އުރުގުއޭ އާއި ބްރެޒިލާ ދެކޮޅަށް ކުުޅުމަކީ އިންޑިއާ ކުޅުންތެރިންނަށް ރަނުގެ ފުރުސަތެއް: ޗެތުރީ

Aug 31, 2026, 6:34 AM
2024 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ކޮލިފައިން މެޗެއްގެ ވޯމްއަޕްގެ ތެެރެއިން ޗެތުރީ.

2024 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ކޮލިފައިން މެޗެއްގެ ވޯމްއަޕްގެ ތެެރެއިން ޗެތުރީ.

ބެންގަލޫރު (އޮގަސްޓް 31) - ކުރިއަށް އޮތް ފީފާ އިންޓަނޭޝަނަލް ބްރޭކުގައި، ދެކުނު އެމެރިކާ ފުޓްބޯޅައިގެ ވަރުގަދަ ދެ ބާރު ކަމަށްވާ އުރުގުއޭ އާއި ބްރެޒިލް ފަދަ ޓީމުތަކާ ދެކޮޅަށް އިންޑިއާ އިން ކުޅުމަކީ ކުޅުންތެރިންނަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް އިންޑިއާ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން، ސުނިލް ޗެތުރީ ބުނެފި އެވެ. 

ފީފާ އިން އަންނަ މަހު ގައުމީ ޓީމުތަކަށް ކަނޑައަޅާފައިވާ ބްރޭކް އޮތީ ސެޕްޓެމްބަރު މަހު، 21 އިން އޮކްޓޫބަރު 6 ގެ ނިޔަލަށެވެ. އިންޑިއާ އިން މި ބްރޭކުގައި ކުޅޭ ފުރަތަމަ މެޗުގައި، ސެޕްޓެމްބަރު މަހު، 26 ގައި ޕެނަމާއާ ކުޅޭނެ އެވެ. ދެ ވަނަ މެޗުގައި ބްރެޒިލާ ދެކޮޅަށް އޮކްޓޫބަރު މަހު ތިން ވަނަ ދުވަހު ކުޅުމަށް ފަހު، ތިން ވަނަ މެޗުގައި، އޭގެ ތިން ދުވަސް ފަހުން އުރުގުއޭއާ ކުޅޭނެ އެވެ. 

ފީފާ ބްރޭކުގައި އިންޑިއާ އިން ކުޅެނީ ޕެނަމާ، ބްރެޒިލް އަދި އުރުގުއޭއާ ދެކޮޅަށް

ކުރިއަށް އޮތް ފީފާ ބްރޭކުގައި އިންޑިއާ އިން ޕެނަމާ، ބްރެޒިލް އަދި އުރުގުއޭއާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ވަނީ ނިންމާފައި. އާސިއާން ކަޕް ދޫކޮށްލުމަށްފަހު އިންޑިއާ އިން މި މެޗުތައް ކުޅެނީ ދުނިޔޭގެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް އަމިއްލަ ގައުމުގައި ވާދަވެރި މެޗުތަކެއް ކުޅުމުގެ މަގްސަދުގައި

"ސަޕޯޓަރެއްގެ ގޮތުގައި ހުންނަން ޖެލަސް ވޭ މި ފަދަ މެޗުތަކުގައި. އަހަރެންގެ 24-26 އަހަރުވީ ޕްރޮފެޝަނަލް ކެރިއަރުގައި ގާތްގަނޑަކަށް 20 އަހަރު ހޭދަކުރިން ގައުމީ ޓީމުގައި. މި ކަހަލަ ފުރުސަތެއް އަަހަންނަށް ނުއެއް ލިބޭ،" އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އަށް ދިން އިންޓަވިއުއެއްގައި ޗެތުރީ ބުންޏެވެ. 

Advertisement

މިދިޔަ އަހަރު ދެ ވަނަ ފަހަރަށް ގައުމީ ޓީމުން ރިޓަޔާކުރި މިހާރު 42 އަހަރުގެ ޗެތުރީ ބުނީ، މިހާރު އޮތް އިންޑިއާ ގައުމީ ޓީމަށް އެންމެ މުހިންމު ކަމަކީ ގައުމީ ޓީމުގެ މެޗުތައް އަންނައިރު ފިޓްކޮށް، އެންމެ ރަނގަޅަށް ތައްޔާރުވެ ހުރުން ކަމަށެވެ. ގައުމީ ޓީމާ ދުރުގައި ހުރި ނަމަވެސް އަބަދުވެސް ޓީމަށް ކާމިޔާބަށް އެދޭ ކަމަށް ޗެތުރީ ވަނީ ބުނެފަ އެވެ. 

"މިއީ އެ މީހުންގެ ވަގުތު. ވަރަށް ރަނގަޅު ޒުވާން ކުޅުންތެރިން އިންޑިއާ ގައުމީ ޓީމުގައި އެބަތިބި. އެންމެންނަށް ވެސް ފުރުސަތު ލިބޭނެ ކަމަށް މި ބަލަނީ. އަހަންނަށް 20 އަހަރު ކުރިން ލިބުނު ގޮތަށް،" ޗެތުރީ ބުންޏެވެ. 

އިންޑިއާގެ ގައުމީ ޓީމުގެ ސިލެކްޝަން ހެދިއިރު، ބައެއް ކުޅުންތެރިންނަށް ފުރުސަތު ގެއްލުމުން އެ ކަމަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. ޗެތުރީ ބުނީ، ގައުމީ ޓީމުގެ ކޯޗުގެ ޕްލޭނަށް ފިޓްވާނެ ކުޅުންތެރިން ނެގުމަކީ އޭނާ އަށް އޮންނާނެ ޒިންމާއެއް ކަމަށާއި އެކަމަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށެވެ. 

"ކޯޗު ޖަވާބު ދޭން ޖެހޭނީ އެ ކަމަށް. އެހެން އެންމެންނެކޭ އެއްގޮތަށް އަހަންނަކީ މިހާރު ސަޕޯޓަރެއް. ދެންމެ އަހަރެން މި އައީ 20 ވަރަކަށް މިނިޓަށް ޓްރެއިނިންގައި ބައިވެރިވެފައި. އަހަންނަށް މިހާރު 42 އަަހަރު. ރަނގަޅަށް ދުވެލެވެނީ ކިރިޔާ، އަހަރެން ވެސް ހާލުގައި މި ދަނީ،" ހިނިއައިސްފައި ހުރެ ޗެތުރީ ބުންޏެވެ. 

އޭނާ ބުނީ، އިންޑިއާ ފުޓްބޯޅައިގައި ތަފާތު އެކި މައްސަލަތައް ނެތް އިރަކާ ދިމާނުވާ ކަމަށާއި އެންމެ މުހިންމު ކަމަކީ ޕޮޒިޓިވް ވިސްނުމެއްގައި މަސައްކަތް ކުރަން އިސްކަންދީގެން، އުންމީދުގައި ކުރިއަށްދާން ފުރުސަތުތައް ހޯދައިދިނުން ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox