ލަވާޒާ
2 ލިޔުން
ފަހުގެ
ވިޔަފާރިލަވާޒާ ބަރިސްޓާ ޗެލެންޖުގެ ގައުމީ ތަށި އަނޫރާދާއަށް
ލަވާޒާ ބަރިސްޓާ ޗެލެންޖް މޯލްޑިވްސް 2026 ގެ ގައުމީ ޗެމްޕިއަންކަން ކޮންރެޑް މޯލްޑިވްސްގެ އަނޫރާދާ ކުމާރަސިންހަ ހަޕުވާ ހޯދައިފިއެވެ. މި ކާމިޔާބީއާއެކު އިޓަލީގައި ބާއްވާ ބައިނަލްއަގުވާމީ ފައިނަލް މުބާރާތުގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު އޭނާއަށް ވަނީ ލިބިފައެވެ. މި މުބާރާތުގެ ދެވަނަ ޕްރޭމް ޝަޝިކާންތު ހޯދިއިރު، ތިންވަނަ ހޯދާފައިވަނީ ނޫރު ރޮއިބް އެވެ.
ވިޔަފާރިރާއްޖޭގެ ބަރިސްޓާއިން އިޓަލީގެ ބައިނަލްއަގުވާމީ މުބާރާތަށް
އެފްއެޗްއޭއެމް 2026 މައުރަޒުގައި ޔޫރޯ މާކެޓިންއިން ބައިވެރިވެ، ރާއްޖޭގެ ހުނަރުވެރި ބަރިސްޓާއިންނަށް ހާއްސަ މުބާރާތްތަކެއް ދަނީ ބާއްވަމުންނެވެ. މީގެ ތެރެއިން "ލަވާޒާ ބަރިސްޓާ ޗެލެންޖް" ކާމިޔާބުކުރާ ފަރާތަކަށް 2027 ވަނަ އަހަރު އިޓަލީގައި ބާއްވާ ބައިނަލްއަގުވާމީ މުބާރާތުގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
