ހިރިމަރަދޫ ރައްޔިތުންގެ ހައްގުތައް ނުލިބޭ ކަމަށް ބުނާ މައްސަލަ އެޗްއާރްސީއެމް އިން ބަލަނީ

ހދ. ހިރިމަރަދޫ

ހދ. ހިރިމަރަދޫ

ހދ. ހިރިމަރަދޫ ރައްޔިތުންނަށް ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތައް ނުލިބޭ ކަމަށް ބުނެ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ހުށަހެޅި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބަލަން ފަށައިފި އެވެ. 

އެމްޑީޕީން އެޗްއާރްސީއެމަށް މި މައްސަލަ ހުށަހެޅީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ހިރިމަރަދޫއަކީ ފަޅު ރަށެއްގެ ގޮތުގައި ކަނޑައަޅައި، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާ ހިލާފަށް އެ ރަށުގެ ކައުންސިލް އުވާލުމާ ގުޅިގެން ރަށުގެ ރައްޔިތުންގެ ހައްގުތައް ގެއްލިފައިވާ ކަމަށް ބުނެ އެވެ. 

"ތިޔަ ޕާޓީއިން މި ކޮމިޝަނަށް ހުށަހަޅުއްވާފައިވާ މައްސަލަ ކޮމިޝަނުން ބަލަމުންދާ ވާހަކަ ދަންނަވައި، މައްސަލަ ބަލައި ނިމުމުން ވީ އެންމެ އަވަސް ފުރުސަތެއްގައި ޖަވާބެއް އަރުވާނެ ވާހަކަ ދަންނަވަން،" އެޗްއާރްސީއެމް އިން ބުންޏެވެ. 

ހިރިމަރަދޫ ރައްޔިތުން ހަނިމާދޫ އަށް ބަދަލުކުރަން ރައީސް މުހައްމަދު މުއިއްޒު ނިންމަވައި، ނިމިގެންދިޔަ ލޯކަލް ކައުންސިލްގެ އިންތިހާބާ ދިމާކޮށް ހިރިމަރަދޫ ކައުންސިލް އުވާލައި، އެރަށުގެ ރައްޔިތުން ވޯޓުލާން ޖެހުނީ ހަނިމާދޫ ކައުންސިލަށް މީހުން އިންތިހާބު ކުރުމަށެވެ. 

ހއ. ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ ހދ. ހިރިމަރަދޫ ރައްޔިތުންގެ ނަން ނޯޓުކުރުމަށް އެ އަތޮޅު ހަނިމާދޫ ކައުންސިލުން މިދިޔަ ޖޫން މަހުގެ ތެރޭގައި ފެށި އެވެ. އެކަމަށް 30 ދުވަހުގެ މުއްދަތެއް ދިންއިރު، މިހާރު އެ މުއްދަތު ވަނީ ހަމަވެފަ އެވެ. 

ހިރިމަރަދޫ ކައުންސިލް އުވާލާފައިވާތީ އެ ރަށުގެ އަސާސީ އަދި ރަށްވެހި ހިދުމަތްތައް ދިނުމަށް ހަރަދު ކުރަން ޖެހެނީ ހަނިމާދޫ ކައުންސިލުންނެވެ. ސަރުކާރުން ނިންމީ ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރުމަށެވެ. 

ހިރިމަރަދޫގެ ބަޖެޓު ސަރުކާރުން އެ އަތޮޅު ހަނިމާދޫ ކައުންސިލަށް ނުދީ ހިފަހައްޓާފައިވާތީ، ހިރިމަރަދޫން ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ހިދުމަތްތައް ހުއްޓެމުންދާ ކަމަށް ބުނެ ހަނިމާދޫ ކައުންސިލުން މީގެކުރިން ކަންބޮޑުވުން ފާޅުކުރި އެވެ. 

ހަނިމާދޫއަށް ބަދަލުކުރާ ހިރިމަރަދޫ އާއިލާތަކަށް ގެދޮރު ބިނާކުރުމަށް ބޭނުންވާ ބިން ހަމަޖެއްސުމުގައި އެރަށު ކައުންސިލުން ލަސްތަކެއް ކުރިމަތިކުރުވަމުންދާ ކަމަށް ސަރުކާރުން މީގެކުރިން ބުނެފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox