ރޭގެ މުޒާހަރާ ނިންމާފައި ދަނިކޮށް އެމްޑީޕީ ޔޫތު ވިންގުގެ ނައިބުރައީސް، މައިމޫން ހައްޔަރުކޮށްފި

އެމްޑީޕީން ކުރިއަށް ގެންެދާ ސިލްސިލާ މުޒާހަރާއެއްގައި މައިމޫން ބައިވެރިވަނީ -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

އެމްޑީޕީން ކުރިއަށް ގެންެދާ ސިލްސިލާ މުޒާހަރާއެއްގައި މައިމޫން ބައިވެރިވަނީ -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

ރޭގައި މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާ ނިންމާލިފަހުން، އިދިކޮޅު މޯލްޑިވިއަން ޑިމްކްރެޓިކް ޕާޓީ (އެމްޑީޕީ) ޔޫތު ވިންގުގެ ނައިބުރައީސް ހައްޔަރުކޮށްފި އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި މައިމޫން ހައްޔަރުކޮށްފައި ވަނީ ރޭގެ މުޒާހަރާ ނިންމާލުމަށްފަހު، ގެއަށް ދަނިކޮށް މަގުމަތިންނެވެ. އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.

މައިމޫން ހައްޔަރުކުރި ކޯޓު އަމުރުގައި ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ ހުކުރު ދުވަހުގެރޭ ޗާންދަނީ މަގުގައި އެމްޑީޕީން ކުރި މުޒާހަރާގައި މަގު ބަންދުކޮށްފައި ވަނިކޮށް އެ ތަނުގައި ފުލުހުން ޖަހާފައި ހުރި ބެރިކޭޑުތައް ދުރަށް ޖެއްސި މައްސަލައިގައި ކަމަށެވެ.

މީގެ ކުރިން އޭޕްރިލް މަހުގެ ތެރޭގައި މާލޭގައި އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާތަކާ ގުޅިގެން ވެސް ފުލުހުން މައިމޫން ހައްޔަރުކުރި އެވެ. އެފަހަރު އޭނާ ދޫކޮށްލީ ކޯޓުން ޝަރުތުތަކެއް ކުރުމަށްފަހު އެވެ.

މައިމޫންއަށް ކޯޓުން ކުރީ ހަތަރު ޝަރުތެކެވެ. އެއީ ތަހުގީގަށް އެއްބާރުލުން ދިނުމާއި ފޯނު ނަންބަރު ބަދަލުވެއްޖެ ނަމަ، އެކަން އެންގުމާއި މާލެއިން ބޭރަށް ދާނަމަ، އެކަން ކޯޓަން އެންގުމުގެ އިތުރުން، އެރޭގެ މުޒާހަރާ ތެރެއިން އަނިޔާވި ފުލުސް މީހާއާ މުއާމަލާތް ނުކުރުމެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމުން މުހައްމަދު މުއިއްޒު އިސްތިއުފާ ދެއްވުމާ ހަމައަށް ސިލްސިލާ ސީދާ ހަރަކާތް ހިންގުމަށް ރޭގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

އެ ނިންމުމާ އެއްގޮތަށް ރޭގެ ގައުމީ މަޖިލީހުގެ ބައްދަލުވުން ނިންމާލުމަށްފަހު، އެމްޑީޕީ މެންބަރުން ވަނީ މާލޭގައި މުޒާހަރާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox