މާލެ އާއި ހުޅުމާލޭގައި މިއަދު ހިނގި ތިން އެކްސިޑެންޓެއްގައި ފަސް މީހަކަށް އަނިޔާވެއްޖެ

Sep 2, 2026, 11:15 PM
މާލޭގެ ޓްރެފިކް ބޮޑު ސަރަހައްދެއް: މިދިޔަ ހޮނިހިރު ދުވަހު ހިނގި އެކްސިޑެންޓެއްގައި ކުޑަކުއްޖަކު ވަނީ ނިޔާވެފައި -- ފޮޓޯ: އަދަދު ފައިލް

މާލޭގެ ޓްރެފިކް ބޮޑު ސަރަހައްދެއް: މިދިޔަ ހޮނިހިރު ދުވަހު ހިނގި އެކްސިޑެންޓެއްގައި ކުޑަކުއްޖަކު ވަނީ ނިޔާވެފައި -- ފޮޓޯ: އަދަދު ފައިލް

ވެރި ރަށް މާލެ އާއި ހުޅުމާލޭގައި މިއަދު ހިނގި ތިން އެކްސިޑެންޓެއްގައި ފަސް މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. 

މިއަދުގެ ފުރަތަމަ އެކްސިޑެންޓު ހިނގީ ހެނދުނު 8:00 ގައި ވިނަރެސް ހައެއް ފްލެޓު ކައިރިން ސައިކަލެއް ކޮންޓްރޯލުން ނެއްޓި ވެއްޓިގެންނެވެ. ފުލުހުން ބުނީ ސައިކަލު ކޮންޓްރޯލުން ނެއްޓީ، ކުއްލިއަކަށް މަގު ހުރަސް ކުރަން ކުރި ކުޑަކުއްޖެއްގެ ގައިން ނެއްޓެން އުޅުމުގެ ތެރޭގައި ކަމަށެވެ 

"މި އެކްސިޑެންޓާ ގުޅިގެން އިތުރަށް ބެލިބެލުމުން، ސައިކަލުގެ ކުރިމަތިން ކުއްލިއަކަށް ކުޑަކުއްޖަކު މަގު ހުރަސްކުރުމުން، ކުއްޖާ ގައިން ނެއްޓެން އުޅުމުގެ ތެރޭގައި ސައިކަލު ކޮންޓްރޯލުން ނެއްޓި ވަނީ ވެއްޓިފައެވެ. އަދި މި ހާދިސާގައި ކުއްޖާގެ ގައިގައި ސައިކަލުން ޖެހިފައިނުވޭ،" ފުލުހުން ބުންޏެވެ. 

Advertisement

އޭގެ ފަހުން މިއަދު ހަވީރު 5:10 ގައި އެކްސިޑެންޓެއް ހިނގީ ބަހަކާއި ސައިކަލެއް ޖެހި އެވެ. އެ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން 69 އަހަރުގެ ފިރިހެން މީހާ އަދި ފަހަތުގައި އިން އުމުރުން 72 އަހަރުގެ އަންހެން މީހަކަށް ވަނީ އަނިޔާވެފަ އެވެ. 

"ނަމަވެސް އެމީހުންނަށް ސީރިއަސް އަނިޔާއެއް ވެފައި ނުވޭ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން،" ފުލުހުން ބުނެފައިވެ އެވެ. 

މިއަދުގެ ތިން ވަނަ އެކްސިޑެންޓު ހިނގީ ރޭގަނޑު 8:11 ހާއިރު ހުޅުމާލޭ ފޭސް ދޭއްގައި ދެ ސައިކަލު ޖެހިގެންނެވެ. އެ އެކްސިޑެންޓުގައި ވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވާ ކަމަށް ފުލުހުން ބުނެ އެވެ. 

"މި އެކްސިޑެންޓުގައި އެކަކުގެ ކަނާތު ފައިތިލަ މަތިން ކަނޑައިގެންގޮސް އަނިޔާވީ ނަމަވެސް، ސީރިއަސް އަނިޔާއެއް ލިބިފައި ނުވޭ،" ފުލުހުން ބުންޏެވެ. 

މިއަދު އެކްސިޑެންޓުތަކެއް ހިނގިއިރު، މިދިޔަ ހޮނިހިރު ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން އެންމެ ނުވަ އަހަރުގެ ޒީވާ ސިނާން އަހުމަދު ވަނީ ނިޔާވެފަ އެވެ. އެ އެކްސިޑެންޓު ހިނގަން މެދުވެރިވީ ސައިކަލެއް މީހެއްގެ ގައިގައި އަޅައިގަނެ ވެއްޓިގެންނެވެ. ޒީވާ އިނީ ސައިކަލު ފަހަތުގަ އެވެ. 

ބެލެވެނީ ސައިކަލު ވެއްޓުމުގެ ތެރޭގައި، ފަހަތުން އައި ކާރެއްގައި ޒީވާ ޖެހުނު ކަމަށް ނުވަތަ ވެހިކަލް ޒީވާގެ ގައި މަތިން ދިޔަ ކަމަށެވެ. އެކްސިޑެންޓު ހިނގައިދިޔަ ގޮތް ހޯދަން ފުލުހުން އަންނަނީ ފޮރެންސިކް ތަހުލީލެއް ހަދަމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox