ފީފާ ބްރޭކުގައި އިންޑިއާ އިން ކުޅެނީ ޕެނަމާ، ބްރެޒިލް އަދި އުރުގުއޭއާ ދެކޮޅަށް

Aug 28, 2026, 11:14 AM
އެންމެ ފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އިން ކުޅުނު މެޗެއްގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

އެންމެ ފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އިން ކުޅުނު މެޗެއްގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

މުމްބައި، އިންޑިއާ (އޮގަސްޓް 28) - ކުރިއަށް އޮތް ފީފާ ބްރޭކުގައި އިންޑިއާ އިން ޕެނަމާ، ބްރެޒިލް އަދި އުރުގުއޭއާ ދެކޮޅަށް މެޗުތައް ކުޅެން ނިންމައި ތާރީހުތައް ފައިނަލްކޮށްފި އެވެ. 

ފީފާ އިން އަންނަ މަހު ގައުމީ ޓީމުތަކަށް ކަނޑައަޅާފައިވާ ބްރޭކް އޮތީ ސެޕްޓެމްބަރު މަހު، 21 އިން އޮކްޓޫބަރު 6 ގެ ނިޔަލަށެވެ. މީގެ ކުރިން މި ބްރޭކުގައި އިންޑިއާ އިން އޮތީ ފީފާ އާސިއާން ކަޕްގައި ކުޅެން ރާވައިފަ އެވެ. އެކަމަކު، ފަހުން އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އިން ނިންމާފައިވަނީ، އާސިއާން ކަޕްގެ ފުރުސަތު ދޫކޮށްލައި، އަމިއްލަ ގައުމުގައި ވާދަވެރި ގައުމުުތަކަކާ ދެކޮޅަށް މެޗުތައް ކުޅޭ ގޮތަށް ރޭވުމަށެވެ. އާސިއާން ކަޕުން އިންޑިއާ ދޫކޮށްލި ޖާގަ އަށް އެ މުބާރާތުން ފެންނާނީ ބަންގްލަދޭޝް އެވެ. 

އިންޑިއާ އިން ކުރިއަށް އޮތް ފީފާ ބްރޭކުގައި ކުޅޭ ތިން މެޗު ވެސް އޮތީ މި ފަހަރު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ބޭއްވި ފީފާ ވޯލްޑް ކަޕްގައި ކުޅުނު ޓީމުތަކާ ދެކޮޅަށެވެ. އަދި، ނޮވެމްބަރު މަަހުގެ ފީފާ ބްރޭކުގައި ވެސް މި ފަަހަރު ވޯލްޑް ކަޕްގައި ކުޅުނު ދެ ޓީމަކާ ދެކޮޅަށް ކުޅެން އިންޑިއާ އިން އޮތީ ރާވައިފަ އެވެ. 

ކުރިއަށް އޮތް ފީފާ ބްރޭކުގައި އިންޑިއާ އިން އެންމެ ފުރަތަމަ ކުޅޭނީ ސެޕްޓެމްބަރު މަހު 26 ވަނަ ދުވަހު ޕެނަމާއާ ދެކޮޅަށެވެ. މިއީ، މި ދެ ގަައުމުގެ މެދުގައި ކުޅެވޭ ފުރަތަމަ މެޗެވެ. ޕެނަމާ ވެގެންދާނީ އިންޑިއާ އިން ކުޅޭ ކޮންކަކަފް ސަރަހައްދަށް ނިސްބަތްވާ ނުވަ ވަނަ ޓީމަަށެވެ. ފީފާގެ ރޭންކިންގެ 44 ވަނައިގައި އޮތް ޕެނަމާ އަކީ، މި ފަހަރު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕްގައި ވެސް ވާދަކުރި ޓީމެކެވެ. ވޯލްޑް ކަޕްގައި ގާނާ އަތުން 1-0 އިން ބަލިވި ޕެނަމާ އިން ކްރޮއޭޝިއާ އަތުން ވެސް ބަލިވީ ހަމަ އެ ނަތީޖާ އިންނެވެ. އިންގްލެންޑުން ޕެނަމާ އަތުން މޮޅުވީ 2-0 އިންނެވެ. 

ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ ބްރެޒިލާ ދެކޮޅަށް އިންޑިއާ އިން ކުޅޭ މެޗު އޮތީ އޮކްޓޫބަރު ތިން ވަނަ ދުވަހު އެވެ. މީގެ ކުރިން، ކަލްކަތާގައި ބްރެޒިލްގެ ލެޖެންޑަރީ ފުޓްބޯޅަ ތަރި ޕެލޭ ވަނީ ކުޅެފަ އެވެ. ބްރެޒިލަށް މަރުދޭ ގިނަ ސަޕޯޓަރުންނެއް އިންޑިއާގައި އުޅޭއިރު، ޕެލޭ އިންޑިއާގެ އެޑެން ގާޑެންސްގައި ކުޅެފައިވަނީ، ކްލަބް މެޗެކެވެ. އެއީ، އެމެރިކާގެ ނިއުޔޯކް ކޮސްމޯސް އަށް 1977 ވަނަ އަހަރު ޕެލޭ ކުޅުނުއިރު، އިންޑިއާ އަށް ކުރި ދަތުރެއްގައި މޯހަން ބަގާންއާ ދެކޮޅަށެވެ.

އިންޑިއާ އިން އުރުގުއޭއާ ދެކޮޅަށް ކުޅޭ މެޗު ހަމަޖެއްސީ އޮކްޓޫބަރު ހަ ވަނަ ދުވަހު ކުޅޭ ގޮތަށެވެ. ބްރެޒިލް މެޗެކޭ އެއް ގޮތަށް މި މެޗު ވެސް ކުޅޭނީ ކަލްކަތާގަ އެވެ. ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ އުރުގުއޭ އިން ވަނީ 1982 ވަަނަ އަހަރު އިންޑިއާގައި ބޭއްވި ނެހްރޫ ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެ ފަހަރު އުރުގުއޭގެ ލެޖެންޑަރީ ކުޅުންތެރިޔާ، އެންޒޯ ފްރަންސެސްކޯލީ ވެސް އުރުގުއޭ ޓީމަށް ކުޅުނެވެ. 

މި ފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓި އުރުގުއޭ އަށް ލިބުނީ ދެ ޕޮއިންޓެވެ. މިއީ، އުރުގުއޭ ފުޓްބޯޅަ އަށް ބޮޑު ވެއްޓުމެކެވެ. ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ކުޅުނު އުރުގުއޭ މި ވަނީ ޖެހިޖެހިގެން ދެ ވޯލްޑް ކަޕްެގެ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ. ދުނިޔޭގެ ރޭންކިން 20 ވަނައިގައި އޮތް އުރުގުއޭގެ ކޯޗުކަމާ ހަވާލުވެ ހުރީ ކުރީގެ އެއް ވަނަ ފޯވާޑް، ޑިއޭގޯ ފޯލާން އެވެ. މެންޗެސްޓާ ޔުނައިޓެޑާއި އެތުލެޓިކޯ މެޑްރިޑް އަދި ވިޔަރެއާލަށް ވެސް ކުޅުނު ފޯލާން ވަނީ ކެރިއަރުގެ ފަހުކޮޅުގައި އިންޑިއާ ސުޕަ ލީގުގައި ކުޅެފަ އެވެ. އެއީ، 2016 ވަނަ އަހަރު މުމްބާއި ސިޓީ އަށެެވެ.

އޭއައިއެފްއެފް އިން އިއުލާނުކޮށްފައިވާ ގޮތުގައި، ނޮވެމްބަރު މަހު ފީފާ ބްރޭކްގެ ތެރޭގައި އިންޑިއާ އިން ނިއު ޒީލެންޑާ ދެކޮޅަށް ދެ މެޗެއް ކުޅޭނެ އެވެ. މި މެޗުތައް ތާވަލުކޮށްފައި އޮތީ ސާފް ޗެމްޕިއަންޝިޕް ކުޅޭ ޝެޑިއުލާ ދިމާވާ ގޮތަށެވެ.  

އެ ގޮތުން، ނޮވެމްބަރު 12 ވަނަ ދުވަހު، އިންޑިއާ އިން ނިއު ޒީލެންޑުގެ އޯކްލޭންޑުގައި އެ ގައުމާ ދެކޮޅަށް ފުރަތަމަ މެޗު ކުޅޭނެ އެވެ. އަދި، އޭގެ ތިން ދުވަސް ފަހުން، ނޮވެމްބަރު 15 ވަނަ ދުވަހު، އިންޑިއާ އިން ނިއު ޒީލެންޑާ ދެކޮޅަށް ކުޅޭ ދެ ވަނަ މެޗު އޮންނާނީ ކްރައިސްޗާޗުގަ އެވެ. މިއީ، އިންޑިއާ ގައުމީ ޓީމުން  ނިއު ޒީލެންޑުގައި ކުޅޭ ފުރަތަަމަ މެޗުތަކެވެ. މީގެ ކުރިން، އޯޝެނިއާ ސަރަހައްދުގައި އިންޑިއާ އިން ކުޅުނު ހަމައެކަނި މެޗަކީ، 2005 ވަނަ އަހަރު ފިޖީއާ ދެކޮޅަށް ކުޅުނު މެެޗެވެ. 

އިންޑިއާ އިން ނޮވެމްބަރު މަހު ބްރޭކް ތެރޭގައި މި ފަހަރުގެ ވޯލްޑް ކަޕްގައި ފެނިގެންދިޔަ، ކޭޕް ވާޑްއާ މެޗެއް ކުޅުމުގެ ފުރުސަތު އެބައޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox