މަޖިލީހުގެ އުސޫލުތަކާ ހިލާފަށް ބިލުތައް ފާސްކުރާތީ އެމްޑީޕީގެ ކަންބޮޑުވުން

އޮގަސްޓު 27، 2026: އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

އޮގަސްޓު 27، 2026: އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ރައްޔިތުންގެ މަޖިލީހުގެ ނިމިދިޔަ ދައުރުގައި ސަރުކާރުން ހުށަހަޅައިގެން ފާސްކުރި ބިލުތަކަކީ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ފާސްކޮށްފައިވާ ބިލުތަކެއް ނޫން ކަމަށް ބުނެ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމެންޓްރީ ގްރޫޕުން ކަންބޮޑުވުން ފާޅުކޮށްފި އެވެ. 

މި އަހަރުގެ ދެވަނަ ދައުރު ނިންމައި މަޖިލިސް ޗުއްޓީއަށް ގޮސްފައިވާއިރު ރައްޔިތުންނާއި އިގުތިސޯދަށް އަސަރުކުރާނެ ހަރުކަށި ގާނޫނުތަކެއް ވަނީ ފާސްކޮށްފަ އެވެ. އޭގެ ތެރޭގައި ކައުންސިލްތަކުގެ ބިންތައް މައި ސަރުކާރަށް ނެގޭ ބިލާއި، ޑޮލަރުގެ އަގާ ގުޅޭ ހަބަރުތައް ޖެހުމުން އަދަބުދޭ ބިލާއި، ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން އާމްދަނީގެ 40 ޕަސެންޓު މާރުކުރަން މަޖުބޫރުކުރާ ބިލުތަކެއް ހިމެނެ އެވެ. 

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޕީޖީން ބުނި ގޮތުގައި ބިލުތައް ފާސްކޮށްފައިވަނީ އަވަސް އަރުވާލައިގެންނެވެ. އޭގެ ސަބަބުން ބިލުތަކަށް ރަނގަޅަށް ބަހުސް ކުރުމުގެ ފުރުސަތު ލިބިފައިނުވާ ކަމަށް އެމްޑީޕީގެ ޑެޕިއުޓީ ޕީޖީ ލީޑަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވި އެވެ. ނިމިގެންދިޔައީ "އަދާޔާ ހިލާފު" ދައުރެއް ކަމަށް ފިއްޓޭ ވިދާޅުވި އެވެ. 

Advertisement

"މިއިން ބިލަކަށް ބަހުސްކުރާނެ ޖާގައެއް ވެސް ނުލިބޭ، އޭގެއިން އެ ލިބޭ މަދު ހަނި ފުރުސަތުގައި މެންބަރުންނަށް ބަހުސްކުރާތީ އާގޮތެއް މިއަދު އީޖާދު އެ ކުރަނީ. އެއްގަމު ދަތުރުފަތުރުގެ ބިލު މަޖިލީހުގައި އޮންނަތާ އަހަރެއްހާ ދުވަސް ފަހުން ހަމަ އެއް ރޭ، ސަރުކާރު ބަންދު ރޭގަނޑު ކޮމިޓީއެއް ބާއްވާލާފައި ނިންމާފައި ތަޅުމަށް ބިލު ގެނައީ، ފުރަތަމަ ހުށަހެޅިއިރު ނެތް ބާބަކާއެކު،" ފިއްޓޭ ވިދާޅުވި އެވެ. 

ސަރުކާރުން ގާނޫނުތަކަށް ބަދަލު ގެންނަނީ ދިރާސާކުރުމަށް ފަހު ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވާތީ އެކަމަށް ވެސް ފިއްޓޭ ރައްދު ދެއްވި އެވެ. 

"ނަވާރަވަނަ މަޖިލީހުގައި ޓެކްސްއަށް ބަދަލު ގެނައިއިރު މަޖިލީހުގެ ތަޅުމުގައި ވެސް ކަމާ ގުޅުންހުރި ފަރާތްތައް ގެނެސްގެން ބަހުސްގައި ބައިވެރިކުރުވާ މައުލޫމާތު ދީފައި އޮތީ، އެ ފެންވަރު އެއީ މަޖިލީހުގައި މީގެކުރިން ކަން ކުރާ ގޮތް،" ވައިކަރަދޫ ދާއިރާގެ މެންބަރު ފިއްޓޭ ވިދާޅުވި އެެވެ.

ކެންދޫ ދާއިރާގެ މެންބަރު މައުރޫޒް ޒާކިރު (މަޓޭ) ވެސް ވަނީ ބިލުތައް އަވަސް އަރުވާލައިގެން ނިންމާތީ ކަންބޮޑުވުން ފާާޅުކުރައްވާފަ އެވެ. ކޮމިޓީ މަރުހަލާއަށް ބިލުތައް ފޮނުވަމުންދަނީ އެކަށީގެންވާ ގޮތެއްގައި ބަހުސް ކުރުމެއް ނެތި ކަމަށް މަޓޭ ވިދާޅުވި އެވެ. 

"ކޮމިޓީ މަރުހަލާގައި އެއްވެސް ކަމާ ގުޅުންހުރި ތަޖުރިބާކާރުން ހާޒިރުކުރުމެއް ނެތި، ލަފައެއް ހޯދުމެއް ނެތި ހަމައެކަނި ސަރުކާރުގެ އެޓާނީ ޖެނެރަލް ނުވަތަ ސަރުކާރުން އަންގާ ގޮތަށް ބިލުތައް ކޮމިޓީގައި މަރުހަލާގައި ކުރިއަށްގެންދަނީ. ނިމިދިޔަ ދައުރުގައި ފާސްކުރި އެއްވެސް ބިލަކީ ކަމާ ގުޅުންހުރި ފަރާތްތައް ހާޒިރުކުރެވި، އެ އޮންނަ ޑިއު ޕްރޮސެސް ކުރިއަށްގެންގޮސްގެން ފާސްކުރި ބިލުތަކެކޭ ނެތް ދެންނެވޭކަށް،" މަޓޭ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox