ފުޑް އެންޑް ހޮސްޕިޓަލިޓީ މައުރަޒުގެ ކޯ-ސްޕޮންސަރަކަށް ސިމްޑީ

Sep 6, 2026, 7:26 PM
ސިމްޑީޣެ ފިހާރައެއް: އެ މައުރަޒުގައި ސިމްޑީ އިން ބައިވެރިވާތާ 10 އަހަރުވެއްޖެ -- ފޮޓޯ: ސިމްޑީ

ސިމްޑީޣެ ފިހާރައެއް: އެ މައުރަޒުގައި ސިމްޑީ އިން ބައިވެރިވާތާ 10 އަހަރުވެއްޖެ -- ފޮޓޯ: ސިމްޑީ

ރާއްޖޭގެ ފަތުރުވެރިކަމާއި ކާބޯތަކެތީގެ ދާއިރާގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ފާހަގަކޮށްލެވޭ އެއް މައުރަޒު ކަމަށްވާ ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) 2026 ގެ ކޯ-ސްޕޮންސަރެއްގެ ގޮތުގައި ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުނި ސިމްޑީ ގްރޫޕް ހަމަޖައްސައިފި އެވެ.

މިއީ ސިމްޑީ ގްރޫޕުން މި މައުރަޒުގެ ސްޕޮންސަރެއްގެ ގޮތުގައި ބައިވެރިވާ ޖެހިޖެހިގެން ފަސްވަނަ އަހަރެވެ. މި އެއްބަސްވުމާއެކު، ރާއްޖޭގެ ހޮސްޕިޓަލިޓީ ދާއިރާ ކުރިއެރުވުމަށް އެ ކުންފުނިން ދެމުންގެންދާ އެއްބާރުލުން އިތުރަށް ވަރުގަދަވެގެންދާނެ އެވެ.

މި މައުރަޒު ބޭއްވުމަށް ތާވަލުކުރެވިފައިވަނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 7 އިން 9 ގެ ނިޔަލަށެވެ. ހުޅުމާލޭގައި ހުންނަ މެންހަޓަން ގްރޭންޑް ހޮޓެލްގައި ކުރިއަށްދާ މި ހަރަކާތަކީ ދާއިރާގެ ގިނަ ފަރާތްތަކެއް އެއްތަނަކުން ބައްދަލުވެ، އާ ގުޅުންތައް ގާއިމުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ. ސިމްޑީ ގްރޫޕަކީ މި މައުރަޒުގައި ބައިވެރިވަމުން އަންނަތާ 10 އަހަރަށްވުރެ ގިނަ އަހަރުވެފައިވާ، މި ދާއިރާގެ ތަޖުރިބާކާރު ކުންފުންޏެކެވެ.

މި މައުރަޒުގެ ތެރެއިން ސިމްޑީ ގްރޫޕުން ތަފާތު އެކި ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ރާވާފަ އެވެ. އެގޮތުން، ދުނިޔޭގެ މަޝްހޫރު ދިލްމާ ސައިގެ އާ އުފެއްދުންތައް ތައާރަފްކުރުމަށް ހާއްސަ ސްޓޯލެއް ހުންނާނެ އެވެ. މީގެ އިތުރުން، ސިމްޑީ ސީޕީޑީ ސްޓޯލް މެދުވެރިކޮށް ބައިނަލްއަގުވާމީ އެކި ބްރޭންޑްތަކުގެ ކާބޯތަކެއްޗާއި، ރިސޯޓްތަކަށް ބޭނުންވާ އެންމެ ފަހުގެ ޒަމާނީ ސާމާނުތައް ދައްކާލުމަށް ވަނީ ހަމަޖެހިފަ އެވެ.

ކައްކާ މީހުންގެ ހުނަރުތައް ދައްކާލުމަށް ބާއްވާ "ދުނާރް ރައިސް ޑިޝް ކޮމްޕެޓިޝަން" އަކީ ވެސް މި މައުރަޒުގެ ތެރެއިން ފާހަގަކޮށްލެވޭނެ މުހިންމު ހަރަކާތެކެވެ. މިއީ މި މުބާރާތް ބާއްވާ ފަސްވަނަ އަހަރު ކަމަށްވާއިރު، މި މުބާރާތުގެ އިތުރުން "ދުނާރް ކަލިނަރީ ޗެލެންޖް" ގެ ކެޓަގަރީ ސްޕޮންސަރަކީ ވެސް ސިމްޑީ ގްރޫޕެވެ. މި ހަރަކާތްތަކުގެ ސަބަބުން ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ހުނަރު ތަރައްގީކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެ އެވެ.

ސިމްޑީ ގްރޫޕުން ހާމަކުރާ ގޮތުގައި، މިފަދަ ބޮޑު މައުރަޒެއްގައި ބައިވެރިވުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ފަތުރުވެރިކަމާއި ކާބޯތަކެތީގެ ސިނާއަތް އިތުރު ހަރުފަތަކަށް ކުރިއެރުވުމަށް އެހީތެރިވެދިނުމެވެ. އަދި މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ދުނިޔޭގެ ފެންވަރުގެ އާ އުފެއްދުންތަކާއި ހިދުމަތްތައް ތައާރަފްކޮށްދީ، ވިޔަފާރީގެ އާ ފުރުސަތުތައް ފަހިކޮށްދިނުމަކީ ވެސް އެ ކުންފުނީގެ އަމާޒެކެވެ.

ސިމްޑީ ގްރޫޕަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ވިޔަފާރިކުރަމުން އަންނަ، އިތުބާރު ހޯދާފައިވާ ކުންފުންޏެކެވެ. އެ ކުންފުނިން ދުނިޔޭގެ ފެންވަރުގެ ގިނަ ބްރޭންޑްތަކެއް ރާއްޖެއަށް ތައާރަފްކޮށް، ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންވާ މުހިންމު ސާމާނު ފޯރުކޮށްދިނުމުގައި އިސް ދައުރެއް އަދާކުރެ އެވެ.

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox