ފަހު ވަގުތު އަލް ހިލާލްއާ އެއްވަރުވެ އަލް ނަސްރަށް ލީގު ޔަގީން ނުކުރެވުނު

May 13, 2026, 9:47 AM
ރޭގެ މެޗުގެ ތެރެއިން އަލް ނަސްރުގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ.-

ރޭގެ މެޗުގެ ތެރެއިން އަލް ނަސްރުގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ.-

ރިޔާދު، ސައުދީ އަރަބިއްޔާ (މެއި 13) - ސައުދީ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގައި ރޭ ކުޅުނު މެޗުން އަލް ހިލާލުން ފަހު ވަގުތު ލަނޑު ޖަހައި، 1-1 އިން އެއްވަރުކުރުމުން، އަލް ނަސްރަށް މި މެޗުން ލީގު ޗެމްޕިއަންކަން ޔަގީންކުރުމުގެ ފުރުސަތު ގެއްލިއްޖެ އެވެ. 

ޖުމްލަ އެކު، 18 ޓީމު ވާދަކުރާ ސައުދީ ޕްރޯ ލީގުގެ އެއް ވަނައިގައި އަލް ނަސްރު އޮތީ ދެ ވަނައިގައި އޮތް އަލް ހިލާލް އަށް ވުރެން އެއް މެޗު އިތުރަށް ކުޅެގެން ފަސް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އަލް ނަސްރަށް 33 މެޗުން 83 ޕޮއިންޓް ލިބިފައިވާއިރު، އަލް ހިލާލަށް 32 މެޗުން ވަނީ 78 ޕޮއިންޓް ލިބިފަ އެވެ.

އަލް ނަސްރުގެ ސްޓޭޑިއަމް އަލް އައްވަލް ޕާކުގައި ރޭ ކުޅުނު މެޗުގައި އަލް ހިލާލަށް ކުޅޭ ފްރާންސްގެ ފޯވާޑް، ކަރީމް ބެންޒެމާ ވަނީ ގޯލެއް ޖަހައިފަ އެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ނިންމީ، އޮފްސައިޑް ކަމަށެވެ.

އަލް ނަަސްރުން ވަނީ މެޗުގެ ފުރަަތަމަ 37 ވަނަ މިނިޓްގައި ލަނޑު ޖަހައިފަ އެވެ. އެ ޓީމަށް ލީޑުނަގައިދިނީ ކިންގްސްލީ ކޯމަން ތަނަވަސްކޮށްދިން ފުރުސަތެއްގައި ޑިފެންޑަރު، މުހައްމަދު ސިމަކަން އެވެ. 

މި މެޗުގައި އަލް ނަސްރަށް ލަނޑު ޖަހައިދޭން ކޯމަން އަށް ލިބުނު ފުރުސަތެއްގައި ފޮނުވާލި ބޯޅައެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، އޭރިއާބޭރުން އަލް ނަސްރުގެ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ބޯޅައެއް އަލް ހިލާލްގެ ކީޕަރު، ޔާސީން ބޯނޯ ވަނީ މަތަކޮށްފަ އެވެ. 

މެޗުގެ އިތުރުު ވަގުތުގެ އަށް ވަނަ މިނިޓްގައި، އަލް ހިލާލް އިން އެއްވަރުކުރި ގޯލަކީ، އަލް ނަސްރުގެ ގޯލްކީޕަރު، ބެންޓޯ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އެ ގޮތުން، އަލް ހިލާލުގެ ދިގު އެއްލުމެއް ދިފާއުކުރަން، އަލް ނަސްރުގެ ސްޕެއިން ޑިފެންޑަރު، އިނީގޯ މާޓީނޭޒްއާ އެކު، އެ ބޯޅަ ހުއްޓުވަން ބެންޓޯ މަސައްކަތްކުރި ވަގުުތު، އޭނާ އަތުގައި ޖެހިފައި، ބޯޅަ ވަނީ ގޯލަށެވެ. މި ލަނޑު ވަނީ، ރެފްރީ މެޗު ނިންމާލުމުގެ 10 ސިކުންތު ކުރިންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox