އެފްއެޗްއޭއެމް 2026: ޔޫރޯ މާކެޓިންގެ ބަރިސްޓާ ޗެލެންޖާއެކު ރާއްޖޭގެ ހުނަރުވެރިން އިޓަލީއަށް

Sep 8, 2026, 8:55 PM
ލަވާޒާ ބަރިސްޓާ ޗެލެންޖް 2026

ލަވާޒާ ބަރިސްޓާ ޗެލެންޖް 2026

ހުޅުމާލޭގެ މެންހަޓަން ގްރޭންޑް ހޮޓަލުގައި މިހާރު ކުރިއަށްދާ ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) 2026 އެގްޒިބިޝަންގައި ޔޫރޯ މާކެޓިންއިން ބައިވެރިވެއްޖެ އެވެ.

މި މައުރަޒުގައި އެ ކުންފުނިން ދަނީ ބައިނަލްއަގުވާމީ ފެންވަރުގެ ކާބޯތަކެތީގެ ބްރޭންޑުތަކާއި، ފާހަގަކޮށްލެވޭ އުފެއްދުންތައް ދައްކާލުމުގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގެ ފަންނުވެރިންނާއި ބުއިންތައް ތައްޔާރުކުރާ ފަރާތްތަކަށް ހާއްސަ ފޯރިގަދަ މުބާރާތްތަކެއް ކުރިއަށް ގެންދަމުންނެވެ.

ސެޕްޓެމްބަރު މަހުގެ 7 އިން 9 އަށް ކުރިއަށްދާ އެފްއެޗްއޭއެމް 2026 އަކީ ކާބޯތަކެއްޗާއި މެހެމާންދާރީގެ ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކާއި ފަންނުވެރިން ގުޅުވައިދީ، އާ އުފެއްދުންތައް ތައާރަފުކޮށް، މި ދާއިރާގެ ހުނަރުވެރިންގެ އަގުވަޒަންކުރުމަށް ފަހިކޮށްދީފައިވާ މުހިންމު މަންސައެކެވެ.

ލަވާޒާ ބަރިސްޓާ ޗެލެންޖް މޯލްޑިވްސް 2026 - ގައުމީ ފައިނަލް

މި އަހަރުގެ އެފްއެޗްއޭއެމްގައި ޔޫރޯ މާކެޓިންގެ ފަރާތުން ކުރިއަށްގެންދާ އެންމެ ހާއްސަ ހަރަކާތަކީ 9 ސެޕްޓެމްބަރު 2026 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން ބާއްވާ "ލަވާޒާ ބަރިސްޓާ ޗެލެންޖް މޯލްޑިވްސް 2026" ގެ ގައުމީ ފައިނަލް މުބާރާތެވެ.

މި މުބާރާތުގެ ކޮލިފައިން ބުރުތަކަށްފަހު، ގައުމީ ފައިނަލުން 10 ބަރިސްޓާއަކު ވަނީ ޖާގަ ހޯދާފައެވެ. މި ފައިނަލްގައި އެ ބައިވެރިންގެ ކޮފީއާ ގުޅޭ މައުލޫމާތާއި، ފަންނީ ހުނަރާއި، އުފެއްދުންތެރިކަމުގެ އިތުރުން މަސައްކަތުގެ ފަރުވާތެރިކަން ވަޒަންކުރެވޭނެ އެވެ.

މި މުބާރާތުން ހޮވޭ ރާއްޖޭގެ އެންމެ މޮޅު ބަރިސްޓާއަށް، 2027 ވަނަ އަހަރުގެ އެޕްރީލް މަހު އިޓަލީގެ ޓިއުރިންގައި ބާއްވާ ބައިނަލްއަގުވާމީ މުބާރާތުގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މި މުބާރާތުގެ ސަބަބުން ރާއްޖޭގައި ކުރިއަރަމުން އަންނަ ކޮފީ ސަގާފަތް އިތުރަށް ހަރުދަނާވެ، ދިވެހި ބަރިސްޓާއިންނަށް ގައުމީ ފެންވަރުގައި ހުނަރު ދައްކާލުމަށާއި ބައިނަލްއަގުވާމީ މައިދާނަށް ނުކުތުމަށް މަގުފަހިވެގެންދެ އެވެ.

1883 މޮކްޓެއިލް ކޮމްޕެޓިޝަން 2026

މި ހަރަކާތްތަކުގެ ފޯރި އިތުރުކޮށްދޭ އަނެއް މުބާރާތަކީ 8 ސެޕްޓެމްބަރު 2026 ގެ ހެނދުނު 10:00 ގައި ފެށުމަށް ހަމަޖެހިފައިވާ "1883 މޮކްޓެއިލް ކޮމްޕެޓިޝަން 2026" އެވެ. މި އަހަރުގެ މުބާރާތް ބާއްވަނީ ކޮކްޓެއިލްތަކާއި ބަނގުރާ އެކުލެވިގެންނުވާ ބުއިންތައް ތައްޔާރުކުރުމަށް ބޭނުންކުރާ ދުނިޔޭގެ މަޝްހޫރު ފްރެންޗް ސިރަޕް ބްރޭންޑެއް ކަމަށްވާ "1883" އާ ގުޅިގެންނެވެ.

މި މުބާރާތަކީ މެހެމާންދާރީގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށާއި މި ދާއިރާއަށް ޝައުގުވެރިވާ މިކްސޮލޮޖިސްޓުންނަށް، ބަނގުރާ އެކުލެވިގެންނުވާ ބުއިންތައް ތައްޔާރުކުރުމުގައި ހުރި އުފެއްދުންތެރިކަމާއި، ތަކެތި ހުށަހަޅައިދިނުމުގެ ފަންނުވެރިކަން ދައްކާލުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.

ޖުމްލަ 15 ބައިވެރިންނާއެކު ކުރިއަށްދާ މި މުބާރާތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބުއިންތައް ތައްޔާރުކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަންނުވެރިންގެ ހުނަރު ފެނިގެންދާނެއެވެ.

އަކުއާ ފިލެޓޭ (Acqua Filette) ތައާރަފުކުރުން

ޔޫރޯ މާކެޓިންގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް އިޓަލީގެ ތާރީހީ މިނަރަލް ވޯޓާ ބްރޭންޑެއް ކަމަށްވާ "އަކުއާ ފިލެޓޭ" ބަލާލުމުގެ ފުރުސަތު ލިބޭނެއެވެ. މި ބްރޭންޑުގެ "ނެޗުރަލީ ސްޓިލް" އަދި "ސްޕާކްލިން" ފެން މިހާރު ޔޫރޯ ސްޓޯރުން ލިބެން ހުންނާނެ އެވެ.

މި ފެނަކީ 1894 ވަނަ އަހަރުން ފެށިގެން ބަންދުކުރަމުން އަންނަ، އިޓަލީގެ ލާޒިއޯ އެޕެނައިންސްގެ ކަނޑުގެ ސަތަހައަށްވުރެ 900 މީޓަރު އުސްމިނުގައިވާ ގުއާސީނޯގެ ގުދުރަތީ ފެން އާރަކުން ނަގާ ފެނެކެވެ. މިއީ އިހުޒަމާނުން ފެށިގެން މަޝްހޫރު، އަދި މަތީ ފަންތީގެ ހޮޓާތަކާއި ރެސްޓޯރަންޓުތަކުގައި ބޭނުންކުރަމުން އަންނަ ފެނެކެވެ.

އަކުއާ ފިލެޓޭ އަކީ ސޯޑިއަމް އަދި ނައިޓްރޭޓްގެ މިންވަރު ވަރަށް ބޮޑަށް ދަށް، ސިއްހަތަށް ފައިދާހުރި އަދި ރަހަ މީރު ފެނެކެވެ. ތިމާވެއްޓާ ރައްޓެހި ގޮތަކަށް މަސައްކަތްކުރާ މި ބްރޭންޑުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބަދަލުގައި ބޭނުންކުރަނީ ބިއްލޫރި އަދި އެލްމިނިއަމް ފުޅިއެވެ.

ލަވާޒާ ޓޭލްސް އޮފް އިޓަލީ 

ޔޫރޯ މާކެޓިންއިން މި މައުރަޒުގައި "ލަވާޒާ ޓޭލްސް އޮފް އިޓަލީ" ގެ ކަލެކްޝަން ވެސް ދަނީ ދައްކާލަމުންނެވެ. މިއީ އިޓަލީގެ މުއްސަނދި ކޮފީ ސަގާފަތާއި ސަރަހައްދީ އާދަކާދަތަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ އުފެއްދުންތަކެކެވެ. ޔޫރޯ މާކެޓިންގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް މި ކޮފީގެ އެކި ރަހަތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބޭނެއެވެ.

އެފްއެޗްއޭއެމް 2026 ކުރިއަށްދާ މުއްދަތުގައި، ޔޫރޯ މާކެޓިންއިން ރާއްޖެއަށް އެތެރެކުރާ ބައިނަލްއަގުވާމީ ކާބޯތަކެތީގެ އެކި ބްރޭންޑުތައް ބަލާލުމާއި، އެ ތަކެތީގެ ރަހަ ބަލާލުމުގެ ހަރަކާތްތައް މައުރަޒުގެ ތެރޭގައި ކުރިއަށްދާނެ އެވެ.

މި މައުރަޒު ކުރިއަށްދާ 7 އިން 9 ސެޕްޓެމްބަރުގެ ނިޔަލަށް، ހުޅުމާލޭ މެންހަޓަން ގްރޭންޑް ހޮޓަލުގެ ސްޓޯލް ނަންބަރު D10 އަދި D11 އިން ޔޫރޯ މާކެޓިންގެ އުފެއްދުންތައް ފެންނަން ހުންނާނެ އެވެ.

މި މައުރަޒުގައި ބައިވެރިވުމުގެ މައިގަނޑު މަގްސަދަކީ މެހެމާންދާރީގެ ދާއިރާގެ ފަންނުވެރިންނާ ގުޅުން ބަދަހިކުރުމާއި، ބައިނަލްއަގުވާމީ ބްރޭންޑުތައް ތައާރަފުކުރުމުގެ އިތުރުން، ރާއްޖޭގެ ކާބޯތަކެއްޗާއި މެހެމާންދާރީގެ ސިނާއަތުގައި ތިބި ހުނަރުވެރި ފަރާތްތަކަށް ހިތްވަރުދީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ޔޫރޯ މާކެޓިންއިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox