116 މިލިއަން ޑޮލަރު ދީފައި މެންޗެސްޓާ ސިޓީން ބުއާދީ ގަންނަން ތައްޔާރުވެއްޖެ

Aug 25, 2026, 2:08 PM
މޮރޮކޯގެ މިޑްފީލްޑަރު އައްޔޫބް ބުއާދީ

މޮރޮކޯގެ މިޑްފީލްޑަރު އައްޔޫބް ބުއާދީ

ޕެރިސް (އޮގަސްޓް 25) - މޮރޮކޯ އަށް މި ފަހަރުގެ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި މިޑްފީލްޑަރު، އައްޔޫބް ބުއާދީ ވިއްކާލަން އޭނާ ކުޅެމުން އަންނަ ކްލަބް، ފްރާންސްގެ ލިލް އިން ކީ އަގު ކަމަށްވާ 116 މިލިއަން ޑޮލަރު ދީފައި އެ ޑިލް ނިންމަން މެންޗެސްޓާ ސިޓީން ތައްޔާރުވެއްޖެ އެވެ. 

ފްރާންސްގެ ފަސް އުމުރުފުރާއެއްގެ ގައުމީ ޓީމަށް ކުޅެ، 20 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކުރި 18 އަހަރުގެ ބުއާދީ ވަނީ މޮރޮކޯގެ ފުރަތަމަ އެގާރައިގައި ހިމެނިގެން، މި އަހަރުގެ ފީފާ ވޯލްޑް ކަޕްގައި މޮޅު ކުޅުމެއް ދައްކަައިފަ އެވެ.

ބުއާދީ ވިއްކާލަން ލިލް އިން ކިޔާ އަގުބޮޑުވުމުން، ކްލަބްތަކުން އެ ޑީލް ކުރިއަށް ގެންދިއުން މަޑުޖައްސާލި އެވެ. އެކަމަކު، މެންޗެސްޓާ ސިޓީ އަށް އަލުން އެ ޑީލަށް ވަންނަން މަޖުބޫރުވީ އެ ޓީމަށް ކުޅޭ ސްޕެއިންގެ މިޑްފީލްޑަރު، ރޮޑްރީ، އެ ކްލަބް ދޫކޮށް ބާސެލޯނާ އަށް ބަދަލުވުމުންނެވެ. އެއާ އެކު، ސިޓީން ވަނީ، ލިލްއާ އެކު މަޝްވަރާކޮށް، ޖުމްލަ އެކު 116 މިލިއަން ޑޮލަރުގެ ފީއެއް އަރާ ޕެކޭޖެއްގެ ތެރެއިން ބުއާދީގެ ސޮއި ހޯދަން ތައްޔާރުވެފަ އެވެ.

Advertisement

ރިޕޯޓްތައް ބުނާގޮތުން، ސިޓީން އެންމެ ފުރަތަމަ ދައްކާ ފީ އަކީ 100 މިލިއަން ޑޮލަރެވެ. ބާކީ 16 މިލިއަން ޑޮލަރަކީ ސިޓީގައި ބުއާދީ ހާސިލްކުރާ ކަންތައްތަކަށް ބަލާފައި ދޭން ނިންމާފައިވާ ޕޭމެންޓްތަކެކެވެ. 

މީގެ ތިން އަހަރު ކުރިން، އުމުރުން 16 އަހަރާއި ތިން ދުވަސް ވެފައި ވަނިކޮށް، ލިލް ސީނިއާ ޓީމަށް ކުޅެފައިވާ ބުއާދީ، މި ވަގުތު އެ ކްލަބްގެ ކޮންޓްރެކްޓްގައި ހުރީ 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަދާފައިވާ ކޮންޓްރެކްޓެއްގަ އެވެ.

ސިޓީން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ނޮޓިންހަމް ފޮރެސްޓަށް ކުޅޭ އިނގިރޭސި މިޑްފީލްޑަރު، އެލިއަޓް އެންޑަސަން، 116 މިލިއަން ޑޮލަރު ދީފައި ގަނެފަ އެވެ. އެކަމަކު، އެ ޑީލްގެ އަގު ޖުމްލަ އެކު، 145 މިލިއަން ޑޮލަރަށް އެރުމުގެ ފުރުސަތު އެބައޮތެވެ. ސިޓީން ވަނީ މި ފަަހަރުގެ ޓްރާންސްފާގައި، 30 މިލިއަން ޑޮލަރަށް ޓްރޯޔެސްގެ މަތީސް ޑެޓޯބެޓް، 15 މިލިއަން ޑޮލަރަށް ލެސްޓާ ސިޓީގެ ވިންގް ޖެރެމީ މޮންގާ، ހަ މިލިއަން ޑޮލަރަށް މާސޭގެ ކީޕަރު ޖެރޯނިމޯ ރޫއީ އާއި ހަ މިލިއަން ޑޮލަރަށް ޝެފީލްޑް ވެނެސްޑޭގެ ޕީއާސް ޗާލްސްގެ ސޮއި ހޯދައިފަ އެވެ. 

ބުއާދީގެ އިތުުރުން، ޕަލްމެއިރާސް އަށް ކުޅޭ އަލާން އެލިއާސްގެ ސޮއި ހޯދަން ސިޓީން އަންނަނީ މަސައްކަތް ކުރަމުންނެވެ. 


ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox