ލަވާޒާ ބަރިސްޓާ ޗެލެންޖުގެ ފައިނަލަށް 10 މީހަކު

Sep 2, 2026, 5:15 PM
ލަވާޒާ ބަރިސްޓާ ޗެލެންޖް މޯލްޑިވްސް 2026 ގެ ތެރެއިން: އެއް ވަނަ ހޯދާ ފަރާތަކުން އިންޓަނޭޝަނަލް މުބާރާތުގައި ރާއްޖެ ތަމްސީލު ކުރުމުގެ ފުރުސަތު ލިބޭނެ -- ފޮޓޯ: އަދަދު

ލަވާޒާ ބަރިސްޓާ ޗެލެންޖް މޯލްޑިވްސް 2026 ގެ ތެރެއިން: އެއް ވަނަ ހޯދާ ފަރާތަކުން އިންޓަނޭޝަނަލް މުބާރާތުގައި ރާއްޖެ ތަމްސީލު ކުރުމުގެ ފުރުސަތު ލިބޭނެ -- ފޮޓޯ: އަދަދު

"ލަވާޒާ ބަރިސްޓާ ޗެލެންޖު މޯލްޑިވްސް 2026" ގެ ކޮލިފައިން ބުރު ނިމި، މުބާރާތުގެ ފައިނަލުން 10 ބަރިސްޓާއަކު ޖާގަ ހޯދައިފި އެވެ.

ލަވާޒާ ބާރިސްޓާ ޗެލެންޖަކީ ކޮފީގެ މާހިރުންގެ ހުނަރާއި، އުފެއްދުންތެރިކަމާއި، ފަންނީ ހުނަރުގެ އިތުރުން ކޮފީ ތައްޔާރުކުރުމަށް ހުންނަ ޝައުގުވެރިކަން ދައްކާލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އެންމެ މޮޅު ބަރިސްޓާ ހޮވައި، ބައިނަލްއަގުވާމީ މައިދާނުގައި ދިވެހިރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ.

ޔޫރޯ މާކެޓިންގެ ލަވާޒާ ބަރިސްޓާ ޓްރެއިނިން ސެންޓަރުގައި މި އޮގަސްޓު 30 އިން 31 އަށް ކުރިއަށްގެންދިޔަ ކޮލިފައިން ބުރުގެ ކުރިން، މުބާރާތުގައި ބައިވެރިވި ބާރިސްޓާއިންގެ ހުނަރު އިތުރަށް ތަރައްގީކޮށް ތައްޔާރުވުމުގެ ގޮތުން ހާއްސަ ތަމްރީނުތަކެއް ކުރިއަށް ގެންދިޔަ އެވެ.

ކޮލިފައިން ބުރުގައި ބައިވެރިން ވަނީ އެމީހުންގެ ހުނަރާއި ޓެކްނިކަލް ގާބިލުކަން ސާބިތުކޮށްދީފަ އެވެ.

ފައިނަލަށް ހޮވުނު 10 ބަރިސްޓާއިންގެ މެދުގައި ބާއްވާ ނޭޝަނަލް ފައިނަލް އޮންނާނީ އަންނަ ސެޕްޓެމްބަރު 9 ގައި "ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް" (އެފްއެޗްއޭއެމް) ގެ ތެރޭގަ އެވެ.

މި ބުރުގައި ވާދަކޮށް "ލަވާޒާ ބަރިސްޓާ ޗެލެންޖު މޯލްޑިވްސް 2026" ގެ ނޭޝަނަލް ޗެމްޕިއަންކަން ހޯދާ ފަރާތަކަށް 2027 ވަނަ އަހަރުގެ އެޕްރީލް އިޓަލީގައި ބާއްވާ "ލަވާޒާ ބާރިސްޓާ ޗެލެންޖު" ގެ އިންޓަނޭޝަނަލް ފައިނަލްގައި ދުނިޔޭގެ އެހެން ގައުމުތަކުގެ ޗެމްޕިއަނުންނާއެކު ރާއްޖެ ތަމްސީލުކޮށް، ގްލޯބަލް ޓައިޓަލްއަށް ވާދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

މި މުބާރާތަކީ ހަމައެކަނި ކޮފީ ތައްޔާރުކުރުމަށް އެކަނި ބަލާ މުބާރާތެއް ނޫނެވެ. ބައިވެރިން އިންސާފުކުރެވޭ ދާއިރާތަކުގެ ތެރޭގައި އުފެއްދުންތެރިކަމާއި، މިޒާޖާއި، އިންގްރީޑިއަންޓްސް އަދި އެސްޕްރެސޯ ބްރޫއިންގް ޓެކްނިކްސް ބޭނުންކުރުމުގެ އިތުރުން ޕްރޮފެޝަނަލް މިންގަނޑުތައް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox