އީރާނުގެ ކައިވެނި ހަފުލާއަށް ދިން ހަމަލާ އެމެރިކާއިން ތަހުގީގު ކުރަނީ

Sep 5, 2026, 4:47 PM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

އީރާނުގައި ބޭއްވި ކައިވެނި ހަފުލާއަކަށް އަމާޒުވި ނުރައްކާތެރި ހަމަލާއަކީ އެމެރިކާގެ ހަތިޔާރަކުން ސީދާ އެ ތަނަށް ދީފައިވާ ހަމަލާއެއް ކަމަށް ރޮއިޓާސްގެ ތަހުލީލަކުން ދެއްކުމާ ގުޅިގެން، އެ މައްސަލަ އެމެރިކާ އިން ބަލަމުންދާ ކަމަށް އެ ގައުމުގެ ނައިބު ރައީސް ޖޭޑީ ވެންސް ވިދާޅުވެއްޖެ އެވެ.

ހަތިޔާރުގެ މާހިރުން، ރޮއިޓާސް އިން ކަށަވަރުކޮށްފައިވާ ފޮޓޯތަކާއި ވީޑިއޯތައް ދިރާސާކުރުމަށްފަހު ބުރާސްފަތި ދުވަހު ނެރުނު ތަހުލީލަކުން ދައްކާ ގޮތުގައި، މިދިޔަ އަންގާރަ ދުވަހު އީރާނުގެ ދެކުނުގައި ބޭއްވި ކައިވެނި ހަފުލާއެއް ފުނޑުފުނޑުކޮށްލި ގޮވުމަކީ އެމެރިކާގެ ހަތިޔާރަކުން ސީދާ އެ ތަނަށް އެރި ހަމަލާއެކެވެ. މިއީ އެހެން އަމާޒަކަށް ފޮނުވާލި ހަމަލާއެއް ކަސިޔާރުވެގެން ދިމާވި ހާދިސާއެއް ނޫން ކަމަށް ވެސް އެ ތަހުލީލުން ދައްކަ އެވެ.

މި ހާދިސާގެ ޒިންމާ އެމެރިކާ އިން އަދި ރަސްމީކޮށް އުފުލާފައެއް ނުވެ އެވެ. ނޮވެމްބަރު މަހު ބާއްވާ މުހިންމު މިޑްޓާމް އިންތިހާބާ ދިމާކޮށް، ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަގުބޫލުކަމަށް މި ހަނގުރާމައިގެ ސަބަބުން ނޭދެވޭ އަސަރު ކުރަމުންދާތީ، ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ ސަރުކާރަށް އަމާޒުވާ ފިއްތުންތައް ވަނީ އިތުރުވެފަ އެވެ.

Advertisement

އީރާނުގެ ދައުލަތުގެ ޓީވީން ބުރާސްފަތި ދުވަހު ބުނި ގޮތުގައި، ކައިވެނި ހަފުލާ ކުރިއަށްދިޔަ ގެއަށް އަމާޒުވި ހަމަލާގައި ޒަހަމްވި 22 އަހަރުގެ އަންހެނަކު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފަ އެވެ. މިއާއެކު މި ހަމަލާގައި މަރުވި މީހުންގެ އަދަދު ފަހަކަށް އަރާފައިވާއިރު، 70 އެއްހާ މީހުން ޒަހަމްވެފައިވާ ކަމަށް އީރާނުގެ އޮފިޝަލުން ވިދާޅުވެ އެވެ.

އަންގާރަ ދުވަހުގެ ރޭ އެމެރިކާ އިން ދިން ވަރުގަދަ ވައިގެ ހަމަލާތައް އަމާޒުވި ހޯރްމޫޒް ކަނޑުއޮޅީގެ އައްސޭރިފަށުގައި އޮންނަ ސިރިކް ކައުންޓީގެ ކުހެސްތަކް އަވަށުގެ ބޭރުގައި، މި ހާދިސާގައި މަރުވި މީހުންގެ ޖަނާޒާގައި ބައިވެރިވުމަށް ބުރާސްފަތި ދުވަހުގެ ހަވީރު ގިނަ އަދަދެއްގެ ބަޔަކު ވަނީ އެއްވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދަރިވަރުންގެ މުޒާހަރާ ރޫޅާލަން ރަބަރު ވަޒަން ބޭނުންކޮށްފި

އަލްބޭނިއާގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވުމަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ރަބަރު ވަޒަނާއި ކަރުނަގޭސް ބޭނުންކުރުމުގެ ސަބަބުން ނޫސްވެރިންނާއި ބައެއް ދަރިވަރުންނަށް ވަނީ އަނިޔާވެފައެވެ. ސަރުކާރުގެ ކޮރަޕްޝަނާއި ތައުލީމީ ދާއިރާގެ މައްސަލަތަކާ ގުޅިގެން ކުރިއަށްދާ މި މުޒާހަރާތަކުގައި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފި ކަމުގެ ތުހުމަތުގައި ހަތް ފުލުހަކު މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ.

ހިންދޫ ފެސްޓިވަލެއްގެ ތެރޭގައި ފިތިގެން 17 މީހުން މަރުވެއްޖެ

އިންޑިއާގެ ކޮލްކަޓާގައި ބޭއްވި "ދުރުގާ ޕޫޖާ" ފެސްޓިވަލްގެ ތެރޭގައި، ބޯކޮށް ވާރޭވެހި މީހުން ތޮއްޖެހުމުގެ ސަބަބުން ހިނގި ހާދިސާއެއްގައި 17 މީހުން މަރުވެ އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ. މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި އަނިޔާވި މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާގެ ބޮޑުވަޒީރުގެ އޮފީހުން ވަނީ ނިންމާފައެވެ.

ޔަހޫދީ ވަޒަންވެރިން ޔޫރަޕްގެ ޑިޕްލޮމެޓުންނަށް ވެސް ހަމަލާދީފި

ހުޅަނގު އައްސޭރީގައި މޫނު ނިވާކޮށްގެން ތިބި ޔަހޫދީ ވަޒަންވެރިންތަކެއް ބެލްޖިއަމްގެ ކޮންސުލް ޖެނެރަލް ހިމެނޭހެން ޔޫރަޕްގެ ޑިޕްލޮމޭޓުންގެ ވަފުދަކަށް ހަމަލާދީފިއެވެ. މި ހަމަލާ ބެލްޖިއަމް އާއި އެމެރިކާއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވާއިރު، އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުން ވަނީ މި ހާދިސާއާ މެދު ޝައްކު އުފައްދައި މިއީ އިސްރާއީލުގެ އަގުވައްޓާލަން ހިންގާ ކަމެއް ކަމަށް ތުހުމަތުކޮށްފައެވެ.

ފްރާންސްގައި ފިހާރަތައް ލޫޓުވައި ތަންތަނުގައި ހުޅުޖަހައިފި

ފްރާންސްގެ ދިރިއުޅުމުގެ އަގުތައް އުފުލުމާއި ސްކޫލްތަކުގެ ހާލަތާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި، ފިހާރަތައް ލޫޓުވައި އިމާރާތްތަކުގައި ވަނީ ހުޅުޖަހާފައެވެ. މި ކުރިމަތިލުންތަކުގައި 150 ފުލުހުންނަށް އަނިޔާވެ، 1،200 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާއިރު، ސަރުކާރުން ވަނީ މިއީ ނުރައްކާތެރި މިންވަރަކަށް އިތުރުވެފައިވާ ހަމަނުޖެހުންތަކެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ސައުދީގެ ދިފާއުގައި ނުކުތުމަށް މިސްރުން މަޖިލީހުގެ ހުއްދަ ހޯދަނީ

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދޭ ހަމަލާތަކުން އެ ގައުމު ދިފާއުކުރުމަށްޓަކައި، މިސްރުގެ އަސްކަރިއްޔާ ބޭނުންކުރުމުގެ ހުއްދަ ހޯދުމަށް ރައީސް ސީސީ ވަނީ ޕާލަމެންޓަށް ހުށަހަޅުއްވާފައެވެ. ސައުދީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މިސްރުން ތައްޔާރަށް އޮތްކަން ހާމަކުރައްވައި، މިކަމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ޕާލަމެންޓުގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް މިހާރު ވަނީ ނިންމާފައެވެ.

ބަންގްލަދޭޝްގައި ހިމަބިހީގެ ހާލަތު އަދިވެސް ވަރަށް ގޯސް

ބަންގްލަދޭޝްގައި ހިމަބިހި ފެތުރުން ކޮންޓްރޯލް ނުވެ، މިހާތަނަށް 2 ލައްކައަށް ވުރެ ގިނަ މީހުންނަށް ބަލިޖެހި 1,147 މީހުން ވަނީ މަރުވެފައެވެ. މި ހާލަތު ގޯސްވީ ވެކްސިން ދިނުމުގެ ޕްރޮގްރާމްތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދެވުމުން ކަމަށްވާއިރު، މަރުވި މީހުންގެ ތެރޭގައި ގިނައީ ފަސް އަހަރުން ދަށުގެ ކުޑަކުދިންނެވެ. ސިއްހީ މާހިރުން މިކަން ސިފަކުރަނީ ވެކްސިން ޖެހުމުގެ މުހިންމުކަން އަންގައިދޭ، އެހެން ގައުމުތަކަށް ލިބުނު ވަރުގަދަ އިންޒާރެއްގެ ގޮތުގައެވެ.

ހުޅަނގު އައްސޭރީގައި ޔަހޫދީންގެ އަނިޔާވެރިކަން އިތުރުވަނީ

ހުޅަނގު އައްސޭރީގައި ޒައިތޫނި ބިންނަ މޫސުމާ ދިމާކޮށް، މޫނު ނިވާކޮށްގެން ތިބި ޔަހޫދީ ވަޒަންވެރިން ފަލަސްތީނުގެ ދަނޑުވެރިންނަށް ހަމަލާދީ، އުޅަނދުތަކާއި ގަސްތަކުގައި ހުޅުޖަހައި ބޮޑެތި ގެއްލުންތަކެއް ދީފިއެވެ. މި ހަމަލާތަކުގައި 12 މީހަކު ޒަޚަމްވެފައިވާއިރު، އދ. އިން ހާމަކުރާ ގޮތުގައި މި އަހަރު ވަޒަންވެރިން ދޭ ހަމަލާތައް ވަނީ ނިސްބަތުން ވަރަށް ބޮޑަށް އިތުރުވެފައެވެ.

Newsletter

Get the latest news delivered straight to your inbox