ނެދަލެންޑްސްގެ ބިލިއަން ޑޮލަރުގެ ރަން އެމެރިކާއިން ލަންޑަނަށް ބަދަލުކޮށްފި

Sep 3, 2026, 10:25 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

ދުނިޔޭގެ ސިޔާސީ މަސްރަހަށް އަންނަމުންދާ ނުތަނަވަސްކަމާ ގުޅިގެން، އުތުރު އެމެރިކާގައި ހުރި އެތައް ބިލިއަން ޑޮލަރެއްގެ ރަން، އިނގިރޭސިވިލާތުގެ ލަންޑަނަށް ބަދަލުކޮށްފައިވާ ކަމަށް ނެދަލެންޑްސްގެ މަރުކަޒީ ބޭންކް (ޑީއެންބީ) އިން ކަށަވަރުކޮށްދީފި އެވެ.

މިދިޔަ ބުދަ ދުވަހު ޑީއެންބީން ހާމަކުރި ގޮތުގައި، އެމެރިކާ އާއި ކެނެޑާގައި ހުރި 86 ޓަނުގެ ރަން އެ ގައުމުތަކުން ބޭރުކޮށްފައިވަނީ އެތައް މަހަކަށް ދެމިގެންދިޔަ އުނދަގޫ އޮޕަރޭޝަނަކަށް ފަހުގަ އެވެ. މި ރަން މިހާރު ރައްކާކޮށްފައިވަނީ ބޭންކް އޮފް އިންގްލެންޑްގަ އެވެ. އެއީ ކުއްލި ހާލަތެއް ދިމާވެއްޖެ ނަމަ، އެ ތަނުގައި ހުންނަ ރަނުން މުއާމަލާތްކުރުން ފަސޭހަވާނެތީ ކަމަށް އެ ބޭންކުން ބުނެ އެވެ.

ބޭންކުގެ ރައީސް އޯލާފް ސްލެއިޕެން ވިދާޅުވީ، މި ފިޔަވަޅަކީ ކުރިމަތިވެދާނެ ކަންކަމަށް ތައްޔާރުވުމަށާއި ބޭންކުގެ ގާބިލުކަން އިތުރުކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ.

މި ނިންމުން ނިންމާފައިވަނީ އެމެރިކާ އާއި ކެނެޑާއާ ދެމެދު ވިޔަފާރީގެ މުއާމަލާތްތަކުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ. ވިޔަފާރީގެ މަޝްވަރާތައް ނާކާމިޔާބުވުމާ ގުޅިގެން، ދެ ގައުމުން ވެސް ވަނީ އެއް ގައުމު އަނެއް ގައުމުން އެތެރެކުރާ މުދަލުން އާ ޓެރިފްތަކެއް ނަގަން ފަށާނެކަން އިއުލާންކޮށްފަ އެވެ.

ޑީއެންބީން ބުނި ގޮތުގައި، މާޗް މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް ކުރިއަށްދިޔަ މި ހަރަކާތުގައި، އެމެރިކާގެ ނިއު ޔޯކާއި ކެނެޑާގެ އޮޓާވާގައި ހުރި 27 ޓަނުގެ ރަން ވަނީ ނެދަލެންޑްސްގެ ޒީސްޓަށް ބަދަލުކޮށްފަ އެވެ.

އަދި ހަމަ އެ މިންވަރުގެ ރަން، ލަންޑަނަށް ވަނީ ބަދަލުކޮށްފަ އެވެ.

އެޓްލާންޓިކް ކަނޑު ހުރަސްކޮށް މިހާ ގިނަ އަދަދެއްގެ ރަން އުފުލި ގޮތުގެ ތަފުސީލެއް އެ ބޭންކުން ހާމައެއް ނުކުރެ އެވެ.

ބޭންކުން ބުނި ގޮތުގައި، ބާކީ ހުރި ރަން ބަދަލުކޮށްފައިވަނީ ނިއު ޔޯކުގައި ހުރި ރަން ވިއްކާލުމަށް ފަހު، ލަންޑަނުން އަލުން ރަން ގަނެގެންނެވެ.

"ސިޔާސީ ނުތަނަވަސްކަން" ކަމަށް ބުނެ ޑީއެންބީން އިޝާރާތްކުރީ ސީދާ ކޮން ކަމަކަށް ކަން ސާފުކޮށްދީފައި ނުވި ނަމަވެސް، އީރާނާއެކު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އެމެރިކާގެ އިގްތިސާދަށް ވަނީ ނުތަނަވަސްކަން ކުރިމަތިވެފަ އެވެ. މީގެ ސަބަބުން ދުނިޔޭގެ ވިޔަފާރިއަށް ވެސް ދަނީ އަސަރުކުރަމުންނެވެ.

މީގެ އިތުރުން، ކެނެޑާގެ މުހިންމު ސިނާއަތްތައް ކަމަށްވާ ދަގަނޑާއި، އެލުމިނިއަމާއި، ލަކުޑި އަދި އުޅަނދުފަހަރު އުފައްދާ ދާއިރާތަކުން އެމެރިކާ އިން ނަގާ ޓެރިފްތަކުގެ ސަބަބުން ކެނެޑާއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އަދި އޮގަސްޓް މަހު އެމެރިކާ އިން ވަނީ ކެނެޑާގެ 20 ބިލިއަން އެމެރިކާ ޑޮލަރުގެ މުދަލުން 50 އިންސައްތައިގެ އިތުރު ޓެކްސެއް ނަގާނެކަން ވެސް އިއުލާންކޮށްފަ އެވެ.

ޑީއެންބީން ބުނި ގޮތުގައި ބޭންކް އޮފް އިންގްލެންޑްގައި ހުންނަ ރަނަކީ ދުނިޔޭގައި އެންމެ ފަސޭހައިން މުއާމަލާތް ކުރެވޭ ރަން ކަމަށް ބެލެވޭތީ، އެމެރިކާ ނުވަތަ ކެނެޑާގައި ރަން ހުރުމަށް ވުރެ، ކުއްލި ހާލަތެއްގައި އެ ރަން ބޭނުންކުރުން މާ ފަސޭހަވާނެ އެވެ.

މީގެ ކުރިން، ނެދަލެންޑްސްގެ ރަނުގެ ރިޒާވްގެ 31.3 އިންސައްތަ ހުރީ ނިއު ޔޯކުގަ އެވެ. އަދި 19.7 އިންސައްތަ ހުރީ އޮޓާވާގަ އެވެ. ނަމަވެސް މި ބަދަލާއެކު، މިހާރު އެ ދެ ގައުމުން ކޮންމެ ގައުމެއްގައި ހުރީ ރަނުގެ 18.5 އިންސައްތަ އެވެ.

2025 ވަނަ އަހަރުގެ ނިޔަލަށް ނެދަލެންޑްސްގެ އަތުގައި ޖުމްލަ 612.4 ޓަނުގެ ރަން ހުރި އިރު، އޭގެ އަގު 72.2 ބިލިއަން ޔޫރޯއަށް އަރާ ކަމަށް ޑީއެންބީން ބުނެ އެވެ.

މި ބަދަލަށް ފަހު، ލަންޑަނުގައި ހުރި އެ ބޭންކުގެ ރަނުގެ މިންވަރު 18.1 އިންސައްތައިން 32.1 އިންސައްތައަށް ވަނީ އިތުރުވެފަ އެވެ. އަދި ރަނުގެ ރިޒާވްގެ 30.8 އިންސައްތަ އަދިވެސް ހުރީ ނެދަލެންޑްސްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބަނޑަށް ބައިތިއްބައިގެން މީހުން މެރި ކަލްޓް ލީޑަރު ޖަލަށް

ކެންޔާގައި "އީސާގެފާނާ ބައްދަލުކުރުމަށް" ކަމަށް ބުނެ ގިނަ އަދަދެއްގެ ކުޑަކުދިން ބަނޑަށް ބައިތިއްބައިގެން މަރާލި ކަލްޓް ލީޑަރު ޕޯލް މެކެންޒީ 200 އަހަރަށް ޖަލަށްލުމަށް އެ ގައުމުގެ ކޯޓުން ހުކުމްކޮށްފިއެވެ. ޝަކަހޯލާ ޖަންގަލީގެ ތެރޭގައި ހިންގި މި ރަހުމްކުޑަ އަމަލާ ގުޅިގެން މެކެންޒީގެ އިތުރުން އެ ކަލްޓުގެ 28 މެންބަރެއްގެ މައްޗަށް ވެސް ވަނީ މީހުން މެރުމުގެ ކުށް ސާބިތުވެފައެވެ.

ބޭންކު ބަނގުރޫޓުވި މައްސަލައިގައި ރައީސް އަޒުލުކޮށް ގޭބަންދުގައި

ޕެރަގުއޭގެ ރައީސް ސަންޓިއާގޯ ޕެންޔާގެ މަސްލަހަތު އޮތް ބޭންކެއް ބަނގުރޫޓުވި މައްސަލައިގައި، މަގާމުގެ ނުފޫޒު ބޭނުންކުރި ކަމުގެ ތުހުމަތުގައި އޭނާ މަގާމުން އަޒުލުކޮށް ގޭބަންދުކޮށްފިއެވެ. މި މައްސަލައިގައި ގައުމުގެ ގިނަ ބައެއްގެ ފައިސާ ގެއްލި ބޮޑެތި މުޒާހަރާތަކެއް ކުރަމުންދާއިރު، ޕެންޔާގެ މައްޗަށް ވަނީ ޚިޔާނާތާއި ކޮރަޕްޝަނުގެ ދައުވާތައް އުފުލާފައެވެ.

ޖިންސީ ގޯނާގެ މައްސަލައެއްގައި މޭގަންގެ ބައްޕަ ހައްޔަރުކޮށްފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ފެންނަ ތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި، މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލް އެމެރިކާގެ ފްލޮރިޑާ އިން ވަނީ ހައްޔަރުކޮށްފައެވެ. އުމުރުން 82 އަހަރުގެ ތޯމަސްގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ އޭނާ ކުއްޔަށް ހިފާފައިވާ ގުދަންތަކެއް ބަލައި ފާސްކުރުމަށްފަހު ކަމަށްވާއިރު، ކޯޓުން މިހާރު ވަނީ އޭނާ ބަންދުގައި ބަހައްޓައިގެން މޮނިޓަރު ކުރުމަށް އަމުރުކޮށްފައެވެ.

ޑިމޮކްރެޓުންގެ މެޖޯރިޓީން އީރާން ހަނގުރާމަ ހުއްޓުވޭތަ؟

އެމެރިކާގެ މިޑްޓާމް އިންތިހާބުގައި ކޮންގްރެސްގެ ދެ ގޭގެ އަގުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، ރައީސް ޓްރަމްޕްގެ ސިޔާސަތުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. މީގެ ތެރޭގައި އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ހުރަސްއެޅުމާއި، ތަކެތީގެ އަގުބޮޑުވުން ހުއްޓުވުމަށް ޑިމޮކްރެޓުން ބާރުއަޅާނެއެވެ. ނަމަވެސް، ކޮންގްރެސްގެ ހުއްދައާ ނުލައި ރައީސަށް ކުރެވޭނެ ބައެއް ކަންކަން އަދިވެސް ހުރިކަން ފާހަގަކުރެވެއެވެ.

ހޮންކޮންގުގެ އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށް

ހޮންކޮންގުގެ ގައުމީ ސަލާމަތާ ބެހޭ އާ ގާނޫނުގެ ދަށުން، ބޭރުގެ ބާރުތަކާ ގުޅިގެން މަސައްކަތް ކުރި ކަމުގެ ކުށުގައި އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި ހުކުމާއެކު، އަންނަ ޖެނުއަރީ މަހު މިނިވަންވާން އޮތް ވޮންގްގެ ޖަލު މުއްދަތު އިތުރުވެގެންދާއިރު، އޭނާ ވަނީ ދައުލަތާ ދެކޮޅަށް ރޭވުންތައް ރޭވި ކަމުގެ ދައުވާތަކަށް އިއުތިރާފުވެފައެވެ.

ނޯވޭ ރަސްގެފާނުގެ ދޮންދަރިކަލުން ޓެގް އަޅުވައި ގޭ ބަންދުގައި

ނޯވޭގެ ރަސްގެފާނުގެ ދޮންދަރިކަލުން މާރިއަސް ބޯގް ހޮއިބީގެ މައްޗަށް ސާބިތުވެފައިވާ ރޭޕްގެ މައްސަލަތަކުގެ އިސްތިއުނާފު މަރުހަލާ ނިމެންދެން، ފައިގައި ޓެގް އަޅުވައި ގޭބަންދުގައި ބެހެއްޓުމަށް އެ ގައުމުގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. ޖަލު ހުކުމެއް އިއްވާފައިވާ ހޮއިބީގެ މައްޗަށް ރޭޕްގެ އިތުރުން ގެވެށި އަނިޔާގެ ތުހުމަތުތައް ކުރެވިފައިވާއިރު، އޭނާގެ އިސްތިއުނާފީ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގައެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

Newsletter

Get the latest news delivered straight to your inbox