮންޓްރެކްޓް އުވާލިއިރު، ބާކީ އަހަރެއް އެއްބަސްވުމުގައި އޮތެވެ. މީގެ ކުރިން ބެލޮންޑިއޯ އެވޯޑް ވެސް ހޯދާފައިވާ ބެންޒެމާ، އަލް ހިލާލް އަށް ކުޅުނު 16 މެޗުން 10 ގޯލު ޖަހައި، ފަސް ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނެވެ. 

ލިޔޯން ދޫކޮށް، 33 މިލިއަން ޑޮލަރުގެ ފީ އަކަށް، 2009 ވަނަ އަހަރު، ރެއާލަށް ބަދަލުވި ބެންޒެމާ، ވަނީ ލިޔޯނަށް ކުޅުނުއިރު، ހަތަރު ފަހަރު އެ ޓީމާ އެކު، ލީގު ޗެމްޕިއަންކަން ހޯދައިފަ އެވެ. ރެއާލްގައި ހޭދަކުރި 14 އަހަރު ތެރޭ ބެންޒެމާ ވަނީ އެ ޓީމަށް ކުޅެދިން 648 މެޗުން 354 ގޯލު ޖަހައިފަ އެވެ. ބެންޒެމާ ވަނީ ރެއާލަށް ކުޅުނުއިރު ޖުމްލަ އެކު، 24 ތަށި އުފުލާލައިފަ އެވެ. އޭގެ ތެރޭގައި ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުން ހިމެނެ އެވެ. އަދި އެ ޓީމުގައި ހުރެ، ފްރާންސް ފުޓްބޯލް އިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ހޯދި އެވެ.


ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox